Roadha Mihaaru
އިޒްރޭލުގެ އަނިޔާވެރިކަމާ އެކު ގަލް އަށް ފާޑުކިޔުން

އިޒްރޭލުގެ އަނިޔާވެރިކަމާ އެކު "ވޮންޑަ ވުމަން" އަށް ވެސް ފާޑުކިޔުން

15 މެއި 2021

އިޒްރޭލު އޮތީ ހަނގުރާމައިގެ ތެރޭގައި ކަމަށާއި އިޒްރޭލު ރައްޔިތުންނަށް ވެސް ދިރިތިބުމުގެ ހައްގު އޮތް ކަމަށް ބުނެ، ހޮލީވުޑްގައި މަސައްކަތްކުރާ އިޒްރޭލްގެ ބަތަލާ ގަލް ގެޑޮޓް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޒްރޭލު އޮތީ ހަނގުރާމައިގެ ތެރޭގައި ކަމަށާއި އިޒްރޭލު ރައްޔިތުންނަށް ވެސް ދިރިތިބުމުގެ ހައްގު އޮތް ކަމަށް ބުނެ، ހޮލީވުޑްގައި މަސައްކަތްކުރާ އިޒްރޭލްގެ ބަތަލާ ގަލް ގެޑޮޓް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން" ގެ ޓައިޓްލް ރޯލު ކުޅޭ ބަތަލާ ބުނި ގޮތުގައި އިޒްލޭލު މިހާރު އޮތް ހާލަތާ މެދު އޭނާ ވަރަށް ހިތްދަތިވެ އެވެ. އަދި އާއިލާގެ މިހުންނާއި އެކުވެރިންނަށް ޖެހިފައިވާ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުންޏެވެ.

"އިޒްރޭލަށް ޖެހިފައިވާ މި ހަނގުރާމަ އަކީ ނިމުމެއް ނެތި ދިގުލައިގެން ގޮސްފައިވާ ކަމެއް. މިނިވަންކަމާއި ރައްކާތެރިކަމާ އެކު ގައުމެއްގެ ގޮތުގައި ދެމިއޮތުމަކީ އިޒްރާއީލަށް ވެސް ލިބުގެންވާ ހައްގެއް،" ތިން ވަނަ ދަރިފުޅަށް ބަލިވެ އިން 36 އަހަރުގެ ބަތަލާ ބުންޏެވެ. "އަދި އަހަރެމެންގެ އަވަށްޓެރިނަށް [ފަލަސްތީނު މީހުންނަށް] ވެސް އެ ހައްގު އޮންނާނެ."

ގަލް ބުނި ގޮތުގައި އޭނާގެ އުންމީދަކީ އިޒްރޭލަށް ޖެހިފައިވާ "ހާލު" ނިމުމަކަށް އައުމެވެ.

ގަލް މިހެން ވާހަކަ ދެއްކި އިރު އޭނާ އަކީ އިޒްރޭލުގައި ކޮންމެ މީހަކަށް ވެސް ލާޒިމު އަސްކަރީ ހިދުމަތުގައި އުޅެފައިވާ މީހެކެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރާއީލުން ހުއްޓުމެއް ނެތި ހިންގާ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއް ޝަހީދުވެގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށް ކެނޑިނޭޅި ހަމަލާ ދެމުން ދަނިކޮށް ގަލް ދެއްކި ވާހަކަތަކަށް ފާޑުކީ ބައެއް ބުނެފައި ވަނީ އޭނާ އަކީ ވެސް އިޒްރާއީލްގެ އަސްކަރިއްޔާގައި ދެ އަހަރު މަސައްކަތްކޮށްފައިވާ އަނިޔާވެރިއެއް ކަމަށެވެ. އަދި ގަލް ބޮއިކޮޓްކުރަން ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.