Roadha Mihaaru
އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝަށް ބިން ދީފި

އެމްބަސީ އަޅަން ލަންކާ އާއި ބަންލަދޭޝް އަށް ހުޅުމާލޭން ބިން ދީފި

12 ސެޕްޓެމްބަރ 2019

ބޭރުގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ބިން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޭރުގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ބިން ދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝް އަށް ބިން ދޫކުރީ ރާއްޖޭގެ އެމްބަސީ އަޅަން އެ ދެ ގައުމުން ވެސް ބިން ދިނުމުން ކަމަށެވެ.

އެމްބަސީ އަޅަން ބިން ދޫކުރިކަމުގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ލަންކާ ސަފީރާ ހަވާލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

އެމްބަސީ އަޅަން ބިން ދޫކުރިކަމުގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ލަންކާ ސަފީރާ ހަވާލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާއަށެވެ. އެގައުމުން މިހާރު ވަނީ އެތަނުގައި އެމްބަސީގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ. އިންޑިއާ އެމްބަސީގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މި ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ.

ބޭރުގައުމުތަކުގެ އެމްބަސީ އަޅަން ސަރަހައްދެއް ކަނޑައެޅީ އެއް ތަނެއްގައި އެމްބަސީތައް ހުރުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން ފަސޭހަވާނެތީ އާއި މާލޭގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އެމްބަސީ އަޅަން ގައުމުތަކަށް ދޫކުރި ބިންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.