07 ޖެނުއަރީ 2022
"ހެރީ ޕޮޓާ" ގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި އިނގިރޭސިވިލާތުގެ ބަތަލާ އެމާ ވޮޓްސަން ފަލަސްތީނުގެ ރައްޔިތުންނާ އެކު ހުރިކަން ހާމަކުރުމުގެ ގޮތުން އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން އޭނާ އަށް އިޒްރޭލަށް ތާއީދުކުރާ މީހުންނާއި އެތަނުގެ ސިޔާސީ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
"ހެރީ ޕޮޓާ" ގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި އިނގިރޭސިވިލާތުގެ ބަތަލާ އެމާ ވޮޓްސަން ފަލަސްތީނުގެ ރައްޔިތުންނާ އެކު ހުރިކަން ހާމަކުރުމުގެ ގޮތުން އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން އޭނާ އަށް އިޒްރޭލަށް ތާއީދުކުރާ މީހުންނާއި އެތަނުގެ ސިޔާސީ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ އިޒުރޭލުން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑު އުފުލާ މަންޒަރުން ފެންނަ ފޮޓޯއަކާ އެކު އެމާ ވަނީ އެއްބައިންތަކަމާ ގުޅޭ ގޮތުން ސާރާ އަހުމަދު ކިޔާ މީހަކު ލިޔެފައި އާޅެމެއް ވެސް ހިއްސާކޮށްފަ އެވެ.
އެމާ އާންމުކުރި ޕޯސްޓްގައި ހިމަނާފައިވާ ފޮޓޯގައި މުޒާހަރާކުރާ ބަޔަކު "ސޮލިޑޭރިޓީ އިޒް އަ ވާބް" ލިޔެފައިވާ ބޯޑެއް ހިފައިގެން ތިބެ އެވެ.
އެމާގެ މި ޕޯސްޓާ އެކު ޕަލަސްތީނަށް ތާއީދުކުރާ ގިނަ ބައެއްގެ ރުހުމާއި ލޯބި އޭނާ އަށް އޮއްސުނު ނަމަވެސް އިޒޭލަށް ތާއީދުކުރާ ގިނަ ބަޔަކު އެމާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ވެސް ފޮނުވާފައިވެ އެވެ. އިޒްރުލޭ ފަޅިން އެމާގެ ޕޯސްޓް މާނަކުރީ ޔަހޫދިންނާ ދެކޮޅަށް ހިންގި "ޖަރީމާއެއް" ގެ ގޮތުގަ އެވެ. އަދި އެކަން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުގެ އެމްބެސެޑަރެއްގެ ގޮތުގައި ކުރިން އދ. ގައި މަސައްކަތްކުރެއްވި ޑެނީ ޑެނަން އެމާގެ ޕޯސްޓް ޓުވީޓްކުރައްވައި "ހެރި ޕޮޓާ" އާ ވެސް ގުޅުވައިގެން ވިދާޅުވީ އެ ސީރީޒްގެ ގަބީލާ (ގްރިފިންޑޯ) ޔަހޫދީ ނޫންކަމުން 10 ޕޮއިންޓް ކަމަށެވެ.
10 points from Gryffindor for being an antisemite.@EmmaWatson pic.twitter.com/Qaqkx36JSg
— Ambassador Danny Danon | דני דנון (@dannydanon) January 3, 2022
އޭނާގެ އެ ޓުވީޓްގެ ފަހުން އިޒުލޭލުން އދ. އަށް މިހާރު ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ގިލަޑް އަރުޑަން ކުރެއްވި ޓުވީޓްގައި ވިދާޅުވީ ހިޔާލީ ކަންކަން "ހެރީ ޕޮޓާ" ގައި ހިނގިޔަސް ހަގީގީ ދުނިޔޭގައި އެފަދަ ކަންކަން ނުހިނގާނެ ކަމަށެވެ.
"އެހެން އެކަން ވާ ނަމަ ހާހޫރައިގެ ސަބަބުން ޓެރަރިޒަމަށް ވާގިދޭ ހަމާސް [ފަލަސްތީނުގެ ޖަމާއަތެއް] ވެސް ނެތިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
Fiction may work in Harry Potter but it does not work in reality. If it did, the magic used in the wizarding world could eliminate the evils of Hamas (which oppresses women & seeks the annihilation of Israel) and the PA (which supports terror). I would be in favor of that! pic.twitter.com/u1TrP3sqSS
— Ambassador Gilad Erdan גלעד ארדן (@giladerdan1) January 3, 2022
ފަލަސްތީނުގެ ރައްޔިތުންނާ އެކު ހުރި ކަން ހާމަކޮށް އެމާ ކުރި ޕޯސްޓާ ގުޅިގެން އިޒުރޭލުގެ ސިޔާސީ މީހުން ރައްދުދޭން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ ޔަހޫދީންނަށް އެއްވެސް ކަމެއް ހަޖަމެއްނުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެމާ ނިސްބަތްވާ އިނގިރޭސިވިލާތުގެ ސިޔާސީ މީހެއް ކަމަށްޗާ ސައީދާ ވަރުސީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަކީ ޔަހޫދިންނާ ދެކޮޅުވުމެއް ނޫން ކަމަށެވެ.
"އެހެންވެ ފަލަސްތީނަށް ސަޕޯޓްކުރާކަން ހާމަކުރުމާ ދެކޮޅަށް ކުރާ ހުރިހާ ކަމެއް އެބަ ޖެހޭ ހުއްޓާލަން،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަދާ ގޮތް ރަނގަޅު: ކަންގަނާ
އިޒްރޭލުގެ އަނިޔާވެރިކަމާ އެކު ގަލް އަށް ފާޑުކިޔުން
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ފަލަސްތީނުގެ ދިފާއުގައި އެންޑްރޫ ވާހަކަދައްކައިފި
ޔޫކޭއިން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލަނީ
އިޒްރޭލަށް ހަތިޔާރު ވިއްކާތީ ޔޫކޭ ސަރުކާރަށް ޕްރެޝަރު
އިޒްރޭލުން އަލްޖަޒީރާ ބްރޯޑްކާސްޓްކުރުން މަނާކުރަނީ
ފަލަސްތީނަށް ތާއީދުކޮށް ލަންޑަނުގައި ބޮޑު އެއްވުމެއް
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި
ޕެރަގްލައިޑާގެ ފޮޓޯއިން ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެ