ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބަޔަކު ދެއްކި ވާހަކަތަކުގެ ދިފާއުގައި ހެލްތު މިނިސްޓްރީން ރޭ ބަޔާނެއް ނެރުމުން ވެސް އެކަން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޯސްވެއްޖެ އެވެ.
10 އޯގަސްޓް 2020
ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބަޔަކު ދެއްކި ވާހަކަތަކުގެ ދިފާއުގައި ހެލްތު މިނިސްޓްރީން ރޭ ބަޔާނެއް ނެރުމުން ވެސް އެކަން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޯސްވެއްޖެ އެވެ.
އީދު ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ބަޔާނުން ހީވަނީ މަޖިލިސް ހިންގަންވީ ގޮތް ބުނެދޭން އުޅޭހެން ކަމަށެވެ. އެހެންކަމުން އެއްވެސް ވުޒާރާއަކުން މަޖިލީހުގެ ކަންކަމާ ނުބެހުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް [މިނިސްޓަރު އަބްދުﷲ އަމީނަށް] ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި އަދި މި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެ ބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަސް ބޭފުޅަކު ކޮމިޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި މަޖިލިހުގެ އެއްވެސް ކަމަކާ ބެހިފައެއް ނުވެ އެވެ. އެ ބަޔާނުގައި ސާފުކޮށްދީފައި އޮތީ، ސިއްހީ ދާއިރާ ކުރިއަރުވަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކެވެ.
ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ސިއްހީ ދާއިރާގެ ކަންކަމަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮވިޑް-19އިން ރާއްޖެ އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ބައެއް ފިޔަވަޅުތަކާ މެދު ވެސް ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންގެ ގާބިލްކަމާ މެދު ވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އެ ފާޑުކިއުންތަކަށް އަމީން ރައްދެއް ނުދެއްވަ އެވެ.
Sihhee dhaairaa dhanee kuriah, gaabilkan annanee ithurukurevmun: Health
The most trusted news source in the Maldives
Mihaaru
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން ކަމަށް ހެލްތުން ރޭ ބުނުން
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދެއްކެވި ބޭފުޅުން ކުރެއްވި އެއް ތުހުމަތަކީ ސިއްހީ ދާއިރާގެ ނިންމުންތައް ފަންނީ މާހިރުންގެ ލަފަޔާ ނުލައި ނިންމަމުން ގެންދާ ކަމެވެ.
އެ ވާހަކަތަކަށް ރައްދު ދެމުން ހެލްތު މިނިސްޓްރީންގެ ބަޔާނުގައި ބުނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ ވެސް މަތިން ކަމަށެވެ. ސިއްހީ ހިދުމަތްތައް ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބަޔާން ނިންމާލަމުން ބުނެފައި ވަނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން މުހިއްމު ކަމަށެވެ.
އަމީނަށް ވެސް މި ފަހަރު ސަލާމަތެއް ނުވެވުނު!
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
އާސަންދައިން ބަޔަކު ނާޖާއިޒު ފައިދާ އެބަހޯދާ
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
ސިއްހީ ދާއިރާއާ ގުޅޭ ޝަކުވާތަކެއް މަޖިލިހުގެ ކޮމިޓީއަށް
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
ނޫން! ނޫން! މިއީ އެންމެންގެ ލޮކްޑައުންއެއް!
އަޅުގަނޑަށް ވެސް ކެތްވާނީ ވަކި މިންވަރަކަށް: ނަޝީދު