04 ނޮވެމްބަރ 2020
ވޮޝިންޓަން (ނޮވެމްބަރު 4) - އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވެސް ވަނީ ކާމިޔާބުވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ވޮޝިންޓަން (ނޮވެމްބަރު 4) - އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވެސް ވަނީ ކާމިޔާބުވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ބައިޑަން ވިދާޅުވެފައި ވަނީ އެމަނިކުފާން ވަނީ ކާމިޔާބީ އަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. ބައިޑަން އަށް ރައްދު ދެއްވައި ޓްރަމްޕް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާން ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް އަދި ވިދާޅުވީ ޑިމޮކްރެޓިކުން އުޅެނީ އިންތިޚާބު "ވަގަށް ނަގަން" ކަމަށެވެ.
އުފަން ސްޓޭޓް ޑެލަވެއާގައި ވާހަކަ ދައްކަވަމުން 77 އަހަރުގެ ބައިޑަން ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ބަޔަކު ޕޯސްޓުން ވޯޓުލާފައިވާތީ ނަތީޖާ ލިބެން "ވަގުތު ކޮޅެއް" ނަގައިފާނެ ކަމަށެވެ.
"އެކަމަކު އެންމެ ވޯޓެއް ވެސް ގުނާ ނުނިމެނީސް މިކަމެއް ނުނިމޭނެ،" ބައިޑަން ވިދާޅުވި އެވެ.
ކާމިޔާބުވާނެކަން ބައިޑަން އިއުލާން ކުރެއްވިތާ ސިކުންތު ކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަނީ ބޮޑު ކާމިޔާބީއަކާ ދިމާލަށް އެމަނިކުފާން މިސްރާބު ޖަހާފައި ކަމަށް ވިދާޅުވެފަ އެވެ.
މިހާތަނަށް ސާފު ކުރި ނަތީޖާތަކުން ބައިޑަން އަށް 224 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.
ކަންބޮޑުވުމަކީ ޓްރަމްޕް އިންތިޚާބު ވަގަށް ނަގައިފާނެތީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސް ނުކުރެވުނަސް ތެދުބަސް ބުނަން އެނގޭ: ބައިޑެން
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓްރަމްޕު އަދިވެސް ވެރިކަމުގެ ހުވަފެނުގައި