29 މާޗް 2021
ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން އެ އޮފީހުން މިއަދު ނިންމައިފި އެވެ.
ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން އެ އޮފީހުން މިއަދު ނިންމައިފި އެވެ.
ޕީޖީ އޮފީހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނިންމުން މުރާޖައާ ކުރަން އަނެއްކާ ވެސް ނިންމީ، އޭސީސީގެ އިތުރުން އެއީ ރައްޔިތުންގެ ކަންބޮޑުވުން ވެސް އިންތިހާ އަށް އޮތް މައްސަލައަކަށް ވާތީ ކަމަށެވެ.
މިއީ، ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުން އެ އޮފީހުން އަމިއްލަ އަށް މުރާޖައާ ކުރާ ދެވަނަ ފަހަރެވެ. އެގޮތަށް މިއަދު ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެތައް ބައެއްގެ ފާޑުކިޔުން ޕީޖީ ހުސައިން ޝަމީމަށް އަމާޒުވެފައި ވަނިކޮށެވެ. އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމާފައިވާއިރު، ނަޝީދު އިސްވެ ހުންނަވައި ޝަމީމްގެ އިސްތިއުފާ އަށް އެމްޑީޕީގެ ތެރެއިން ވެސް ދަނީ ގޮވަމުންނެވެ.
އެ ހުރިހާ ފާޑުކިޔުންތަކާއި ފިއްތުންތައް އިންތިހާ އަށް ބޮޑުވެފައި ވަނިކޮށް، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ދުބާއީގެ އެގްޒެކެޓިއުސްއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވި، އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަ މި ފަހަރު މުރާޖައާ ކުރާއިރު، ފުލުހުންނާ ގުޅިގެން ހޯދާފައިވާ ހެކިތައް ވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީ އަށް އިރުޝާދު ދިނުމަށް ގަސްދުކުރާ ކަމަށެވެ.
މި މައްސަލާގައި މި އޮފީހުން ނިންމާފައި ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަހުގީގު ކުރުމަށާއި ފުލުހުންގެ އެހީތެރިކަން އޭސީސީ އަށް ދިނުމަށް ފުލުހުންގެ މުއައްސަސާ އަށް އެންގުމަށް ވެސް މި އޮފީހުން ވާނީ ނިންމާފަ އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި، ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގައި އެ އޮފީހުން ބަލަން ޖެހެނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ އެ މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯ އެވެ. ދެވަނަ ކަމަކީ އާންމު މަސްލަހަތު އޮތް ވަރެވެ.
އެ ނުކުތާތަކަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ބުނީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާންމުންގެ މަސްލަހަތު އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިކަމާ މެދު އޮތީ ސުވާލު އުފެދިފައި ކަމަށް ބުނެ، އަބަދުވެސް ދައްކާ ވާހަކަ މިއަދުގެ ބަޔާނުގައި ވެސް ޕީޖީ އޮފީހުން ވަނީ ތަކުރާރު ކޮށްފަ އެވެ.
"މިހާރު އަމަލު ކުރަމުންދާ ގާނޫނީ ނިޒާމުގައި، ދައުވާ ކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް، ހެއްކާއެކު ސާބިތު ކޮށްދޭން ޖެހޭނެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާވަނީ، މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
"އެއީ ޝަރުއީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯ އެވެ. މި މައްސަލާގައި މި އޮފީހުން ނިންމާފައި ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަހުގީގު ކުރުމަށާއި ފުލުހުންގެ އެހީތެރިކަން އޭސީސީ އަށް ދިނުމަށް ފުލުހުންގެ މުއައްސަސާ އަށް އެންގުމަށް ވެސް މި އޮފީހުން ވާނީ ނިންމާފަ އެވެ."
ދިވެހި ސަރުކާރުން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.
މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ވެންޓިލޭޓަރުތަކުގެ މައްސަލަ: އޭސީސީގެ ނިންމުން ފޮނުވަނީ
ވެންޓިލޭޓަރު ކޭސްގައި ޕީޖީން ދައްކަނީ ބަހަނާ: އިދިކޮޅު
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ދައުވާކުރެވޭނެ: ޕީޖީ
ވެންޓިލޭޓަރު މައްސަލަ އޭސީސީން މަޝްވަރާއަށް ޕީޖީއަށް
އުންސުރު ހަމަނުވަނީ ޕީޖީގެ ނޫންކަމެއްވެސް ނޭނގޭ:އަފީފް
ސަރުކާރުން ނަޝީދަށް ރައްދު ދީފި