21 އޮކްޓޯބަރ 2020
މިދިޔަ ހަފުތާގައި ދައްކައިލި އައިފޯން 12 ބޭނުންކުރާ ފަށާއިރު، ދެ ސިމް އެއްފަހަރާ ބޭނުންކުރާ ޑުއެލް ސިމް މޯޑުގައި 5ޖީ ނުލިބޭނެ ކަމަށް ބުނެފި އެވެ.
މިދިޔަ ހަފުތާގައި ދައްކައިލި އައިފޯން 12 ބޭނުންކުރާ ފަށާއިރު، ދެ ސިމް އެއްފަހަރާ ބޭނުންކުރާ ޑުއެލް ސިމް މޯޑުގައި 5ޖީ ނުލިބޭނެ ކަމަށް ބުނެފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޑުއަލް ސިމް މޯޑްގައި 5ޖީ ސަޕޯޓްނުކޮށް، ލިބޭނީ 4ޖީ އެލްޓީއީ އެވެ. އެކަމަކު އީ-ސިމް ނުވަތަ ނެނޯ ސިމްގެ ތެރެއިން ކޮންމެވެސް އެއް ސިމެއްގައި 5ޖީ ސަޕޯޓްކުރާނެ އެވެ.
އައިފޯން 12 އާންމުކޮށް ވިއްކަން ފަށައި ކަސްޓަމަރުން ބޭނުންކުރަން ފަށާ އިރު، މި ތަކުލީފު މި ވަގުތަށް އުފުލަން ޖެހުނަސް މި އަހަރު ނިމުމުގެ ކުރިން ދެ ސިމްގައި 5ޖީ ލިބޭނެ ގޮތް ހެދުމަށް އެޕަލްއިން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެޕަލް އިން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
The iPhone 12 won’t support 5G in dual SIM mode at launch https://t.co/K8gdQlL5Fy via @Verge
— Adhushan (@Adhushan1) October 20, 2020
މި މަހުގެ 13 ގައި އެޕަލް 12 ދައްކައިލި އިރު އޭގެ ހަތަރު މޮޑެލްއެއް ނެރޭނެކަން އިއުލާންކޮށްފައިވެ އެވެ. އެއީ 5ޖީ ސަޕޯޓްކުރާ އައިފޯން 12 އާއި އައިފޯން 12 މިނީ އާއި އައިފޯން 12 ޕްރޯ އަދި އަދި އައިފޯން 12 ޕްރޯ މެކްސް އެވެ.
އެޕަލް އިން އައިފޯން ޕްރޯގެ 128 ޖީބީ ވިއްކަން ނިންމާފައި ވަނީ 999 ޑޮލަރަށެވެ. ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،099 ޑޮލަރެވެ. އައިފޯން 12، 799 ޑޮލަރަށް ވިއްކަން ނިންމާފައިވާ އިރު މިނީ ވިއްކާނީ 699 ޑޮލަރަށެވެ. ޕްރީއޯޑަރަށް މި މަހުގެ 16 ގައި ހުޅުވާލާފައިވާ އިރު ޝިޕްކޮށްދޭން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. ޕްރޯ މެކްސް އާއި މިނީ ޝިޕްކުރަން ފަށާނީ ނޮވެމްބަރު 13 އިން ފެށިގެންނެވެ.
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އައިފޯން 13 ލިބުން ދަތިވެދާނެ
ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ޓެކްނޮލޮޖީއެއް އައިފޯނަށް
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ދައްކާލާ އިވެންޓް މި މަހު 14 ގައި
އައިފޯން 13: ނެޓްވޯކް ނެތަސް ސެޓެލައިޓުން ގުޅޭނެ؟
އައިފޯން 13 ކުރީގެ ފޯނުތަކަށް ވުރެ މާ އަގު ބޮޑުވެދާނެ