Roadha Mihaaru
ޑިމާންޑް ބޮޑުވުމުން އައިފޯން 11 އިތުރަށް އުފައްދަނީ

ލަފާކުރި ވަރަށް ވުރެ ޑިމާންޑް ބޮޑުވުމުން އިތުރު 8 މިލިއަން އައިފޯން 11 ހަދަނީ

15 އޮކްޓޯބަރ 2019

އެޕަލް އިން އަންދާޒާކުރި ވަރަށް ވުރެ އައިފޯން 11ގެ ޑިމާންޑް އިތުރުވުމުން، މި މަރުކާގެ ފޯނުތަކުގެ ސަޕްލައި 10 ޕަސެންޓް އިތުރުކުރަން ސަޕްލަޔަރުންނަށް އަންގައިފި އެވެ.

އެޕަލް އިން އަންދާޒާކުރި ވަރަށް ވުރެ އައިފޯން 11ގެ ޑިމާންޑް އިތުރުވުމުން، މި މަރުކާގެ ފޯނުތަކުގެ ސަޕްލައި 10 ޕަސެންޓް އިތުރުކުރަން ސަޕްލަޔަރުންނަށް އަންގައިފި އެވެ.

ނިކޭއީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހު އެޕަލް އިން ލޯންޗްކުރި އައިފޯން 11ގެ ތިން މޮޑެލް އަށް ވެސް އެޕަލް އިން ލަފާކުރި ވަރަށް ވުރެ ޑިމާންޑް ބޮޑެވެ. މިދިޔަ އަހަރު އެޕަލް އިން ތައާރަފްކުރި އައިފޯން އެކްސްއާރަށް ލިބުނު ސަމާލުކަން ކުޑަވުމާއި މޯބައިލް ފޯނު މާކެޓް މަޑުޖެހިލާފައި އޮތުމުން އެޕަލް އިން މިފަހަރު ފޯނު އުފެއްދީ އެ ކަންކަމަށް ވިސްނައިގެންނެވެ.

އެޕަލް އިން މިފަހަރު އައިފޯން 11ގެ މޮޑެލްތަކުގެ އެންޓްރީ ލެވަލްގެ އަގުތައް ހުރީ ކުރިން ނެރުނު ފޯނުތަކާ އަޅާބަލާއިރު ދަށްކޮށެވެ. އެޕަލް އިން މީގެ ކުރިން އާ ފޯނެއް ފޯނެއް ތައާރަފްކުރާއިރު ކުރީގެ މޮޑެލްއެއްގެ ފޯނަކަށް ބަދަލު ގެނެސް އޭގެ އަގު ވެސް ބޮޑުކުރެ އެވެ. އެކަމަކު މިފަހަރު ކަންތައް ކުރީ އޭގެ އިދިކޮޅަށެވެ.

އެޕަލްގެ އައިފޯން 11 ދައްކާލަނީ

އެޕަލްގެ އައިފޯން 11 ދައްކާލަނީ

ސަޕްލަޔަރުންނާ ހަވާލާދީ ނިކޭއީ އިން ބުނީ މި ވަގުތަށް އައިފޯންގެ ޑިމާންޑް ބޮޑު ކަމަށާއި އެކަމަކު މިއީ ގިނަ ދުވަހަށް ދެމިގެންދާނެ ޑިމާންޑެއް ކަމަށް ބަލައި ސަޕްލައި މާބޮޑަށް އިތުރުކުރުމަކީ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުރީ ދެ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ދުނިޔޭގެ މޯބަައިލް ފޯނު މާކެޓް ދަށަށް ދާނެ އެވެ. ނަމަވެސް 5ޖީ ތައާރަފްވުމާ އެކު ފޯނުގެ ވިޔަފާރި އަށް ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދު މިހާރު ވަނީ ބޮޑުވެފަ އެވެ.