19 މެއި 2022
އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތިބެނީ ބިރުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތިބެނީ ބިރުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އެ ދެ ޕާޓީން އެހެން ބުނީ، ލީޑަޝިޕްގެ ބައެއް ބޭފުޅުން އެޗްއާރްސީއެމަށް ވަޑައިގެން އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު މީޑީއާއާ ވާހަކަ ދައްކަވަމުންނެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރުގެ ބައްދަލުވުމަކަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ސަރުކާރުން ނެރެފައިވާ ގަރާރާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމާއި ފުލުހުން ދެމުން ގެންދާ އަނިޔާގެ މައްސަލަ އެޗްއާރުސީއެމާ ހިއްސާ ކުރެއްވި ކަމަށެވެ.
އެ ހުރިހާ ކަމެއް ހިންގާއިރު، އެ ކޮމިޝަންގެ މެމްބަރުން ހަނު ތިއްބަވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެ މެމްބަރުންނަށް ދެންނެވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ކޮމިޝަންގެ މެމްބަރުންނާ ވާހަކަ ދައްކާލުމުން ކުރިޔަށް ވުރެ ކަންބޮޑުވެއްޖެ. އިހުސާސްވީ އެޗްއާރްސީއެމްގެ މެމްބަރުން ވަރަށް ބޮޑަށް ބިރުގެންފައި ތިބިކަން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެޗްއާރްސީއެމްގެ މެމްބަރުންނަށް ސަރުކާރާ ދެކޮޅަށް އެއްޗެއް ވިދާޅުވާން ކެރިވަޑައެއް ނުގަންނަވަ އެވެ. މައްސަލައެއް ނެގިޔަސް ފުލުހުންގެ ފަރާތުން ރައްދު ދޭ ކަމަށް އެ ކޮމިޝަންގެ މެމްބަރުންނާ ހަވާލާދީ، ޝުޖާއު ވިދާޅުވި އެވެ.
"މި ކަހަލަ ކަންބޮޑުވުންތަކެއް ކޮމިޝަންގެ މެމްބަރުން އަޅުގަނޑުމެންނާ ހިއްސާ ކުރީމާ ދެން އެނގިއްޖެ އެއްވެސް ރައްޔިތަކަށް ސަލާމަތެއް ނެތް ކަން."
ކުރިމަގުގައި ވެސް އިދިކޮޅު ފަރާތްތަކުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި ނަމަ ބަލާނެ ކަމަށް ކޮމިޝަންގެ މެމްބަރުންނާ ހަވާލާދީ ޝުޖާއު ވިދާޅުވި އެވެ.
ނަމަވެސް އެޗްއާރުސީއެމަކީ މައްސަލަ ހުށަހަޅައިގެން ބަލަން ޖެހޭ ތަނެއް ނޫން ކަމަށާއި އިސް ނަގައިގެން ބޮޑެތި މައްސަލަތައް ތަހުގީގު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް ވެސް ނުބެލޭ ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވިގޮތުގައި، އެޗްއާރްސީއެމްގެ އިތުރުން މިނިވަން އެހެން މުއައްސަސާތައް ވެސް ހޭލަން ޖެހެ އެވެ. އެކަމަށްޓަކައި އެ މުއައްސަސާތަކަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޒާހަރާގެ ހައްގުގެ ބޭނުންކުރާ ގޮތް ބަދަލުވާންޖެހޭ"
މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިނަށް އުޅެން ގޮވާލައިފި
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް
ފާރިސްގެ މައްސަލާގައި ޔުމްނާ އެޗްއާރުސީއެމަށް
އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު
މައުމޫންގެ މައްސަލަ އެޗްއާރުސީއެމުން ބަލައެއް ނުގަތް
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
"ވަކިގައުމަކަށް ބަރޯސާނުވެ މިނިވަންކަން ދަމަހައްޓާނަން"
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ރިޔާސީ ޓިކެޓް ހޯއްދަވަން މުއިއްޒު ޕީއެންސީ އަށް