26 ނޮވެމްބަރ 2019
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އަންނަ އަހަރު ބާއްވާ 62 ވަނަ ގްރެމީ އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އަންނަ އަހަރު ބާއްވާ 62 ވަނަ ގްރެމީ އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ އެވެ.
މިޝެލް ނޮމިނޭޓްވީ މިދިޔަ އަހަރު ނެރުއްވި އަމިއްލަ ބައޮގްރަފީ "ބިކަމިން" ގެ އޯޑިއޯ ބުކްގެ ކާމިޔާބީންނެވެ.
އެ ދާއިރާ އިން މިޝެލްއާ އެކު ދެން ގްރެމީ އަށް ނޮމިނޭޓްވީ "މިސްޓަ ނޯ-އިޓް އޯލް" އިން ޖޯން ވޯޓާޒް އާއި "އައިވީ ކެޓަޓޯނިއާ: 2020 އިޔާޒް އޭސް އަ ޓޫ ޓައިމް ކެންސަ ސަވައިވާ" އިން އެރިކް އެލެގްޒެންޑްރަކިޒް އާއި ސެކޯ އެންޑްރޫޒް އެންޑް ދަ ސްޓްރިންގް ތިއަރީގެ އިތުރުން "ބީސްޓީ ބޯއިސް ބުކް" އިން މައިކަލް ޑައިމަންޑާއި އެޑަމް ހޮރޮވިޒެވެ.
From @MichelleObama to @Alexandrakis, here's everyone nominated for a GRAMMY in the Best Spoken Word Category. https://t.co/aEgBqqqyU9
— Recording Academy / GRAMMYs (@RecordingAcad) November 25, 2019
އެ ފަންނާނުންނާ ވާދަކޮށް މިޝެލް އަށް ގްރެމީ ހާސިލުކުރެވިއްޖެ ނަމަ ވާނީ އޭނާގެ ފުރަތަމަ ގްރެމީ އެވޯޑަށެވެ. އެކަމަކު އެއީ މިޝެލް ގެކޮޅަށް ވަންނަ ފުރަތަމަ ގްރެމީ އަކަށް ނުވާނެ އެވެ. މީގެ ކުރިން ފިރިކަލުން އޮބާމާ އަށް އޯޑިއޯ ބުކް ކެޓަގަރީން ދެ ގްރެމީ ލިބިވަޑައިގެންފައިވެ އެވެ.
އެއީ 2006 ގެ "ޑްރީމްސް އޮފް މައި ފާދާ" އާއި 2008 ގެ "ދި އޮޑަސިޓީ އޮފް ހޯޕް" އިންނެވެ.
މިޝެލް މިދިޔަ އަހަރުގެ ނޮވެމްބަރު ނެރުއްވި "ބިކަމިން" ގެ 10 މިލިއަނަށް ވުރެ ގިނަ ކޮޕީ މިހާތަނަށް ވިކިފައިވެ އެވެ.
އަންނަ އަހަރުގެ ގްރެމީ އެވޯޑް ހަފުލާ އޮންނާނީ ޖެނުއަރީ 26 ގަ އެވެ. މިއުޒިކް ދާއިރާ އން ދެވޭ އެންމެ ޝަރަފުވެރި އެވޯޑްގެ ހުރިހާ ނޮމިނޭޝަންތަކެއް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އޮބާމާގެ ކަރުނައިގެ ތައުރީފް މިޝެލް އަށް
އޮބާމާ އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ބޮޑު
އަނބިކަނބަލުންނާ ބެހޭ ގޮތުން އޮބާމާ ވައުދެއް ވެއްޖެ
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
އޮބާމާ އާއި ޓްރަމްޕްގެ މައްސަލަ ބެލި ގާޒީ ރާއްޖޭގައި
ކޮވިޑާ ހެދި ފަސްކުރި ގްރެމީ އެޕްރީލްގައި ބާއްވަނީ
ސްޕްރިންގްސްޓީންގެ މިއުޒިކް ސޮނީ އަށް ވިއްކާލައިފި
މަންޑޭލާގެ ޖަލު ގޮޅިއެއްގެ ތަޅުދަނޑި ނީލަމަކަށް
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު