Roadha Mihaaru
"ކްލަސިކޯ އަކީ އަދިވެސް ދުނިޔޭގެ އެންމެ ބޮޑު މެޗު"

"ކްލަސިކޯ އަކީ އަދިވެސް ދުނިޔޭގެ އެންމެ ބޮޑު ކްލަބް މެޗު"

24 އޮކްޓޯބަރ 2020

މެޑްރިޑް (އޮކްޓޫބަރު 24) - ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލަސިކޯ އަކީ އަދިވެސް ދުނިޔޭގެ ފުޓްބޯޅައިގެ ކްލަބް ލެވަލްގައި ކުޅޭ އެންމެ ބޮޑު މެޗު ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

މެޑްރިޑް (އޮކްޓޫބަރު 24) - ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލަސިކޯ އަކީ އަދިވެސް ދުނިޔޭގެ ފުޓްބޯޅައިގެ ކްލަބް ލެވަލްގައި ކުޅޭ އެންމެ ބޮޑު މެޗު ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

މި ސީޒަނުގެ ފުރަތަމަ ކްލަސިކޯ މެޗުގައި ބާސެލޯނާ ދަނޑުގައި އެ ޓީމުން ރެއާލާ ދެކޮޅަށް ކުޅޭއިރު މިއީ މި މެޗުގެ ތާރީހުގައި ސަޕޯޓަރުން ނުވައްދާ ކުޅޭނެ ފުރަތަމަ މެޗެވެ. ކޮވިޑް-19 ގެ ސަބަބުން އަދިވެސް ގިނަ ގައުމުތަކެއްގައި ފުޓްބޯޅަ މެޗުތައް ކުޅެނީ ސަޕޯޓަރުން ނުވައްދަ އެވެ. ލަލީގާ ރައީސް ޓެބާސް ވިދާޅުވީ ސަޕޯޓަރުން ނުވައްދައި 300 އެއްހާ މެޗު މިހާރު ވެސް ކުޅެވިއްޖެކަމަށާއި ޓީވީން މެޗު ބަލާ އަދަދުތަކަށް ބަލާއިރު އަދިވެސް ފޯރި އޮތް މިންވަރު އެނގޭ ކަމަށެވެ.

"ކްލަސިކޯ އަކީ އަދިވެސް ކްލަސިކޯ މެޗު. މިއީ މި ލީގަށް ހަމަ އެހެން މެޗުތަކެކޭ އެއް ފަދަ މެޗެއް. އެހެން މި ބުނީ މެޗުގެ ނަމްބަރަށް ބަލާފައި. އެކަމަކު ޝައްކެއް ވެސް ނެތް ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ ފުޓްބޯޅަ ކްލަބްގެ ކުރިމަތިލުން. މިކަމަށް ދެބަސްވާނެ މީހެއް ހުންނާނެހެނެއް ހިއެއްނުވޭ. މިއީ ކްލަަބް ފުޓްބޯޅަ އަށް ބަލާއިރު އަދިވެސް އެންމެ ބޮޑު މެޗު،" ޓެބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދުވާނީ ސްޓޭޑިއަމުން މެޗު ބަލާ 70،000 މީހުން ކަމަށާއި އެކަމަކު މުޅި ދުނިޔެ އަށް ބަލާއިރު މިރޭގެ ކްލަސިކޯ މެޗު 650 މިލިއަނަަށް ވުރެން ގިނަ މީހުން ބަލާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އިންޓަވިއުދެނީ. -- ފޮޓޯ: އޭއެފްޕީ

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އިންޓަވިއުދެނީ. -- ފޮޓޯ: އޭއެފްޕީ

ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ކްލަސިކޯގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ވާދަވެރި މެޗެއްގެ ގޮތުގަ އެވެ. މީގެ އެއް ސީޒަނުގެ ކުރިން ރޮނާލްޑޯ ރެއާލް ދޫކޮށްލިއިރު، މި ސީޒަން ނިމުމުން މެސީ ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމުން ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޓެބާސް ވިދާޅުވީ އެ ދެ ކުޅުންތެރިން ނެތިވެސް ކްލަސިކޯގެ ހައިބަތު ކުޑަނުވާނެ ކަމަށެވެ.

"މެސީ ވެސް އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން. ބާސެލޯނާ ދޫކޮށްލައިފިނަަމަ އޭނާ އަށް އެ ގެއްލެނީ ކެރިއަރުގައި މިހާތަނަށް ލިބުނު ހުރިހާ ކަމެއް ހާސިލްވި ޓީމު. މިއީ އޭނާ ވިސްނަންޖެހޭ ކަމެއް. ލީގަށް ބަލާއިރު އަހަރެމެން ދެކެފިން ނޭމާ ވެސް ދިޔަތަން. ރޮނާލްޑޯ ވެސް ގޮސްފި. އެކަމަކު އަދިވެސް އެ ލީގުތަކުގެ މެޗެއް ކްލަސިކޯ ފެންވަރަށް ދިޔަހެނެއް ހިއެއްނުވޭ. މި މެޗުގެ ތާރީހު ހުރިހާ މެޗަކަށް ވުރެން މުއްސަނދި،" ޓެބާސް ވިދާޅުވި އެވެ.

ސަޕޯޓަރުން ނުވައްދައި މި ދިޔަ ސީޒަނުގެ ފަހު ކޮޅު ކުޅެން ޖެހުމާ ގުޅިގެން މިދިޔަ ސީޒަނުގައި 600 މިލިއަން ޔޫރޯގެ ގެއްލުމެއް ކުރިމަތިވެފައިވާއިރު، މި ސީޒަން އެއްކޮށް ސަޕޯޓަރުން ދަނޑަށް ނުވައްދައި ކުޅެން ޖެހިއްޖެނަމަ އިތުރު އެއް ބިިލިއަން ޔޫރޯގެ ގެއްލުމެއްވާނެ ކަމަށް ޓެބާސް ވިދާޅުވި އެވެ.

ރެއާލާއި ބާސެލޯނާ އަށް ވެސް ޕްރެޝަރު ވަގުތެއް

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބާސެލޯނާ ވަނީ ގެޓަފޭ އަތުން ބަލިވެފަ އެވެ. ރެއާލް ލީގުގެ ކަޑިޒް އަތުން ބަލިވިއިރު ޗެމްޕިއަންސް ލީގުގައި ވަނީ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން ބަލިވެފަ އެވެ. ފަހަކަށް އައިސް ރެއާލް ކުޅުނު މެޗުތަކުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުން ދަށް ވުމުގެ ސަބަބުން ރެއާލުން ޒިނެދިން ޒިދާން ވަކިކޮށްފާނެ ކަމަށް ސްޕެއިނުގެ މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު ކްލަސިކޯ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ރެއާލްގެ ވެރިންގެ އިތުބާރު އެބައޮތް. އަހަރެން މި ޓީމުގައި މިތިބި ކުޅުންތެރިންނާ އެކު ވަރަށް ގިނަ ކާމިޔާބީ ޙޯދައިފިން. އަހަރެންނަށް ފުރުސަތު އޮތްހާ ދުވަހަކު އަހަރެން މި ކުޅުންތެރިންގެ މަސައްކަތާ އެއްގޮތަށް އެ ކުޅުންތެރިން ގޮވައިގެން ކާމިޔާބު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޒިދާން ބުންޏެވެ.

"އެކަމަކު ޔަގީނުންވެސް ގޯސް ދެ ނަތީޖާއަށް ފަހު މި މެޗަށް ކުރިމަތިލާއިރު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮންނާނެ. އެންމެ މުހިއްމު ކަަމަކީ ގޯސްކޮށްދާ ދުވަސްވަރެއްގައި ބޮޑު މޮޅެއް ހޯދައި ހާލަތު ބަދަލުކޮށްލުން. އަހަރެމެން ބާސެލޯނާއާ ދެކޮޅަށް ކުރަން ޖެހިފައި އޮތީ އެ ކަންތައް."

ރެއާލްގެ ކޯޗު ޒިދާން (ކ) އާއި ބާސެލޯނާގެ ކޯޗު ކޫމަން.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު ޒިދާން (ކ) އާއި ބާސެލޯނާގެ ކޯޗު ކޫމަން.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ ކޯޗު ރޮނާލްޑޯ ކޫމަން އެ ޓީމު ގޮވައިގެން ފުރަތަމަ ކްލަސިކޯ އަށް ނުކުންނައިރު އެ ޓީމަށް ވެސް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އެބައޮތް ކަމަށް ވަނީ ބުނެފަ އެވެ.

"ނަތީޖާތަކަށް ބަލާނަމަ މި ދެ ޓީމު ވެސް މި އޮތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގައި. ރެއާލުން ފާއިތުވި ހަފްތާތަކުގައި އެންމެ ރަނގަޅަށް ނުކުޅެވުމުގެ ޕްރެޝަރު އޮންނާނެ. ދެން ބާސެލޯނާއާ ހަވާލުވެ މިއީ އަހަރެންގެ ފުރަތަމަ ކްލަސިކޯ އެ ޕްރެޝަރު އެ ގޮތަށް ވެސް އޮވެދާނެ،" ކޫމަން ބުންޏެވެ.

ކުރިން ބާސެލޯނާ ޓީމަށް ކްލަސިކޯ މެޗުތައް ކުޅެދީފައިވާ ކޫމަން ބުނީ މި މުބާރާތުގެ ތާރީހުގައި ކަންތައްތައް ވެފައި ހުރި ގޮތަށް ބަލާއިރު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާގެ އަސަރެއް މާ ބޮޑަށް ނުކޮށްފާނެ ކަމަށެެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ބާސެލޯނާ އިން މެޗަށް ތައްޔާރުވާނީ ރެއާލްގެ އެންމެ މޮޅު ކުޅުމާ ދެކޮޅަށް ކުޅެން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ރެއާލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ފިޓްވެފައިވުމެވެ. ޒިދާން ބުނީ ރާމޮސް އައުމަކީ މުޅި ޓީމަށް ލިބިގެންދާ ހިތްވަރެއް ކަމަށެވެ.

ބާސެލޯނާ ދަނޑުގައި މިރޭ ރެއާލާ ދެކޮޅަށް ކުޅޭ ކްލަސިކޯ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި ހަތެއް ޖަހާއިރު އެވެ.