08 މާޗް 2023
އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް އަމަލު ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގައި ތިއްބެވުމުގެ ޝައުގުވެރިކަން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދޫކޮށްލައްވައިފި އެވެ.
އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް އަމަލު ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގައި ތިއްބެވުމުގެ ޝައުގުވެރިކަން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދޫކޮށްލައްވައިފި އެވެ.
ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ އެ ދެ މެންބަރުން އެމްޑީޕީން ވަކިވާން ބޭނުންވާ މޭރުމަކުން ވާހަކަ ދެއްކެވީ ސަރުކާރު ފަރާތުން ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
އެ އިސްލާހުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވައި އަފީފް ވިދާޅުވީ، އެމްޑީޕީން އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތުމުން ބޭނުން ގޮތަކަށް ފާސް ކުރެވިދާނެ ކަމަށެވެ.
އެމްޑީޕީގެ ޕީޖީން އެ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރޭނެ ކަމަށާއި އެ އަށް ވޯޓު ނުދީފި ނަމަ އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށް އަފީފް ވިދާޅުވި އެވެ. ނަަމަވެސް ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރިޔަސް މިހާރު މައްސަލައެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ސީނިއާ އެއް މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލިމެންޓަރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،" އަފީފް ވިދާޅުވި އެވެ.
އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލިމެންޓަރީ ގްރޫޕުން އަޅުގަނޑު ވަކިކޯށްދެއްވިއްޔާ -- އަފީފް
ބޮންޑޭ ވެސް ވިދާޅުވީ ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެމްޑީޕީގެ "ސްޓޭންޑަޑެއް" ނޫން ކަމަށެވެ.
އެމްޑީޕީއަކީ އިންސާފާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަން ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެއާ ހިލާފަށް ހުށަހަޅާ ބިލްތަކަށް ވޯޓެއް ނުދެވޭނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
އެހެންކަމުން އެމްޑީޕީން ވަކިވުމަށް އެ ޕާޓީގެ ރައިސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[އެމްޑީޕީން] ސްޓޭންޑަޑަށް އަނބުރާ ރުޖޫއަ ވީމަ ޕާޓީ އަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ރައީސް އާ ސީރިޔަސްކޮށް މަޝްވަރާ ކުރަން." ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި އެ ޕާޓީން ވަކިވުމަށް ފަހު އޭނާ ހުންނަވާނީ "ފިކުރެއްގެ ދިރުން" އާއެކީ ކަމަށެވެ. އެމްޑީޕީގެ ސާފު ތިލަފަތް ފެންނަނީ އެ ފިކުރުން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވުމުގެ ވާހަކަ އަފީފް އާއި ބޮންޑޭ ދައްކަވާއިރު އެ ޕާޓީގެ ވިޕްލައިންތަކާ ހިލާފުވި މައްސަލާގައި ޕީޖީން މިހާރު ވެސް ވަނީ އެކި ފަހަރުގެ މަތިން ފިޔަވަޅު އަޅައިފަ އެވެ. އެ ޕާޓީގެ ޕީޖީން މިހާރު އަންނަނީ އަޅާ ފިޔަވަޅުތައް އިތުރަަށް ހަރުކަށިކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވަދަ ނުކުރެވޭ ގޮތް ހަދަން ވެސް މަސައްކަތް ކުރަމުންނެވެ.
ފިކުރެއްގެ ދިރުން ފެކްޝަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމަށް ފަހު ދަނީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލާކަށް ނޭދެން: އަސްލަމް
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ
ހަޅޭކާއި އަވަގުރާނައިގެ ތެރޭގައި މަޖިލިސް ހުއްޓުވާލައިފި
އަފީފް ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ހިލާފަށް!
އަފީފާއި ބޮންޑޭ އަށް ޕީޕީއެމްގެ ދައުވަތެއް
ބޮންޑޭއަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި
މައްސަލަ ހޫނުވެ، ޝަރީފް ރިޔާސަތުގައި އިށީނދެއްޖެ!
ޓެކްސް ބިލަށް ވޯޓަށް ނާހައި ނިންމާލުމުން ހޫނުވެއްޖެ!
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
މަޖިލީހުގައި ބަހުސް ކުރާނެ ކަމެއް ނެތް!