30 އޮކްޓޯބަރ 2016
ވޮޝިންޓަން (އޮކްޓޯބަރު 30) - އެމެރިކާގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާއާ ބެހޭ ގޮތުން ސިޔާސީ ދާއިރާގެ އެކި ފަރާތްތަކުން ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެއީ އެމެރިކާގެ ވެރިކަމަށް ވަރަށް ގާބިލް ބޭކަނބަލެއް ކަމަށް ދަނީ ބުނަމުންނެވެ. އެހެންވެ ކޮންމެވެސް ދުވަހަކުން އެމެރިކާގެ ވެރިކަން މިޝޭލް ކުރައްވަފާނެ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.
ވޮޝިންޓަން (އޮކްޓޯބަރު 30) - އެމެރިކާގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާއާ ބެހޭ ގޮތުން ސިޔާސީ ދާއިރާގެ އެކި ފަރާތްތަކުން ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެއީ އެމެރިކާގެ ވެރިކަމަށް ވަރަށް ގާބިލް ބޭކަނބަލެއް ކަމަށް ދަނީ ބުނަމުންނެވެ. އެހެންވެ ކޮންމެވެސް ދުވަހަކުން އެމެރިކާގެ ވެރިކަން މިޝޭލް ކުރައްވަފާނެ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.
ނަމަވެސް ރައީސް ބަރަކް އޮބާމާ ވަނީ މި ސުވާލުގެ ޖަވާބު ދެއްވާ، އަނބިކަނބަލުންގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުން ވައުދެއް ވެވަޑައިގެންފަ އެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ ކެމްޕޭނުގައި މިޝޭލް ވަރަށް އަވަދި ނެތި އުޅުއްވި ނަމަވެސް، ރޭޑިއޯ ޝޯއެއްގައި އޮބާމާ ވިދާޅުވެފައި ވަނީ އެކަމަނާ ދުވަހަކު ވެސް އަމިއްލަ އަށް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި އެއީ އެކަމަނާ ޝައުގުވެރިކަން ހުންނެވި ދާއިރާއެއް ނޫން ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
ހިލަރީ އާއި މިޝޭލް ކެމްޕޭން އިވެންޓެއްގައި. --ފޮޓޯ:އޭއެފްޕީ
އެކަމަކު ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް ފަރާތްތަކުން ކުރިން ވަނީ މިޝޭލްގެ ވާހަކަ ދެއްކުމުގެ މޮޅު ހުނަރާއި އެކަމަނާގެ މަޝްހޫރު ކަމަށް ބަލާ އެއީ ވަރަށް ގާބިލް ރިޔާސީ ކެންޑިޑޭޓަކަށްވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސިޔާސީ ދާއިރާ އަށް މިޝޭލްގެ ޝައުގެއް ނެތެވެ. ފިރިކަލުން އޮބާމާ ވެސް ސިޔާސީ ދާއިރާ އަށް ވެންނެވުމަށް އެކަމަނާ ބޭނުންފުޅު ނުވި ކަމަށްވެ އެވެ.
އޮބާމާ ވިދާޅުވީ މިޝޭލްގެ ކުރިމަގު ބިނާވެފައި އޮތީ އެކަމަނާ ފަސްޓް ލޭޑީގެ ގޮތުގައި ކުރެއްވި މަސައްކަތްތައް ދެމެހެއްޓުމަށް ކަމަށެވެ. އޭގެ ތެރޭގައި އަންހެން ކުދިންނަށް ތައުލީމް ފުޅާކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިޝެލް އޮބާމާ އަށް ގްރެމީ ނޮމިނޭޝަނެއް
އޮބާމާގެ ކަރުނައިގެ ތައުރީފް މިޝެލް އަށް
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
އޮބާމާ އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ބޮޑު
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން
ޓްރަމްޕާމެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި: އޮބާމާ
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
ޓްރަމްޕަށް އޮބާމާ މަރުހަބާ ވިދާޅުވެ ވައިޓްހައުސް އަށް