ލ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށް މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅައިގެން ހައްލު ނުވުމުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.
29 މާޗް 2022
ލ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށް މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅައިގެން ހައްލު ނުވުމުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.
އެ ހޮސްޕިޓަލުގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަން މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދުގެ ގަރާރުގައި ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން ސަރުކާރުން ނިންމައި އެ ކަމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅައި ލ. އަތޮޅުގެ 10 ރަށުގައި ހުރި ސިއްހީ މަރުކަޒުތަކުން މުއައްޒަފުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ޓާޝަރީ ހިދުމަތްތައް ގާއިމު ނުކުރެވި، ބަލިމީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާދިސާތައް ފަރުވާކުޑަކަމާއި ހިންގުން ދޯދިޔާ ވުމުން ހިނގާފައިވާ ކަމަށް ގަރާރުގައި ވެ އެވެ.
ސައީދު ވިދާޅުވިގޮތުގައި، ކޮންމެހެން ތިބެން ޖެހޭ ޑޮކްޓަރުން ނެތް އިރު، ގިނަ ޓެސްޓުތައް ވެސް ހެއްދޭނެ ގޮތެއް ލ. ހޮސްޕިޓަލުގައި ނެތެވެ. ހޮސްޕިޓަލް އިމާރާތް ވެސް މަރާމާތު ނުކުރުމުގެ ސަބަބުން ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑެންޓަލް ހިދުމަތް ދޭ ތަނުގައި މެޝިން ހަލާކުވެފައި ހުންނަތާ ތިން މަސް. އެކްސްރޭ ނުނެގޭތާ ތިން މަސް. ރޭޑިއޮލޮޖިސްޓެއް ނެތްތާ ހަ މަސް ވާއިރު ހިތަށް ގެންނަން ވާނެ މާބަނޑު އަންހެނެއް ނުވަތަ އެހެން ބަލިތައް ވެސް ސްކޭން ނުކުރެވި މާލެ އަންނަން ޖެހޭ،" --- ސައީދު
މަޖިލީހަށް އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 23 މެމްބަރެކެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެމްބަރެކެވެ.
އެ މައްސަލައިގައި ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ، މިފަދަ މައްސަލައެއް އައުމުން ބަލައިގަންނަން ނުފެންނަ ކަމަށް "ރަތް" ވޯޓު ދޭން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ ލ. އަތޮޅުގެ ހުރިހާ ރަށްތަކާއި އެ ސަރަހައްދުގެ ހުރިހާ ރަށަކުން ވެސް ހިދުމަތް ހޯދަން ދާ ހޮސްޕިޓަލެއް ކަމަށެވެ.
ނަމަވެސް "ސަރުކާރު މެމްބަރުން" މެންދުރު ފަހު މަޖިލީހުގެ ތަޅުމަށް ވަޑައިގެން މައްސަލަ ބޭރު ކޮށްލުމުގެ ބަދަލުގައި ކޮމިޓީ އަށް ފޮނުވަން ވޯޓު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑެންޓަލް ހިދުމަތް ދޭ ތަނުގައި މެޝިން ހަލާކުވެފައި ހުންނަތާ ތިން މަސް. އެކްސްރޭ ނުނެގޭތާ ތިން މަސް. ރޭޑިއޮލޮޖިސްޓެއް ނެތްތާ ހަ މަސް ވާއިރު ހިތަށް ގެންނަން ވާނެ މާބަނޑު އަންހެނެއް ނުވަތަ އެހެން ބަލިތައް ވެސް ސްކޭން ނުކުރެވި މާލެ އަންނަން ޖެހޭ،" ސައީދު ވިދާޅުވި އެވެ.
އެ މައްސަލައިގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ސިޓީއެއް ފޮނުއްވި ނަމަވެސް އެ މިިނިސްޓްރީގެ ޖަވާބަކީ "މިހާރު ހުންނާނީ ބޯޑަކާ ހަވާލު ކޮށްފައޭ" ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މައްސަލަ ހައްލު ކުރެވެން ދެން އޮތް ގޮތަކީ ރައްޔިތުން ތަމްސީލު ކުރާ މަޖިލީހަށް ހުށަހަޅައިގެންނެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ކޮމިޓީ އަށް
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
ސިޒޭރިއަން ހެދިއިރު އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
ފޮރިން ސާވިސް ބިލަށް ސައީދުގެ ތުހުމަތެއް
ކޮވިޑާ ގުޅޭ ބަހުސްކޮށްލަން ވެސް މެމްބަރުން ބޭނުން ނުވި
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ