Roadha Mihaaru
ކުރީގެ މިނިސްޓަރު ޒިޔާދުގެ ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ މިނިސްޓަރު ޒިޔާދުގެ ޝަރީއަތް މާދަމާ ފަށަނީ

26 އޮކްޓޯބަރ 2020

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ ދައުވާ ކުރެ އެވެ.

އެ ދެ ބޭފުޅުންނަށް ކުރާ ދައުވާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން އެދުނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެ މަސައްކަތުގެ އެއްބަސްވުން ހެދުމާއި އޭގެ ސަބަބުން އިކުއިޓީގެ ގޮތުގައި އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހިި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބުނު ކަމަށް ބުނެ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅައިފަ އެވެ.