ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް މީހުންނާ ގުޅޭގޮތުން ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށް، މީޑިއާތަކުން މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދޭއިރު އެއްވެސް މީހެއްގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލު ކުރަން އިލްތިމާސްކޮށްފި އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް މީހުންނާ ގުޅޭގޮތުން ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށް، މީޑިއާތަކުން މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދޭއިރު އެއްވެސް މީހެއްގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލު ކުރަން އިލްތިމާސްކޮށްފި އެވެ.
"ކާލާބައިސާ" ގެ ނަމުގައި ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އެކަން ބަލަމުންދާ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކޮންޓެންޓުތަކާ މެދު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އޯޓިޒަމް މީހުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އެ ޕްރޮގްރާމުގައި ވާހަކަ ދެއްކި މައްސަލާގައި އެޗްއާރުސީއެމުން "އެކްސް" ގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑައިމީސްކޮށް އަދި އެއީ ދަށް ބައެއްގެ ގޮތަށް، މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
އެޗްއާރުސީއެމުން ފާހަގަކުރި ގޮތުގައި، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވެ އެވެ.
"ކޮންމެ މީހަކަށް ވެސް އަބުރުވެރިކަމާއި ކަރާމާތްތެރިކަމާ އެކު، ދިރިއުޅުމުގެ ހައްގު ލިބިދީފައިވެ އެވެ. އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސް ދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސް ކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
"އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮވާލަމެވެ،"
އެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީން ވެސް ރޭ ވަނީ މާފަށް އެދިފަ އެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި މައްސަލާގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
"ރިލްވާން މައްސަލާގައި އެޗްއާރުސީއެމް އިންސާފުވެރިއެއް ނޫން"
އޯޓިސްޓިކް ކުދިންނަށް ޖޯކުޖަހައި ފުރައްސާރަކުރި މައްސަލަ
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރްސީއެމްގެ ޓީމެއް ރިހިވެއްޔަށް!
ހުޅުމާލެ ފެސިލިޓީ އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް
ސްކޫލަށް ވެއްދުމުގެ އުސޫލަށް އެޗްއާރުސީއެމުން އިސްލާހު