20 އޮކްޓޯބަރ 2020
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމުން، ދައުވާނުކުރަން ނިންމާފައި ވަނީ އެކަމުގައި ހިމެނޭ ބައެއް ފޮރުވުމަށް ކަމަށާއި ޕީޖީ އޮފީހުން ދައްކަނީ ހުސް ބަހަނާ ކަމަށް ބުނެ އިދިކޮޅުން ޕީޖީގެ ނިންމުމަށް މިއަދު ފާޑުކިޔައިިފި އެވެ.
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމުން، ދައުވާނުކުރަން ނިންމާފައި ވަނީ އެކަމުގައި ހިމެނޭ ބައެއް ފޮރުވުމަށް ކަމަށާއި ޕީޖީ އޮފީހުން ދައްކަނީ ހުސް ބަހަނާ ކަމަށް ބުނެ އިދިކޮޅުން ޕީޖީގެ ނިންމުމަށް މިއަދު ފާޑުކިޔައިިފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވެންޓިލޭޓަރާ ގުޅޭ ކަންތައްތަކުގައި ގިނަ ބައެއް ޝާމިލްވުން އޮތް ކަމަށާއި އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީހުން ވެސް މައްސަލަ ބަލައި ދައުވާއަށް ހުށަހެޅުމުން ވެސް މައްސަލަ އޮއްބައިލަން މަސައްކަތް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅު ކަމަށް ބުނެ ކެމްޕޭން ކުރުމަށް ފަހު، މި ސަރުކާރަށް އެފަދަ ބޮޑު ކޮރަޕްޝަނަކަށް ފިޔަވަޅު ނޭޅުނު ކަމަށާއި އޭގެ ބަދަލުގައި ކުރަނީ އެކަމުގައި ޝާމިލްވާ މީހުން ފޮރުވުމުގެ މަސައްކަތް ކަމަށެވެ.
"ވެންޓިލޭޓަރު މައްސަލައިގައި އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ ސަރުކާރުގެ ވަކި ސިޔާސަތެއް އެބަ ގެންގުޅޭ ކަން މިކަމުގައި ޝާމިލްވާ ބައެއް މީހުން ހިމާޔަތް ކޮށްދިނުމާއި އަދި ހާއްސަ ގޮތެއްގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެހެން ފަރާތްތަކާ މެދުގައި ނޭއްގާނީ ގޮތްތަކެއް ގެންގުޅުން ވެސް" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިކަމުގައި ދެ ވަޒީރުންގެ ބައިވެރިވުން ހިމެނެ އެވެ. އެގޮތުން ފައިސާ ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެންގެވުމަކަށް ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ތަހުގީގުތަކުގައި ހަމައެކަނި ހެލްތު މިނިސްޓަރު އަމީންގެ ނަން ހިމަނާފައިވާއިރު މިއިން އެއްވެސް ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްޗެއް ވިދާޅުނުވުމަކީ ކޮރަޕްޝަން ނުހުއްޓުވޭ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަމީންގެ މައްޗަށް ދައުވާނުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅު ބޭފުޅެއްގެ މައްސަލައެއް ނަމަ ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ މައްސަލަތަކުގައި ޕީޖީން ދައްކަނީ ބަހަނާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއްގައި ސަރުކާރުގެ އިސް ބޭފުޅުން އަދި ވަކިން ހާއްސަކޮށް ވަޒީރުން ހިމެނޭ އިރު ގިނަ ދުވަސްތަކެއް ވާއިރު އަދިވެސް އެއްވެސް ބޭފުޅަކަށް ފިޔަވަޅު ނޭޅި އެންމެން ވެސް ވަޒީފާގައި ތިބުމުން މި ސަރުކާރު ކޮރަޕްޝަން ހުއްޓުވުމުގައި ވަނީ ފެއިލް ވެފަ އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ޖުމްލަ 12 ތުހުމަތެއް ކޮށްފައިވާއިރު ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ މިނިސްޓަރު އަމީނާއި ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ވެންޓިލޭޓަރުތަކުގެ މައްސަލަ: އޭސީސީގެ ނިންމުން ފޮނުވަނީ
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރު މައްސަލަ އޭސީސީން މަޝްވަރާއަށް ޕީޖީއަށް
އޯޑިއޯތަކުގެ ޝަކުވާ އިދިކޮޅުން ޕީޖީއަށް ހުށަހަޅައިފި
ވެންޓިލޭޓަރުގެ މައްސަލަ އަލުން ބަލަން ޕީޖީން ނިންމައިފި
ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނޭ: ނަޝީދު
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި