02 އޮކްޓޯބަރ 2020
އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯސް ހިންގުމުގެ ހުއްދަ ލިބުނު ރާއްޖޭގެ ފުރަތަމަ ދެ އިންސްޓްރަކްޓުންނަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) ވެއްޖެ އެވެ.
އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯސް ހިންގުމުގެ ހުއްދަ ލިބުނު ރާއްޖޭގެ ފުރަތަމަ ދެ އިންސްޓްރަކްޓުންނަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) ވެއްޖެ އެވެ.
އެފްއޭއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީ ކޯޗިން ކޮންވެންޝަންގެ ދަށުން އޭއެފްސީ ކޯޗިން ބީ ލައިސަންސް ކޯސް ހިންގުމުގެ ހުއްދަ އެފްއޭއެމަށް ލިބިފައިވާ ކަމަށެވެ. ޝާޒްލީ އަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗެވެ. ޑުންގާގެ އަތުގައި އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އޮވެ އެވެ.
"މިއީ ރާއްޖޭގެ ފަރާތަކަށް މި ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރުކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
ކުރީގެ ކުޅުންތެރިޔާ ޝާޒް އަކީ ކޯޗިންގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. ފުރަތަމަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ އަށް ކޯޗުކޮށްދީފައިވާ ޝާޒްލީ ވަނީ ދާދި ފަހުން ސާފް 19 އަހަރުންދަށުގެ މުބާރާތުގައި ރާއްޖެ އަށް ރިހި މެޑަލް ގެނެސްދީފަ އެވެ. މިއީ އުމުރުފުރާ މުބާރާތަކުން ސަރަހައްދުން ރާއްޖޭގެ ޒުވާން ޓީމަކަށް ލިބުނު ރަސްމީ ފުރަތަމަ މެޑަލް އެވެ. ޝާޒް ވަނީ އެފްއޭއެމްގެ ކޯޗިން ޑިޕާޓްމަންޓްގައި ކޯޗުން ތަމްރީނުކުރުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ ޓީސީއާ ހަވާލުވީ މިދިޔަ ސީޒަނުގެ ފަހުކޮޅުގަ އެވެ.
އައްޑޫގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އެންމެ ފުރަތަމަ ކޯޗިން ލައިސަންސް އެއް ހާސިލްކުރީ މީގެ 20 އަހަރުކުރިންނެވެ. އެއީ 2000 ވަނަ އަހަރު އައްޑޫގައި އޮތް "ސީ" ލައިސަންސް ކޯޗިން ކޯހެއް ފުރިހަމަކުރުމަށް ފަހު އެވެ. އައްޑޫގައި ފުޅާ ދާއިރާއެއްގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ހިންގި ޑުންގާ އަންނަނީ އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ގްރާސްރޫޓްގައި ޑިވެލޮޕްމަންޓްގެ އިސް ޒިންމާ އަދާކުރަމުން އަންނަނީ އޭނަ އެވެ.
އެފްއޭއެމްން ފަަހަކަށް އައިސް އަންނަނީ ގިނަ އަދަދަކަށް ކޯޗުން ތަމްރީނު ކުރުމުގެ ކޯސްތައް ބާއްވަމުންނެވެ. ރާއްޖޭގައި މި ވަގުތު ޝާޒްގެ އިތުރުން ޕްރޯ ލައިސަންސް އިތުރު ކޯޗެއް ވެސް ހިމެނެ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އެފްއޭއެމް ލީޑަޝިޕްގެ ވިސްނުމަކީ ޕްރޯ ލައިސަންސް ލެވަލަށް އިތުރު އެހެން ކޯޗުން ވެސް ގެންދިއުމެވެ.
އޭއެފްސީގެ އިންސްޓްރަކްޓެއްގެ ގޮތުގައި ރާއްޖޭގެ އެކި ކޯޗުން ވަނީ ބޭރުގެ އެކި ކޯސްތަކުގައި ކިޔަވައިދީފަ އެވެ. އެ ގޮތުން މޯހަން ވަނީ ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި ކޯޗިން ކޯސްތަކެއްގައި ކިޔަވައިދީފަ އެވެ.
އޭ ލައިސަންސް ކޯހުގެ ފެންވަރު ވަރަށް ރަނގަޅު: ސޮބާ
އަޑިއަޅާލަމުން ދިޔަ ފުޓްބޯޅަ ބަދަލުކޮށްލި ދެ ކޯޗުން
އެފްއޭއެމްގެ ހިޔާނަތް: ބައްސާމަށް އިތުރު ދައުވާތަކެއް
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި
އެފްއޭއެމުން އަތުން އަތުލި ބިމާގުޅޭ ޝަކުވާ ބަލަނީ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ފުޓްބޯޅަ ސްކޫލް ބިމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ލިބޭނެ
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން