Roadha Mihaaru
ދިރާގުން ފަހުގެ އައިފޯނުތައް ޕްރީއޯޑަރަށް ހުޅުވާލަނީ

ދިރާގުން ފަހުގެ އައިފޯނުތައް ޕްރީއޯޑަރަށް ހުޅުވައިލަނީ

29 އޮކްޓޯބަރ 2020

ދިރާގުން އައިފޯނު 12 އަދި އައިފޯނު 12 އަށް ޕްރޯ ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިރޭ ހުޅުވައިލާނެ އެވެ. މި ފުރުސަތު ދިރާގުން ހުޅުވައިލާނީ މިރޭ 12:00 އިން ފެށިގެންނެވެ. އެ ކުންފުނީގެ ވެބްސައިޓް www.dhiraagu.com.mv މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުން އައިފޯނު 12 އަދި އައިފޯނު 12 އަށް ޕްރޯ ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިރޭ ހުޅުވައިލާނެ އެވެ. މި ފުރުސަތު ދިރާގުން ހުޅުވައިލާނީ މިރޭ 12:00 އިން ފެށިގެންނެވެ. އެ ކުންފުނީގެ ވެބްސައިޓް www.dhiraagu.com.mv މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ އެވެ.

ދިރާގުން ބުނިގޮތުގައި ފޯނުތަކުގެ އަގުތައް އެނގޭނީ މިރޭ ޕްރީއޯޑާ ފެށުމުންނެވެ.

އެޕަލް އިން ވަނީ މި މަހުގެ 13 ގައި އައިފޯނު 12ގެ ހަތަރު މޮޑެލެއްް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި އައިފޯނު 12 އާއި އައިފޯނު 12 މިނީ އާއި އައިފޯނު 12 ޕްރޯ އަދި އަދި އައިފޯނު 12 ޕްރޯ މެކްސް ހިމެނެ އެވެ. ނަމަވެސް އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފައިވަނީ އައިފޯނު 12 އާއި 12 ޕްރޯ އެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް އެންމެ ފަހުގެ އައިފޯނުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެޕަލްއާ ގުޅިގެން ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވައިލަ އެވެ.