01 އޮކްޓޯބަރ 2020
ކ. ގުރައިދޫގައި ހުންނަ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، އެ ތަނުގެ ވަސީލަތްތައް ފުޅާކުރަން ހުށަހަޅާފައިވާ ކަންކަން ވީހާ ވެސް އަވަހަކަށް ތަންފީޒުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ކ. ގުރައިދޫގައި ހުންނަ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، އެ ތަނުގެ ވަސީލަތްތައް ފުޅާކުރަން ހުށަހަޅާފައިވާ ކަންކަން ވީހާ ވެސް އަވަހަކަށް ތަންފީޒުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅައިލުމާއި އޯގާތެރިކަން ނުލިބުމާއި އެ މީހުންނާ މެދު އިހުމާލުވުމާއި މުޖުތަމައުގައި އެ މީހުންނަށް އިހުތިރާމާއި ރައްކާތެރިކަން ނުލިބުމުގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގައި ވަސީލަތުގެ ގޮތުން ގިނަ ދަތިތައް ހުރިކަމަށް ބުންޏެވެ.
އޭގެ ތެރޭގައި އެކަށީގެންވާ ވަރަށް މަސައްކަތްތެރިން ނެތުމުގެ ސަބަބުން އެމީހުންނަށް އެހީތެރިކަން ނުދެވުން ހިމެނެ އެވެ.
"އެ މަރުކަޒުގައި ބަލި މީހުންނަށް ހިދުމަތްދޭން ތިބި ކެއާ ވޯކަރުން މަދުވުމުގެ ސަބަބުން އެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. މިކަންކަން ވީ އެންމެ އަވަސް މުއްދަތެއްގައި ހައްލުކޮށްދިނުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވީ ނަމަވެސް މި ހުށަހެޅުންތައް ތަންފީޒުވެފައި ނުވާކަމީ ކޮމިޝަންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ،" ބަޔާނުގައި ބުންޏެވެ.
އެ ކޮމިޝަނުް ވަނީ އާއިލާ އާއި މުޖުތަމައުގެ ފަރާތުން ދުވަސްވީ މީހުންނަށް ދޭ ލޯތްބާއި އަޅާލުން އިތުރުކޮށް، އެ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން ކުރިއަށްވުރެ ބޮޑަށް މަސައްކަތްކުރަން އިލްތިމާސްކޮށްފަ އެވެ. ކޮވިޑް-19 ގެ ނުރައްކާ ވެސް އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ވުމުން، އެ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ކަމާގުޅުންހުރި އިދާރާތަކުގެ އިރުޝާދުތަކަށް އަމަލުކުރަން އެދިފައި ވެ އެވެ.
އެޗްއާރުސީއެމުން ވަނީ ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް، ގުރައިދޫގައި ހުންނަ މަރުކަޒަށް ސާފުބޯފެން ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ފެން ޕްލާންޓެއް ގާއިމްކޮށް، ފެން ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދީފަ އެވެ.
ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓް ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުން ކަމަށްވާއިރު، 2040 ވަނަ އަހަރު އެ އަދަދު، ރާއްޖޭގެ އާބާދީގެ 10 ޕަސެންޓަށް އަރާނެ ކަމަށް، 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުން ދައްކާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން 2019-2021 ވަނަ އަހަރާ ހަމައަށް ގައުމީ ސިޔާސަތެއް އެކުލަވާލައި އޭގެ ދަށުން އިނާޔަތްތައް ފޯރުކޮށްދިނުމާއި ސިއްހީ އަދި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތްތަކެއް ސަރުކާރުން އެކަށައަޅާފައިވާކަމަށް ބަޔާނުގައި ބުނެ އެވެ.
މުޖުތަމައުގެ އެކި ކަންކަމުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަންކުރުން މުހިއްމު ކަމަށް ވެސް، އެޗްއާރުސީއެމުން ބުންޏެވެ.
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ހުއްޓިފައި އޮތް އެޗްއާރްސީއެމް ހިނގައިގެންފި
"ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރޭ"
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
މުލީގައި ކަރަންޓު ނެތުމުން އެޗްއާރްސީއެމްގެ ކަންުބޮޑުވުން
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް
"ގުރައިދޫ މަރުކަޒުގެ މައްސަލަތައް ވާނީ ހައްލުކޮށްފައި"
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު