ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލު ހުކުމެއް ކުރިއިރު، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް ލީކުވި މައްސަލަ ބައްލަވައި ދެއްވުން އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ މިއަދު ބައްދަލުކޮށްފި އެވެ.
16 ސެޕްޓެމްބަރ 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލު ހުކުމެއް ކުރިއިރު، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް ލީކުވި މައްސަލަ ބައްލަވައި ދެއްވުން އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ މިއަދު ބައްދަލުކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޝަމީމްއާ ބައްދަލުކުރުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޝަމީމްއާ ބައްދަލުކުރެއްވީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެެވެ. ލީކުވީ އޯޑިއޯތަކުގައި ހުރީ ފަނޑިޔާރުންގެ އަޑުކަން އިދިކޮޅަށް ގާތްގަނޑަކަށް ޔަގީންވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޕީޖީއާ ބައްދަލުކުރެެއްވީ އަދުރޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
އިދިކޮޅުން ޕީީޖީ ޝަމީމްއާ މިއަދު ބައްދަލުކުރުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
"އެހެން ނަމަވެސް ޔަގީން ކުރެވޭނީ އޭގެ ރަނގަޅު ތަހުގީގެއް ހިންގުމުން ކަމަށް ވާތީ [އަޅުގަނޑުމެން ޕްރޮސެކިއުޓާ ޖެނެރަލްއާ މި ބައްދަލުކުރީ]. އަދި މިހައިތަށް އައި އިރު އޭގެ ރަނގަޅު ތަހުގީގެއް ހިންގިފައި އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އޯޑިއޯތަކުގައިވާ އަޑުތަކަކީ ފަނޑިޔާރުންގެ އަޑުކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށް ޓަކައި ކުރަން ޖެހޭ ތަހުގީގު، އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް އަޑުއިވިފައި ވިޔަސް، އެއީ ކިހާވަރެއްގެ ގާބިލުކަން ހުރި ބައެއް ކަން ނޭނގެ އެވެ.
"އެހެންވެ އަޅުގަނޑުމެން ޕީޖީ އަރިހުގައި މި ދެންނެވީ އަޅުގަނޑުމެން ބޭނުމޭ އިތުބާރު ހުރި ގޮތެއްގައި މިކަން ތަހުގީގު ކުރެވެން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ފޮރެންސިކް ތަހުގީގެއް މި ކަމުގައި ކުރެވޭނެ ގޮތެއް ވާށޭ،" އަދުރޭ ވިދާޅުވި އެވެ.
އޯޑިއޯތަކުގެ ފޮރެންސިކް ތަހުގީގު ކުރަން އެދެނީ ބައިނަލްއަގްވާމީ ރަނގަޅު ފަރާތެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޯޑިއޯތަކުގެ ތަހުގީގު އެހާ މުހިއްމު ވަނީ އަދުރޭ ވިދާޅުވި ގޮތުގައި ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާތީ އެވެ. އެ މައްސަލަ ތަހުގީގު ނުކުރެވި އޮވެ، ސުޕްރީމް ކޯޓުން މައްސަލަ ނިމިއްޖެ ނަމަ ކޮންމެވެސް އެއްކޮޅަކަށް އިންސާފު ނުލިބިދާނެ ކަމަށް އިިދކޮޅުން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިސާލަކަށް، ތަހުގީގުކޮށް ނިމޭ އިރު، މިއީ ތިން ފަނޑިޔާރުންގެ އަޑުކަން ޔަގީން ވެއްޖެއްޔާ، ދަށު ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ހުކުމަކީ އެއީ ބާތިލު ހުކުމަކަށް ވެގެން ދާނެ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޯޑިއޯތަކުގެ ފޮރެންސިކް ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބައްލަވައިދެއްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި ކަމަށެވެ. އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބައްލަވައި އެ ކަމުގެ މައުލޫމާތު ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަދުރޭ ވިދާޅުވި ގޮތުގަައި ޝަމީމް ދެއްވި އެވެ.
ބައްދަލުވުމަށް ފަހު، އަދުރޭގެ ތައުރީފު ޝަމީމަށް
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ޕީޖީ ޝަމީމް އިސްތިއުފާ ދޭންޖެހޭ: އިދިކޮޅު
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
ބޭނުންވީ ސަރުކާރަށް ތާއީދު ނެތްކަން ދެއްކުން: އަދުރޭ
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
އަލީ ވަހީދުގެ ހެކިބަސް ނަގަން ޖެހޭ: އިދިކޮޅު