Roadha Mihaaru
މީ މިކްސް: މުޅި ފޯނުގައި ސްކްރީން؟

ޝޯމީގެ މީ މިކްސް: މުޅި ފޯނުގައި ސްކްރީން؟

30 އޮކްޓޯބަރ 2016

މިއީ ޝޯމީ "މީ މިކްސް" އެވެ. ބަލާބެލުމަށް ހީވަނީ އެއްގޮތަކަށް ވެސް ސްކްރީންގައި ދާރަ ނެތް ފޯނެއްހެންނެވެ. ޝޯމީން "މީ މިކްސް" އިސްތިހާރުކުރަނީ ވެސް ސްކްރީންގައި ކައިރިފަށް ނެތް ފޯނެއްހެން ހީވާ ގޮތަށެވެ. އެކަމަކު އެއީ ދޮގެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ ޝޯމީ "މީ މިކްސް" އެވެ. ބަލާބެލުމަށް ހީވަނީ އެއްގޮތަކަށް ވެސް ސްކްރީންގައި ދާރަ ނެތް ފޯނެއްހެންނެވެ. ޝޯމީން "މީ މިކްސް" އިސްތިހާރުކުރަނީ ވެސް ސްކްރީންގައި ކައިރިފަށް ނެތް ފޯނެއްހެން ހީވާ ގޮތަށެވެ. އެކަމަކު އެއީ ދޮގެކެވެ.

ޝޯމީ "މީ މިކްސް" ގައި މޫނުމަތި ފުރެންދެން އިނީ ސްކްރީނެކޭ އަހަރެމެން ބުނަންވީ އެވެ. ޝޯމިން ބޭނުންވަނީ މީހުން ލައްވައި އެހެން ބުނުވާށެވެ. އެކަމަކު އެހެން ބުނެވޭނީ އެއީ ހަގީގަތެއް ނަމަ އެވެ. ހަގީގަތަކީ ދާރަ ކިތަންމެ ހަނި ނަމަވެސް ޝޯމީ "މީ މިކްސް" ގައި ރިތިކޮށް އަރިމަތި ފެންނަން ހުންނަ ކަމެވެ.

"މީ މިކްސް" މާކެޓްކުރުމަށްޓަކައި ޝޯމީން އުފައްދާފައި ހުރި ކުރެހުންތަކަށް އިތުބާރުކޮށް ފޯނު ގަނެފި ނަމަ ލިބޭނީ ލަނޑެވެ. ގަންނަ މީހާ ބޭނުންވާނީ ފޮޓޯއިން ފެންނަ ކަހަލަ، ސްކްރީން ވަށައި އަރިމަތި ނެތް ފޯނެކެވެ. އެކަމަކު އަސްލު ފޯނު މުޅިން ތަފާތެވެ.

"މީ މިކްސް" އަކީ ބާރުގަދަ ފޯނެކެވެ. ޒަމާނީ ކުޅެދުންތެރި ފޯނެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ހުރެ އެވެ. އެ އަށް ވުރެ މޮޅުކޮށްލުމަށްޓަކައި ޝޯމީން ބޭނުންވީ ދާރަ މުޅިން ދުއްވާލާށެވެ. އެހެން ނަމަވެސް ސްކްރީން ހިފެހެއްޓުމަށްޓަކައި ކައިރިފަށެއް ހުންނަން ޖެހެ އެވެ.

އެޕަލް އިން އަންނަ އަހަރު ފޯނެއް ނެރޭނެ އެވެ. އެއީ ފަހަރުގައި އައިފޯނު 8 އަށް ވެދާނެ އެވެ. ނުވެވެސް ހިނގައިދާނެ އެވެ. މައްސަލައެއް ނެތެވެ. އައިފޯނު 8 ކޮންމެވެސް ދުވަހަކުން ނެރޭނެ ކަމަށް ބަލަމާ ހިނގާށެވެ. އަޑުބަޑަށް ބަލާއިރު އައިފޯނު 8 ގައި ދާރައެއް ނުހުންނާނެ އެވެ. އައިފޯނު 8ގެ ސްކްރީންގައި ކައިރިފަށް ނުހުންނާނެ ކަމަށް ބުނެވެން ފެށުމުން އެއީ ސީރިއަސްވާން ޖެހޭ ކަމަކެވެ. އެ ވަރުގެ ކަމެއް އެޕަލް އަށް ކުރެވިދާނެ އެވެ.

"މީ މިކްސް" ގައި ކައިރިފަށް ނުހުންނަ ކަމަށް ޝޯމީން ދައްކުވަނީ އައިފޯނު 8 އަށް ވުރެ ކުރިން އެކަން ކުރި ކަމަށް ބުނަަން ކަމަށް ވެސް ވެދާނެ އެވެ. ގިނަ ފަހަރު ވެފައި އޮންނަނީ ޝޯމީ އަކީ އެޕަލް ކޮޕީކުރާ ކުންފުންޏަކަށެވެ. މި ފަހަރު އެކަން އެ ގޮތަށް ވިޔަނުދިނުމަށްޓަކައި ދާރަ ދުއްވާލީ އެވެ. އެކަމަކު ފާޑުކިޔާ މީހުން ބުނަނީ އެއީ ޝޯމީން ހެދި މަކަރެއް ކަމަށެވެ.

ޝާޕް ދާރަ ނެތް ޑިސްޕްލޭ ޓެކްނޮލޮޖީ: ސްކްރީން ޓެކްނޮލޮޖީ ދައްކާލަން ކޮށްފައި ހުރި ޑިޒައިނެއް

ޝާޕް ދާރަ ނެތް ޑިސްޕްލޭ ޓެކްނޮލޮޖީ: ސްކްރީން ޓެކްނޮލޮޖީ ދައްކާލަން ކޮށްފައި ހުރި ޑިޒައިނެއް

ސްކްރީންގެ ތިން ފަރާތުގައި ދާރަ ނުހުންނަހެން ހީވާ ގޮތަށް ޝާޕް ކުންފުނިން ވެސް ފޯނުތަކެއް އުފެއްދި އެވެ. ޝާޕް "އޭކްއަސް" މަރުކާގެ ފޯނުތަކުގައި ކައިރިފަށެއް ހުރި ހަމަވެސް، އައިބުވާހާ ހިމަ އެވެ. ދާދި މިދާކަށް ދުވަހު ވެސް ޝާޕުން ވަނީ ދާރަ ނެތް ޑިސްޕްލޭ ޑިޒައިނެއް ދައްކާލާފަ އެވެ.