01 ސެޕްޓެމްބަރ 2021
އެޕަލް އިން މި މަހު ފަހުކޮޅު ނެރޭނެ ކަމަށް ބުނާ އައިފޯން 13 ގައި ލޯ-އާތު-އޯބިޓް (ލިއޯ) މޯޑް ފީޗާ ނުވަތަ ސެޓެލައިޓް ކަނެކްޓިވިޓީ ހިމަނާފައިވާނެ ކަމަށް ލަފާކޮށްފި އެވެ.
އެޕަލް އިން މި މަހު ފަހުކޮޅު ނެރޭނެ ކަމަށް ބުނާ އައިފޯން 13 ގައި ލޯ-އާތު-އޯބިޓް (ލިއޯ) މޯޑް ފީޗާ ނުވަތަ ސެޓެލައިޓް ކަނެކްޓިވިޓީ ހިމަނާފައިވާނެ ކަމަށް ލަފާކޮށްފި އެވެ.
މި ވާހަކަ ދެއްކީ ޓެކް ކުންފުނީގެ އުފެއްދުންތައް ރިސާޗްކުރާ މިން-ޗީ ކުއޯ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ފީޗާ އަކީ މީގެ ކުރިން ވެސް އައިފޯނުތަކަށް ގެނައުމާ ގުޅޭ ގޮތުން އެޕަލް އިން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި އޮތް ފީޗާއެކެވެ. އެހެންވެ މިހާރު އައިފޯންގެ ކުރިއަށް އޮތް ސީރީޒްއާ އެކު ލިއޯ މޯޑް ފީޗާ ހަގީގަތަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުންޏެވެ.
According to analyst Ming-Chi Kuo, the upcoming iPhone 13 series will feature low earth orbit (LEO) satellite communication connectivity, which will allow users to make calls and send messages when cell signal is not available pic.twitter.com/Pm8cxbrHPW
— Apple Hub (@theapplehub) August 30, 2021
މި ފީޗާގެ ސަބަބުން ސެލް ކަނެކްޓިވިޓީއަކާ ނުލައި ނުވަތަ އިންޓަނެޓް ސިގްނަލްތައް ކަމަށްވާ ވައިފައި، 4ޖީ އަދި 5ޖީ އާ ފަދަ ނެޓްވޯކަކާ ނުލައި ކޯލްކޮށް ޓެކްޓްސް މެސެޖް ވެސް ފޮނުވޭނެ އެވެ.
ކުއޯ ބުނެފައިވާ ގޮތުގައި އައިފޯން 13 އާ އެކު މި ފީޗާ ތައާރަފުކުރުމަށް ފަހު އެޕަލްގެ ކުރިއަށް ހުރި އިތުރު އުފެއްދުންތަކުގައި ވެސް ލިއޯ މޯޑް ބޭނުންކުރާނެ އެވެ. އޭގެ ތެރޭގައި އެޕަލްގެ ވީއާރް ހެޑްސެޓާއި އެޕަލް ކާރާއި އިންޓަނެޓާ ގުޅުން ހުރި އިތުރު ޑިވައިސްތައް ހިމެނެ އެވެ.
The new iPhone will utilize a custom version of the Qualcomm X60 baseband modem chip with support for communications over satellite
— Apple Hub (@theapplehub) August 30, 2021
ކުއޯ ބުނެފައިވާ ގޮތުގައި އައިފޯން 13 ގައި އެޕަލް އިން ބޭނުންކޮށްފައިވާނީ ކުއަލްކޮމް އެކްސް60 ބޭސްބޭންޑް މޮޑަން ޗިޕްގެ ކަސްޓަމައިޒް ވާޝަނެކެވެ. ލިއޯ މޯޑް ފީޗާއާ ބާރުދެނީ ވެސް މި ސަބަބާ ހުރެ އެވެ. އެހެންވެ މިއީ ސެޓެލައިޓް މެދުވެރިއަކަށްވެ، އައިފޯނުގެ މުއާމަލާތްތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ ކަމެކެވެ.
އެޕަލް އަކީ އަބަދު ވެސް ކުންފުނީގެ އުފެއްދުންތައް ލޯންޗްކުރުމުގެ ކުރިން އެއްވެސް ވާހަކައެއް ދައްކާ ކުންފުންޏަކަށް ނުވާތީ އައިފޯން 13 އާ ބެހޭ ގޮތުން މި ދެކެވޭ ވާހަކަތަކުގައި އޮތީ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ. އެކަމަކު ކުއޯ ކަހަލަ ރިސާޗަރުންގެ ވާހަކަތައް ވަރަށް ގިނަ ފަހަރަށް ދިމާވެ އެވެ.
އައިފޯން 13 ލޯންޗްކުރާނެ ކަމަށް ބެލެވެނީ މި މަހުގެ 24 ގަ އެވެ.
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އައިފޯން 13 ލިބުން ދަތިވެދާނެ
ޔޫއެސްބީ-ސީ ޕޯޓް ހިމެނަން ބުނާތީ އެޕަލް ނުރުހިއްޖެ
ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ ހަލާކުވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟