Roadha Mihaaru
އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު

އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު

10 ޑިސެމްބަރ 2017

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަ ކުރާއިރު، އެޗްއާރުސީއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. މިދިޔަ ދެ އަހަރު ތެރޭގައި ޖަލުގައި އަށް މީހަކު މަރުވެފައިވާ ކަމަށާއި ތަހުގީގު ނުނިމޭ މަރުތަކާއި ގްރޫޕް މާރާމާރީތައް ވަރަށް ބޮޑަށް ހިނގާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރީ، ލާއިންސާނީ އަމަލުތަކާއި ޣައިރު ގާނޫނީ ކަންކަން ހުއްޓުވުމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓު.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ފުރައްސާރަ ކުރުމާއި އަބުރު ނަގާލުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތައް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު، މިއަހަރުގެ ތެރޭގައި އިންސާނީ ހައްގުތަށް ހިމާޔަތްކުރަން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރަން ބޭނުންވާ މުހިއްމު ބިލްތަކެއް ފާސްނުވާ ކަން ފާހަގަކޮށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ސިޔާސީ ފަރާތްތައް ވެސް ގުޅިގެން މަސައްކަތް ކުރަން އެދިފަ އެެވެ.