Roadha Mihaaru
2020ގެ ކުރިން އައިފޯނުގެ ސިފަ ބަދަލެއް ނުވާނެ؟

2020ގެ ކުރިން އައިފޯނުގެ ސިފަޔަށް ބަދަލެއް ނާންނާނެ؟

27 ޑިސެމްބަރ 2018

އެޕަލް އިން މި އަހަރު ބާޒާރަށް ނެރުނު ފޯނުތަކުުގެ ފީޗާތަކަށް ބަދަލުތަކެއް ގެނެސް އާ ނަމެއްގައި އަންނަ އަހަރުވެސް ބާޒާރަށް ނެރޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. އެކަމަކު ފޯނުގެ ޑިޒައިނަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. އަދި މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނަނީ 2020ގެ ކުރިން އައިފޯނުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ނައުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.

އެޕަލްގެ އާ އުފެއްދުންތަކެއް ހުންނާނެ ގޮތް ކަމަށް ބުނެ، އެޕަލްގެ އެތެރޭގެ ވާހަކަތައް ލީކުކުރާ މީހަކު ބުނެފައިވަނީ 2020 ގެ ކުރިން އެޕަލްގެ އައިފޯން ޑިޒައިނަށް ބަދަލެއް ނުގެންނާނެ ކަމަށާއި އެކަމަކު 2020 ގައި ނެރޭ ފޯނުގެ ސްކްރީން، ސެމްސަންގުގެ އިިންފިނިޓީ ނުވަތަ ދާރަ ނެތް ޑިޒައިނާ އެއްގޮތަށް ހަދާނެ ކަމަށެވެ. އަދި އައިފޯނުުގެ ސްކްރީނުގެ މަތީގައި އިންނަ ހުސް ބައި ނުވަތަ ނޮޗް ވެސް ނީންނާނެ ކަމަށް މި ވާހަކަތަކުގައި ބުނެ އެވެ.

އެކަމަކު މިއީ އެޕަލް އިން ސެމްސަންގް ކޮޕީކުރުން ކަމަށް ބުނަން މިފަހަރު ޖާގައެއް ނޯންނާނެ އެވެ. ސަބަބަކީ ސެމްސަންގުން މިހާރު އެ ހަދާ ގޮތަށް ސްކްރީން ހަދަން ފެށުމުގެ މާކުރިން 2016 ވަނަ އަހަރު އެޕަލް އިން މި ފާޑުގެ ޑިޒައިނެއްގެ ޕޭޓަންޓް ރަޖިސްޓްރީކޮށްފައި ވުމެވެ.

މައުލޫމާތު އެނގޭ ކަމަށް ބުނާ އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ އަންނަ އަހަރުގެ ފޯނުތަކުގެ ނޮޗް އިންނާނެ ކަމަށާއި އެކަމަކު އޭގެ ފަހުން ނެރޭ ފޯނުތަކުގައި ނޮޗްގެ ބަދަލުގައި ސްކްރީނުގައި އިންނާނީ ލޮލަށް ނޭނގޭ ވަރުގެ ލޯވަޅެއް ކަމަށެވެ.

އާ އައިފޯނެއް ބާޒާރަށް އަންނަން އަދި ވަރަށް ގިނަ ދުވަސް އެބަ އޮތެވެ. އެހެންވެ އެއްބަޔަކު ބުނަނީ ޑިޒައިނަށް އަދި ބަދަލުތައް އައުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.