26 އޮކްޓޯބަރ 2020
ތިލަފުށި ފަޅުތެރޭގައި އޮތް ވެރިފަރާތެއް ނޭނގޭ ބާދަގަނޑު ބޯޓު އެ ތަނުން ނަގަން ބަޔަކާ ހަވާލުކޮށް، ގްރޭޓާ މާލެ ކުންފުނިން އަމަލުކޮށްފައިވާ ގޮތުން، އެ ކުންފުންޏަށް ދައުލަތުން ހަ ލައްކަ ޑޮލަރު (9.2) މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުން ހުރި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ތިލަފުށި ފަޅުތެރޭގައި އޮތް ވެރިފަރާތެއް ނޭނގޭ ބާދަގަނޑު ބޯޓު އެ ތަނުން ނަގަން ބަޔަކާ ހަވާލުކޮށް، ގްރޭޓާ މާލެ ކުންފުނިން އަމަލުކޮށްފައިވާ ގޮތުން، އެ ކުންފުންޏަށް ދައުލަތުން ހަ ލައްކަ ޑޮލަރު (9.2) މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުން ހުރި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ގްރޭޓާ މާލެ ކުންފުނީގެ ބެލުމުގެ ދަށުން ކުރި ކަމެއްގައި ގެއްލުންވި މައްސަލަ އެޗްޑީސީން އިސްތިއުނާފު ކުރަނީ އެ ދެ ކުންފުނި އެއްކޮށްލައިގެން ހިންގާތީ އެވެ.
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ ބޯޓުގެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"ވިސްނުން ހުރީ އިސްތިއުނާފު ކުރަން،" ސުހައިލް ވިދާޅުވި އެވެ.
ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެ އެވެ. އެހެންވެ، ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެ އިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ގްރޭޓާ މާލެ ކުންފުނިން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާ އެވެ. މިއީ، ކުންފުނީގެ ބޯޑުން ނިންމައިގެން ކުރި ކަމެއް ނޫން ކަމަށް ބޯޑުގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެއްޓާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުން ވަމުންދާތީ ކަމަށް ކުރީގެ ގްރޭޓާ މާލެ ކުންގުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވަނީ ވިދާޅުވެފަ އެވެ.
މި ބޯޓުގެ މައްސަލަ ބޮޑުވީ ފަޅުތެރެއިން ބޯޓު ނަގަން ހަވާލުކުރި ޕާކަވަން އިން ބޯޓު ކަފާލައި ފައިދާ ހޯދަން އުޅުމުންނެވެ. އެ ހުއްދަ ދިނީ، ގްރޭޓާ މާލެ އިން ކަމަށާއި އެކަން ހުއްޓުވުމުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ އެ ކުންފުނިން ދައުލަތާ ދެކޮޅަށް ގްރޭޓާ މާލެ ކުންފުނީގެ އޮޅުވައިލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދި ސިވިލް ކޯޓަށް ހުށަހެޅީ 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދާށެވެ.
އެކަމަކު، ބަދަލުގެ ގޮތުގައި ކޯޓުން ނަގަައިދޭން ހުކުމްކުރީ ނުވަ މިލިއަނެވެ.
ބޯޓު ކަފާލަން ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު، ކަމަށް ގްރޭޓާ މާލެ ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު އެ މިިނިސްޓްރީން އެކަން ދޮގު ކުރެ އެވެ. ފިނޭންސުން ބުނެފައި ވަނީ އެ ކުންފުނީން އަންގާފައި ވާނީ ބޯޓު އޮތް ތަނުން ނެގުމަށެވެ. ކަފާލައިގެން ފައިދާ ހޯދުމުގެ ހުއްދައެއް ދީފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތައިލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދާއި އެ ކުންފުނީގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ މެދު ފިޔަވަޅު އެޅުމަށް އެސްއޯއީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
ޖީއެމްއައިޒެޑްއެލްގެ ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފި
އެޗްޑީސީން ނެގި 200 މިލިއަންގެ ލޯނަކަށް ގެރެންޓީދީފި
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން ހަތް ދުވަސް ދީފި
ދިވެހިންނަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި
ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަނީ
ކުރީގެ ސަރުކާރުން 3 ފަޅު ހިއްކަންދިނީ ބިން ދޭ ގޮތަށް
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަނީ
ހުޅުމާލެއިން ނުހައްގުން ދިން 50ބިން އަތުލާނަން:ފަޒުލް
ތިލަފުށި 2 ގެ 120 ހެކްޓަރުގެ ބިން ހިއްކައިފި
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި