Roadha Mihaaru
"ތިއީ އުނދަގޫ ޖޮބެއް. ހިތްވަރާކު ކުރިޔަށް ދާންވީ"

އަންޗެލޮޓީ ކޫމަން އަށް: ތިއީ އުނދަގޫ ވަޒީފާއެއް. ހިތްވަރާއެކު ކުރިއަށް ދާންވީ!

26 އޮކްޓޯބަރ 2021

ބާސެލޯނާ (އޮކްޓޯބަރު 26) - މިދިޔަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލް ކްލެސިކޯ މެޗަށް ފަހު، ފެނުނީ އެކުވެރިކަމާއެކު ދެ ޓީމުގެ ކޯޗުން ވާހަކަ ދައްކާލައި ސަލާން ކޮށްލި މަންޒަރެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޮކްޓޯބަރު 26) - މިދިޔަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލް ކްލެސިކޯ މެޗަށް ފަހު، ފެނުނީ އެކުވެރިކަމާއެކު ދެ ޓީމުގެ ކޯޗުން ވާހަކަ ދައްކާލައި ސަލާން ކޮށްލި މަންޒަރެވެ.

މެޗު ކާމިޔާބުކުރި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން، އެ ޓީމުގައި ކުރާ މަސައްކަތްތަކަށް އެ ވަގުތުކޮޅުގެ ތެރޭގައި ތައުރީފުކޮށް، ހިތްވަރު ދީފައި ކަމަށް ސްޕެއިންގެ މީޑިއާ އިން ބުނެ އެވެ.

"ތިއީ އުނދަގޫ ވަޒީފާއެއް. ހިތްވަރާއެކު ކުރިޔަށް ދާންވީ،" މެޗަށް ފަހު މާޔޫސް ވެފައި ހުރި ކޫމަން ގާތުގައި އަންޗެލޮޓީ ބުނި ކަމަށް ސްޕެއިންގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވެ އެވެ.

މި ސީޒަނުގައި ބާސެލޯނާ ދައްކާ ކުޅުމާއި ނެރެމުންދާ ނަތީޖާތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މީގެ ސަބަބުން އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައި ވަނީ ވެސް ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކޫމަން އަށެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމްގައި 86،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރެއާލުން އެލް ކްލެސިކޯ ކާމިޔާބުކުރީ 2-1 އިންނެވެ. ޑޭވިޑް އަލަބާ އާއި ލޫކަސް ވަޒްކްއޭޒް ރެއާލުގެ ލަނޑުތައް ކާމިޔާބު ކޮށްދިންއިރު، ބާސާގެ ހަމައެކަނި ލަނޑު ޖެހީ ސާޖިއޯ އަގުއެރޯ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަންޗެލޮޓީ ވަނީ މެޗުން މޮޅުވި ނަމަވެސް ބާސެލޯނާގެ ކުޅުމަށް ތައުރީފު ކޮށްފަ އެވެ.

"އެލް ކްލެސިކޯ ކާމިޔާބު ވުމުން ވަރަށް އުފާ ވެއްޖެ. މިއީ އެންމެ މުހިންމު މެޗު. އެ މީހުން [ބާސެލޯނާ] ވެސް ވަރަށް ރަނގަޅަށް ކުޅުނު،" އަންޗެލޮޓީ ބުންޏެވެ.

"މި ނިމުނީ ފަސޭހަ މެޗެއް ނޫން. މޮޅުވީމަ ވަރަށް ހިތްހަމަ ޖެހިއްޖެ."