އަތޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހާލަތާއި ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިިފި އެވެ.
08 ސެޕްޓެމްބަރ 2021
އަތޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހާލަތާއި ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިިފި އެވެ.
ހދ. ނޮޅިވަރަމްގައި ކޮވިޑް-19 ފެތުރިފައި ވާއިރު، އެ ރަށުގައި ސިއްހީ ހިދުމަތް ދޭނެ ވަސީލަތްތައް ނެތުމުން އެ ވަސީލަތްތައް ފޯރުކޮށްދޭން ގޮވާލައި ނޮޅިވަރަމް ދާއިރާގެ އެމްއެންޕީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްްލި މައްސަލައިގެ ބަހުސްގައި މެމްބަރުން ވިދާޅުވީ އަތޮޅުތަަކަށް ބޭނުންވާ މެޝިނަރީ އާއި އިންސާނީ ވަސީލަތްތައް ނެތުމުގެ ދަތިކަން ވަރަށް ބޮޑު ކަަމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މިހާރުގެ ސަރުކާރު އައުމަށް ފަހު، މިވީ ދެ އަހަރުގެ ތެރޭގައި ވެސް ފުވައްމުލަކުގެ ސިއްހީ ނިޒާމު އިތުރަށް ރަނގަޅު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް ރަށްރަށުގައި ޑޮކްޓަރުންގެ ދަތިކަން އިންތިހާ އަށް ބޮޑު. މިހާރު ހެލްތު މިނިސްޓްރީން އެ ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތުން ކޮންމެ ދުވަހަކު މި ޖެހެނީ އާސަންދައިން ފްލައިޓްތައް ޗާޓަރު ކޮށްގެން، ހަމަ ކަމެއް ވާއިރަށް [އެ މީހަކު] މާލެ ގެންނަން،" ހުސައިން ވިދާޅުވި އެވެ
އޭނާ ވިދާޅުވިގޮތުގައި ސިއްހީ ހިދުމަތް ދިނުމުގެ ކަންތައްތައް ރަނގަޅަށް ކުރެވޭ ނަަމަ ދައުލަތުން ކުރަން ޖެހޭ ހޭދަ ވެސް ކުޑަވާނެ އެވެ.
މިފަދަ ކަންތައްތަކަށް [އެމްބިއުލާންސް ގަތުން ފަދަ ކަންތައްތަކަށް] ފިނޭންސް މިނިސްޓްރީން ހުއްދަ ނުދީ، އެހެން ނަމަވެސް ސިޔާސީ ވަކި ބޭނުމަކަށް، ވަކި މީހަކަށް ވޯޓް ހޯދައިދިނުމުގެ ގޮތުން މިލިއަނުން ބިލިއަނުން ރުފިޔާ ހަރަދުކުރުމުގެ ހުއްދަ ދިނުން އެއީ އަޅުގަނޑު ކުށްވެރިކުރާ ކަމެއް.--- ހަސަން އަފީފް
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައި ވާއިރު ރަށްރަށުގައި ދޭން ޖެހޭ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ ކަންބޮޑުވެވަަޑައިގަންނަވާ ކަމެއް ކަމަށެެވެ. ވަރަށް ގިނަ ރަށްރަށުގައި އެމްބިއުލާންސް ނެތް އިރު ވެހިކަލްތައް ގެންނަން އެސްޓީއޯއާ ހަވާލު ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ކަންތައްތަކަށް [އެމްބިއުލާންސް ގަތުން ފަދަ ކަންތައްތަކަށް] ފިނޭންސް މިނިސްޓްރީން ހުއްދަ ނުދީ، އެހެން ނަމަވެސް ސިޔާސީ ވަކި ބޭނުމަކަށް، ވަކި މީހަކަށް ވޯޓް ހޯދައިދިނުމުގެ ގޮތުން މިލިއަނުން ބިލިއަނުން ރުފިޔާ ހަރަދު ކުރުމުގެ ހުއްދަ ދިނުން އެއީ އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" އަފީފު ވިދާޅުވި އެވެ.
ސިއްހީ ހިދުމަތް ރަނގަޅުކުރަން ފައިސާ ހަރަދު ނުކޮށް އެެހެން ކަންތައްްތަކަށް ފައިސާ ހަރަދުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާއްސަކޮށް ރަށްރަށުގައި ޑޮކްޓަރުންގެ ދަތިކަން އިންތިހާއަށް ބޮޑު. މިހާރު ހެލްތު މިނިސްޓްރީން އެ ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތުން ކޮންމެ ދުވަހަކު މި ޖެހެނީ އާސަންދައިން ފްލައިޓްތައް ޗާޓަރުކޮށްގެން، ހަމަ ކަމެއް ވާއިރަށް [އެ މީހަކު] މާލެ ގެންނަން--- ހުސައިން މުހައްމަދު ދީދީ
ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަނގަޅު ހިދުމަަތްތައް ދެވޭ ތަނެއް އަދި ނުފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ އިންފްރާސްޓްރަކްޗާއާއި މެޝިން ހޯދުމަކުން ނުފުދޭ ކަމަށެވެ.
"އިންސާނީ ވަސީލަތްތައް ބިނާކުރަން އެބަޖެހޭ. ޑޮކްޓަރުން އިތުރަށް ހޯދަން އެބަ ޖެހޭ. އަދި އެ ތަންތަނުގައި ހިދުމަތް ދޭ ޓެކްނިކަލް، މެޑިކަލް ދާއިރާގެ މީހުން އިތުރަށް ހޯދާފައި އެ ދާއިރާ އަށް ނެރެ، އެ ތަންތަނުން ހިދުމަތް ދޭން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވީ އޭނާގެ ދާއިރާގެ ރަށްރަށުގައި އެމްބިއުލާންސް ނެތިގެން، "ރަށުޕިކަޕް" ގައި ބަލިމީހުން އުފުލާ މަންޒަރު ފެންނަ ފޮޓޯތައް ގިނަގިނައިން ލިބިވަަޑައިގަންނަވާ ކަމަށެވެ. އެއީ ބަލަން އުނދަަގޫ މަންޒަރެއް ކަމަށާއި އެކަން ހެލްތު މިނިސްޓްރަށާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ވެސް ހިއްސާ ކުރައްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދަނީ އެއް ރަށަަށް ވުރެ އަނެއް ރަށުގެ ހާލަތު ނިކަމެތިވަމުން. އަދި ހާއްސަ ގޮތެއްގައި ސިއްހީ ހާލަތު މި ދަނީ ނިކަމެތިވަމުން،" މޯޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ބައެއް ބޮޑެތި ބަލިތަކަށް ބޭނުންވާ ބޭސްތައް ވެސް ރަށްރަށުން ނުލިބޭ އިރު އެ ބޭސްތައް ހޯދަން ޖެހެނީ ވަރަށް އުނދަގުލުންނެވެ.
އެމްޑީޕީގެ މެމްބަރުން މި ވާހަކަ ދެއްކެވީ ހދ. ނޮޅިވަރަމްގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދޭން ބޭނުންވާ ވަސީލަަތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހައްލުކޮށްދޭން ގޮވާލައި ހުށަަހެޅި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.
ހެލްތު މިނިސްޓްރީ ދިފާއުވުން ވެސް ނަޝީދަށް ގޯސް
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
ސިއްހީ ދާއިރާއާ ގުޅޭ ޝަކުވާތަކެއް މަޖިލިހުގެ ކޮމިޓީއަށް
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
ކޮމިޝަނަރު އައްޔަން ނުކުރި ސަބަބު ކޮމެޓީން ހޯދަނީ
އިތުރު ވެންޓިލޭޓަރު ހޯދާ ގޮތާ ބެހޭގޮތުން ސުވާލުކުރަނީ
އަމީނަށް ވެސް މި ފަހަރު ސަލާމަތެއް ނުވެވުނު!
ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން