Roadha Mihaaru

އެންޖެލީނާ އިންސްޓަގްރާމަށް ފުރަތަމަ ލީ އަފްގާން އަންހެން ކުއްޖެއްގެ ސިޓީއެއް

ތާލިބާނުންގެ އަތްދަށަށް އަފްގާނިސްތާން ގޮސްފައި ވާތީ އަންހެނުންނާއި ކުޑަކުދިންނަށް އެހީވާން މަސައްކަތްކުރުމަށް، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ އިންސްޓަގްރާމާ ގުޅިއްޖެ އެވެ.

އަފްގާނުން ލިބުނު ސިޓީއަކާ އެކު އެންޖެލީނާ އިންސްޓައަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

22 އޯގަސްޓް 2021

ތާލިބާނުންގެ އަތްދަށަށް އަފްގާނިސްތާން ގޮސްފައި ވާތީ އަންހެނުންނާއި ކުޑަކުދިންނަށް އެހީވާން މަސައްކަތްކުރުމަށް، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ އިންސްޓަގްރާމާ ގުޅިއްޖެ އެވެ.

ހުކުރު ދުވަހު އާންމުކުރި އޭނާގެ ފުރަތަމަ ޕޯސްޓްގައި ވަނީ އަފްގާނިސްތާންގެ އަންހެން ކުއްޖަކު ފޮނުވި ސިޓީއެެއްގެ ފޮޓޯ ހިއްސާކޮށްފަ އެވެ. އަދި އެއާ އެކު އެންޖެލީނާ ބުނީ އަފްގާނިސްތާން މިހާރު އޮތް ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުގައި އިންސާނިއްޔާތަށް މަސައްކަތްކުރަމުން އަންނަ ބަތަލާ ބުނި ގޮތުގައި އަފްގާނިސްތާން މިހާރު ވެއްޓިފައިވާ ހާލަތުގެ ސަބަބުން އެ ގައުމުގެ އަންހެނުންނާއި ކުޑަކުދިންގެ މުސްތަގުބަލާ މެދު އިންތިހާ އަށް ކަންބޮޑުވެ އެވެ.

އެހެންވެ އެ މީހުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ކަމަށާއި މިކަމުގައި އޭނާއާ އެކު ގިނަ ބަޔަކު ބައިވެރިވުމަށް ވެސް އެދިފައިވެ އެވެ.

އެންޖެލީނާ އަކީ އަބަދު ވެސް އަންހެނުންނާއި އަންހެނުން ކުދިންނާއި ރެފިއުޖީންގެ މައްސަލަތަކުގައި ދުނިޔޭގެ ފެންވަރުގައި ވަކާލާތުކުރާ ނުފޫޒުގަދަ މީހެކެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން އިންސްޓަގްރާމް ބޭނުންކުރަން ފެށުމާ އެކު އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 4.3 މިލިއަނަށް އަރައިފަ އެވެ.