04 ނޮވެމްބަރ 2020
ދައުލަތުގެ ކުންފުނިތައް އަދިވެސް ހުރީ ވައްކަމަށް ހުޅުވިފައި ކަމަށާއި އެކަން ހުއްޓުވަން ހަދަން ޖެހޭ ގަަވައިދުތައް ހުރީ ނުހަދައި ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާލުވެއްޖެ އެވެ.
ދައުލަތުގެ ކުންފުނިތައް އަދިވެސް ހުރީ ވައްކަމަށް ހުޅުވިފައި ކަމަށާއި އެކަން ހުއްޓުވަން ހަދަން ޖެހޭ ގަަވައިދުތައް ހުރީ ނުހަދައި ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާލުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހެޅުއްވި އިންޝުއަރެންސާ ބެހޭ ބިލުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކުރުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތައް ނުހަަދައި ތިބޭތާ ހަތް އަަހަރު ވެފައިވާ ކަަމަށާއި ވައްކަަމަށް ދޮރު ހުޅުވިފައި އޮތީ އެހެންވެ ކަމަށެވެ. ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓަން އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އުފެއްދި ގާނޫނުގައި ލާޒިމުކޮށްފައިވާ ގަވައިދުތައް އެ ގާނޫނަށް ޢަމަލުކުރަންވީ ފަަށާތާ ހަތަރު މަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމަށް ބަލާނީ. ރައްޔިތުންގެ މުދަލަށް ބަލާނީ އިއްޒަތްތެރި ރައީސް، މިމަޖިލީހުން. އެއީ އަޅުގަނޑުމެން ކުރާނެ ކަމަކީ. ޕާޓީވެގެންނެއް އަދި އަޅުގަނޑުމެން ދުލެއް ނުކުރާނަން އިއްޒަތްތެރި ރައީސް. ބްރޯ ބްރޯއަކަށް އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ---ބޮންޑޭ
"ވަހީދު ވެރިކަން ނިމިއްޖެ. ޔާމީނުގެ ވެރިކަން ނިމިއްޖެ. މި ވެރިކަމުގެ ދެ އަހަރު ނިމިއްޖެ، [ގަވައިދުތައް] ނުހަދާ އަދިވެސް،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަވައިދުތައް ހަދަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ ( އެސްއޯއީ ކޮމިޓީ) އިން ތަކުރާރުކޮށް ބާރު އަޅަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ގަވައިދު ނުހަދަނީ ވައްކަން ކުރަން ވެގެން ކަަމަށެވެ. އެގޮތަށް ކަންތައް ކުރަނީ ކުރިން ތިބި "ބަޣާވާތުގެ މީހުންނާއި" މިހާރުގެ މީހުންނާ އެކުވެެގެން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތަށް ކަންތައްކުރާ މީހުން މިހާރު ޖަލަށް ނުދިޔަޔަސް މިވެރިކަން ނިމުނީމާ އެބަޔަކު ޖެހޭނީ ޖަލަށްދާން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. އެކަަމާ ބެހޭ ރިޕޯޓްތައް އެކުލަވައިލައްވާނެ ކަަމަށާއި އެކަމުގައި ޕާޓީ އަށް ނުބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގައުމަށް ބަލާނީ. ރައްޔިތުންގެ މުދަލަށް ބަލާނީ އިއްޒަތްތެރި ރައީސް، މިމަޖިލީހުން. އެއީ އަޅުގަނޑުމެން ކުރާނެ ކަމަކީ. ޕާޓީވެގެންނެއް އަދި އަޅުގަނޑުމެން ދުލެއް ނުކުރާނަން އިއްޒަތްތެރި ރައީސް. ބްރޯ ބްރޯއަކަށް އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ވައްކަން ހުއްޓުވުމަށްޓަކައި މަޖިލީހުން ކުރަން ޖެހޭ މަސައްކަތް އެއީ މިނިސްޓަރަކަށް އަމާޒުވާ މަސައްކަތަކަށް ވިޔަސް އެ މަސައްކަތް ކުރާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ވިދާޅުވީ "އެއީ ފިނޭންސް މިނިސްޓަރަށް ވިޔަސް" ނުބައްލަވާނެ ކަމަށެވެ.
ޕީސީބީގެ ބޯޑަށް އަވަހަށް ރައީސަކު އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޭނާ ތަކުރާރުކޮށް އިލްތިމާސް ކުރެއްވި އެވެެ. އެ ބޯޑަށް ރައީސަކު އައްޔަން ނުކޮށް ހޭދަވާ ކޮންމެ ދުވަހަކީ ވައްކަންކުރާނެ ދުވަހެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެސްއޯއީ ކޮމިޓީގައި ވެސް އިންނަވާ މެމްބަރު ބޮންޑޭ މި މޭރުމުން ވާހަކަ ދެއްކެވި އިރު ދައުލަތުގެ ކުންފުނިތަކުގެ ގިނަ މައްސަަލަތަކެއް އެކޮމިޓީން ވަނީ ބަލައިފަ އެވެ. އެގޮތުން ބެލި ބެލުމުން ބައެއް ކުންފުނިތަކުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައި ވެސް ވެ އެވެ.
ޕީސީބީގެ ޒިންމާއަދާކުރޭތޯ މަޖިލީހުން ބަލަން ހުށަހަޅައިފި
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ
އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލާކަށް ނޭދެން: އަސްލަމް
އަފީފާއި ބޮންޑޭ އެމްޑީޕީގައި ތިއްބަވާކަށް ބޭނުމެއް ނުވޭ
ބޮންޑޭއަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ވިޕް ނެރެނީ ސަރުކާރުން، އެމްޑީޕީއަކުން ނޫން: ބޮންޑޭ
ނަރުދަމާ އާއި ފުޓްސަލްދަނޑު: އެހެން ސުވާލެއް ނެތީތަ؟
ސަރުކާރާ ޖައްސާލަނީ އޭ ހީކުރަންޏާ 2023 އުނދަގޫވާނެ