ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެންޑްރޫ ގާފީލްޑް ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެންޑްރޫ ގާފީލްޑް ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.
މާވެލްގެ "ސްޕައިޑަމޭން"ގެ ގޮތުގައި މަޝްހޫރުވި އެންޑްރޫ މި ވާހަކަ ދެއްކީ އެމެރިކާގެ އެކްޓަރު ޖޯޝް ހޮރޮވިޓްޒްގެ މަޝްހޫރު ޕޮޑްކާސްޓް "ހެޕީ ސޭޑް ކޮންފިއުޒްޑް" އަށް އިއްޔެ ދިން އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއު ކުރިއަށް ގެންދިޔައީ ވެސް ނިއު ޔޯކުގައި ހުންނަ ޔަހޫދީންގެ ކަލްޗަރަލް ސެންޓަރެއް ކަމަށްވާ ނައިންޓީޓޫއެންވައިގަ އެވެ.
އިންޓަވިއު ބަލަން އެ ސެންޓަރުގެ ސެމިނާ ހޯލުގައި ތިބި 500 އެއްހާ މީހުން އަތް ޖަހައި، އޭނާ އުފާކޮށްދޭން ކުރެވޭނީ ކޮން ކަމެއްތޯ އެންޑްރޫއާ، ޖޯޝް ސުވާލުކުރި އެވެ.
އޭގެ ޖަވާބުގައި އެންޑްރޫ ބުނީ އޭނާ އުޅެނީ ވަރަށް އުފަލުގައި ކަމަށާއި އޭނާ އުފާކޮށްދިނުމަށް ވުރެ ބޮޑަށް ސަމާލުކަން ދޭންވީ މާ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.
އެއީ ކޮން ކަހަލަ ކަމެއްތޯ ޖޯޝް އަހަ އެވެ.
"މިސާލަކަށް ގާޒާގައި މިހާރު ތިބި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ. އެއީ ކަންނޭނގޭ އަހަރެމެންގެ ސަމާލުކަންދޭންވީ ބަޔަކީ،" އެންޑްރޫ ބުންޏެވެ.
"އެ ތަނުގައި އެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ކޮންމެ މީހަކާއި އަނިޔާ ލިބިފައި ތިބި މީހުން، މި ދުނިޔޭގެ އަނިޔާގެ ޝިކަރާއަކަށް ވެފައި ތިބި މީހުން. ކަރާމާތުގެ ދިރިއުޅުމެއް އުޅުމުގައި އިހުތިޔާރެއް ނެތް. އެއީ އަހަރެމެން ސަމާލުކަން ދޭންވީ ކަމަކީ."
އެންޑްރޫ މި ވާހަކަ ދެއްކުމާ އެކު، އޯޑިއަންސްގައި ތިބި ގިނަ ބަޔަކު ވަނީ ވަރަށް ބާރަށް އަތްޖަހައި، އޭނާ އަށް ތައުރީފުކޮށްފަ އެވެ.
ނަމަވެސް، އިންޓަވިއު ނަގަން އިން ޖޯޝް ވަނީ އެންޑްރޫ މި ވާހަކަ ދެއްކުމާ އެކު ވަގުތުން މައުލޫއު ބަދަލުކޮށް، އެހެން ސުވާލުތަކެއް ކޮށްފަ އެވެ.
ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހުންނަށް، ނައިންޓީޓޫއެންވައިގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ މީގެ ކުރިން ހުއްޓުވާފައި ވެސް ވެ އެވެ. ފަލަސްތީނުގެ ދިފާއުގައި ވަރަށް ގިނަ ވާހަކަ ދައްކަވާ އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ވިއެޓް ތަން އުޔެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އެ ސެންޓަރުގައި ބާއްވަން އުޅުއްވި ތަގުރީރެއް ވެސް ހުއްޓުވި އެވެ. އެ މައްސަލާގައި އެ ސެންޓަރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ވެސް ވަޒީފާ އިން ވަކިވި އެވެ.
އެކަމާ ގުޅިގެން ފާޑުކިޔުންތައް ބޮޑުވުމުން ނައިންޓީޓޫއެންވައި އިން އޭރު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާ ދެކޮޅު ހިޔާލުތައް ގެންގުޅޭ މީހުންނަށް ވެސް އެ ސެންޓަރުން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، އެ ފުރުސަތު ދޭނީ އެ ސެންޓަރުގެ އެތެރޭގައި އިޒްރޭލާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކާ މަތިން ކަމަށް ބުނެފައިވެ އެވެ.
އެންޑްރޫ ވަނީ މީގެ ކުރިން ވެސް ފަލަސްތީނުގެ ދިފާއުގައި އޭނާގެ ޝުއޫރު ފާޅުކޮށްފަ އެވެ. އޭނާ ހިމެނޭހެން ހޮލީވުޑްގެ މަޝްހޫރު 57 އެކްޓަރަކު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް މެދުކަނޑާލަން މަސައްކަތް ކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް މިދިޔަ އަހަރު އޯޕަން ލެޓާއެއް ވެސް ފޮނުވައިފަ އެވެ.
ޣައްޒާގައި އިއްޔެ ވެސް 15 މީހަކު ޝަހީދުކޮށްލި
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް
ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްފި
ޣައްޒާގެ ގިނަ ބަޔަކު މިފަހަރު ބޭރުކޮށްލާނަން: އިޒްރޭލު
ޣައްޒާގައި އަދިވެސް ހަމަލާތައް ވަރުގަދަކުރަން ފާސްކޮށްފި
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ޣައްޒާގައި ތިން ކުދިންނާ އެކު 16 މީހަކު ޝަހީދުކޮށްފި
ގަތަރު ވާހަކަ ދައްކަނީ ދެ އަނގައިން: ނަތަންޔާހޫ
ތިން ކުދިންނާ އެކު ފަލަސްތީނުން 11 މީހަކު ޝަހީދު
ޣައްޒާގައި 10 މީހަކުން 9 މީހަކަށް ފެނެއް ނުލިބޭ