23 އޮކްޓޯބަރ 2020
ކޮލަމްބޯ (އޮކްޓޯބަރު 23) - އިސް އޮފިޝަލުން އައްޔަންކުރުމާއި ވަކި ކުރުމާއި ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރު ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ލިބިދެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 23) - އިސް އޮފިޝަލުން އައްޔަންކުރުމާއި ވަކި ކުރުމާއި ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރު ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ލިބިދެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.
ދެ ދުވަހުގެ ބަހުސަށް ފަހު ގާނޫނު އަސާސީގެ 20 ވަނަ އިސްލާހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރައީސް ގޯޓާބޭ ހުދުމުޚްތާރު މީހަކަށް ބަދަލުވަނީ ކަމަށެވެ.
ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުން ކާމިޔާބު ހޯއްދެވުމަށް ފަހު ގޯޓާބޭ ވަނީ ބޭބެފުޅު މަހިންދާ ރާޖަޕަކްސާ އަށް ބޮޑުވަޒީރުކަން ދެއްވައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ޑިފެންސް މިނިސްޓްރީގެ އެންމެ އިސް އޮފިޝަލަކީ ގޯޓާބޭ އެވެ.
ވެރިކަންކުރާ އެސްއެލްޕީޕީގެ އެއް މެންބަރަކު ވަނީ ޕާޓީ ލައިނާ ޚިލާފަށް ވޯޓުދީފަ އެވެ. އަނެއްކޮޅުން އިދިކޮޅު އަށް މެންބަރަކު ވަނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ވޯޓުދީފަ އެވެ. ލަންކާގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި ވޯޓުންނެވެ.
ލަންކާގެ ގާނޫނު އަސާސީ އަށް މިހާރު ގެނައި ބަދަލުން ބޮޑުވަޒީރު ވެސް ހިމެނޭ ގޮތަށް ކޮންމެ މިނިސްޓަރަކު ވެސް ބޭނުން ވަގުތަކު ރައީސަށް ވަކިކުރެވޭނެ އެވެ. އަދި ޕާލަމެންޓުގެ ފަސް އަހަރުގެ ދައުރުން 2.5 އަހަރު ފާއިތުވެއްޖެ ނަމަ ބޭނުން ވަގުތަކު ގާނޫނު ހަދާ މަޖިލިސް އުވާލެވޭނެ އެވެ. އަދި މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ވެސް ގޯޓާބޭ އަށް ވަނީ ދީފަ އެވެ.
ގާނޫނު އަސާސީ އަށް 2015 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން ރައީސް އަށް ޕާލަމެންޓް އުވާލެވޭނީ 4.5 އަހަރަށް ފަހު އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރަން ފާސްކޮށްފައި ވަނީ 165 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓުދީފައި ވަނީ 65 މެންބަރުންނެވެ.
ލަންކާގެ ރައީސަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ
އުވާލި ޕާލަމެންޓެއް އަލުން ނުބޭއްވޭނެ: ލަންކާގެ ރައީސް
ލަންކާ ޕާލަމެންޓް އުވާލަން މަޝްވަރާކޮށްފި
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ލަންކާގެ ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންފި
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ