26 އޮކްޓޯބަރ 2020
މަންމަ އަށް ސްމާޓްފޯނެއް ހޯދައި ދެވުނީތީ މިހާރު މޮޔަހީވާ ކަމަށާއި ފޯނާ ހެދި އިންސްޓަގްރާމުން މަންމަ ބްލޮކް ވެސް ކުރަން ޖެހުނު ކަމަށް "އެމެރިކަން ހޮރޯ ސްޓޯރީ" އާއި "ސްކްރީމް ކްއީންސް" ގެ ބަތަލާ އެމާ ރޮބަޓްސް ބުނެފި އެވެ.
މަންމަ އަށް ސްމާޓްފޯނެއް ހޯދައި ދެވުނީތީ މިހާރު މޮޔަހީވާ ކަމަށާއި ފޯނާ ހެދި އިންސްޓަގްރާމުން މަންމަ ބްލޮކް ވެސް ކުރަން ޖެހުނު ކަމަށް "އެމެރިކަން ހޮރޯ ސްޓޯރީ" އާއި "ސްކްރީމް ކްއީންސް" ގެ ބަތަލާ އެމާ ރޮބަޓްސް ބުނެފި އެވެ.
މަޝްހޫރު ހޯސްޓް ޖިމީ ކިމެލްގެ "ޖިމީ ކިމެލް ލައިވް" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ 29 އަހަރުގެ ބަތަލާ ބުނީ މަންމަ ކެލީ ކަނިގަމް އިންސްޓްގަރާމުން ބްލޮކްކުރަން މަޖުބޫރުވީ ވަރަށް ޒާތީ މައުލޫމާތެއް ސިއްރުކޮށްގެން އުޅެނިކޮށް، އެކަން އިންސްޓާގައި ފަޅާއަރުވައިލުމުން ކަމަށެވެ. އެ ސިއްރަކީ އޭނާ އަށް ދަރިއަކު ލިބެން އުޅޭ ވާހަކަ މަންމަ އިންސްޓަގްރާމްގައި ފޭނުންނަށް ޔަގީންކޮށް ދިނުމެވެ.
އެމާ ބަލިވެއިން ވާހަކަ މީޑިއާތަކުގައި ފެތުރި ސުވާލު ކުރިމަތިވެފައި އޮއްވައި އެކަން ޔަގީންވީ އެއީ ތެދެއް ކަމަށާއި އެކަމާ ވަރަށް އުފުލަކުން ތިބި ކަމަށް އެމާގެ މަންމަ އިންސްޓަގްރާމް ކޮމެންޓެއްގައި ބުނުމުންނެވެ. އަދި އެކަމާ ސުވާލުކުރި މީހުންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
Emma Roberts’ Mom Accidentally Revealed Her Pregnancy https://t.co/uRD8cmYpJx via @YouTube
— Adhushan (@Adhushan1) October 25, 2020
އެ ވާހަކަ ޖިމީއާ ހިއްސާކުރަމުން، މަޝްހޫރު ބަތަލާ ޖޫލިއާ ރޮބަޓްސް އަށް ބޮޑުދައިތަ ކިޔާ އެމާ ބުނީ މަންމަ އަށް އައިފޯނެއް ހޯދައި ދެވުނީތީ މިހާރު ދެރަވާ ކަމަށެވެ.
"އަހަރެން ބަލިވެއިންކަން ސިއްރުކޮށްގެން އުޅެނިކޮށް މަންމަ އެކަން ފަޅާއަރުވާލުމަކީ އެންމެ ބޭނުން ނުވި ކަންތައް. މިހާރު މޮޔަހީވޭ މަންމަ އަށް ސްމާޓްފޯނެއް ހޯދައި ދެވުނީތީ،" އެމާ ބުންޏެވެ. "އެހެންވެ އިންސްޓަގްރާމުން ވާނީ ބްލޮކްކުރަން ޖެހުނު."
އޭނާ ބުނީ މަންމަ އަށް އައިފޯނެއް ހޯދައިދިނީ މި އަހަރު މަދާޒް ޑޭގައި ކަމަށެވެ. އޭގެ ކުރިން ކެލީ ގެންގުޅުނީ ހަމަ އާދައިގެ ފޯނެކެވެ.
"ސްމާޓްފޯނެއް ހޯދައިދިނީ ދެ މީހުންނަށް ފޭސްޓައިމާއި އައިމެސެޖް ފަދަ އެއްޗެހިން މުއާމަލާތްކުރެވޭނެތީ." އެމާ ބުންޏެވެ. "ވަރަށް ލޯބިން އެކަންކޮށް ދިނީމަ މިހާރު ހިތަށް އަރާ ވަރަށް ބޮޑު މޮޔަކަމެކޭ މި ކުރެވުނީ."
އޭނާ ބުނީ ސިއްރުކޮށްގެން އުޅުނު ކަންތައް މަންމަ ފަޅާއެރުވުމުން ބްލޮކްކުރަން ނިންމީ މި ދަނޑިވަޅަށް އޭނާގެ އަތުގައި އޮތް ހަތިތާރަކީ އެއީ ކަމަށްވާތީ އެވެ.
"ދެން އެރޭ ދަންވަރު މެސެޖްކޮށްފައި އަހަނީ ތިމަންނަ ބްލޮކްކުރީ ހެއްޔޭ؟ އަހަރެން ބުނިން އާނއެކޭ. ދެން ކޮންމެ ގޮތެއް ވިޔަސް މަންމަ އަށްވާތި އަލުން އަހަންނަށް ޖެހުނީ މަންމަ އަންބްލޮކްކުރަން." އެމާ ބުންޏެވެ. "މިއީ އަސްލު އަހަންނާއި މަންމައާ ދެމެދު ހިނގި އިންސްޓަގްރާމް ހަނގުރާމައެއް."
އެކަން މިހާރު ޖޯކެއްގެ ގޮތުގައި ސިފަކޮށް އެމާ ބުނީ މާމަ ކުރި ކަންތަކުގެ ވާހަކަ އަކީ ދަރިފުޅަށް ވެސް ކިޔައިދޭން މަޖާ ވާހަކައަކަށް ވެދާނެ ކަމަށެވެ.
ކާންޔޭ 24 ގަޑިއިރަށް އިންސްޓަގްރާމުން ބޭރުކޮށްލައިފި
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
އަފްގާނުން ލިބުނު ސިޓީއަކާ އެކު އެންޖެލީނާ އިންސްޓައަށް
ޖޭލޯގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ
އިޒްރޭލުގެ އަނިޔާވެރިކަމާ އެކު ގަލް އަށް ފާޑުކިޔުން
ފާއިތުވި 10 އަހަރު އެންމެ ގިނަ ޑައުންލޯޑް ފޭސްބުކަށް
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އެމީގައި "ޝޯގަން" އަށް ތާރީހީ ކާމިޔާބީއެއް