Roadha Mihaaru
ޒިޔާދުގެ މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަނީ

ޒިޔާދަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަނީ

09 އެޕްރީލް 2022

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލާގައި ޒިޔާދުގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ދަައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.

ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ މައްސަލާގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. އެކަމަކު އޭނާގެ ބައި ހައި ކޯޓުން އަދި ތާވަލެއް ނުކުރެ އެވެ.

އެސްޖޭއާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކުރި އެވެ.