22 ސެޕްޓެމްބަރ 2020
ސިނާއީ ރަށް ތިލަފުށި ހިންގަމުން އައި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޒިންމާތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
ސިނާއީ ރަށް ތިލަފުށި ހިންގަމުން އައި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޒިންމާތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
ޖީއެމްއައިޒެޑްއެލްގެ ހުރިހާ ޒިންމާއެއް، ހުޅުމާލެ ބަލަހައްޓާ ކުންފުންޏާ ހަވާލުކުރިއިރު، އެ ދެ ކުންފުނި އެއްކުރަން ސަރުކާރުން ވަނީ މިދިޔަ މަހު ނިންމައިފަ އެވެ. އެހެންވެ، ޖީއެމްއައިޒެޑްއެލްގެ ހިއްސާގެ ބައެއް އޭރު ވަނީ އެޗްޑީސީ އަށް ދީފަ އެވެ.
ޖީއެމްއައިޒެޑްއެލް އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ދެ ކުންފުނި އެއްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މި ބަދަލުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ ހުރިހާ އެސެޓަކާއި ލައިބިލިޓީއަކާއި މުވައްޒަފުންނާއި ހުރިހާ އެއްބަސްވުންތަކުގެ އިތުރުން ކުންފުނީގެ މައްޗަށް އޮތް ހުރިހާ އިލްތިޒާމުތަކާއި ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
ސަރުކާރުން މިގޮތަށް ނިންމީ މާލީ ގޮތުންނާއި ހިންގުމުގައި ލިބޭ ފައިދާތަކަށް ބެލުމަށް ފަހު، ހުޅުމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޖީއެމްއައިޒެޑްއެލް އިން ބުނެ އެވެ.
“...ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާ އާއި ލަފާގެ މަތިންނެވެ.” ޖީއެމްއައިޒެޑްއެލްގެ އިއުލާނުގައި ވެ އެވެ.
މި ނިންމުމާ ގުޅިގެން އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލް އިން އަންނަނީ ހަދާފައިވާ އެއްބަސްވުންތަކާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރަމުންނެވެ.
ހުޅުމާލެއިން ނުހައްގުން ދިން 50ބިން އަތުލާނަން:ފަޒުލް
ބޯޓަށް 9 މިލިއަން ދޭން ޖެހުން އިސްތިއުނާފުކުރަނީ
ސައިމަން އެޗްޑީސީން ވަކިކޮށް، ޖީއެމްއައިޒެޑް ކުންފުންޏަށް
އެފްއޭއެމުން އަތުން އަތުލި ބިމާގުޅޭ ޝަކުވާ ބަލަނީ
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ