18 ޑިސެމްބަރ 2016
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.
ހިޖުރަކުރާ މީހުންގެ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ބިދޭސީ މަސައްކަތްތެރިންނާ މެދު ހިންގާ ހިއުމަން ޓްރެފިކިން އަމަލުތައް ބަލައި، އެކަންކުރާ ފަރާތްތަކަށް ގާނޫނީގޮތުން އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް އިލްތިމާސްކޮށްފަ އެވެ.
ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ބައެއްކަން ފާހަގަކޮށް އެޗްއާރުސީއެމުން ވަނީ އެ މީހުންނާ މުހާތަބުކުރާއިރު ވެސް އިހުތިރާމާއެކު މުހާތަބުކޮށް އެ މީހުންނަށް ގަދަރު ދިނުމަށް ގޮވާލައިފަ އެވެ.
"ބިިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވާ އެ ފަރާތްތަކުގެ އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ ތަގާފަތެއް ގާއިމްކޮށް، ބިދޭސީ މަސައްކަތްތެރިންގެ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ހިންގާ އަަމަލުތައް މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށްޓަކާ މަދަނީ މުޖުތަމައާއި މީޑިއާގެ ދައުރު މިހާރަށްވުރެ ފުޅާކުރުމުގެ މުހިއްމުކަން މިހިނދު ފާހަގަކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމަށް މިއަހަރު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މުސާރަ ނުދީ މަސައްކަތް ކުރުވުމާއި ނޯޓިސް ދިނުމަކާ ނުލާ ވަޒީފާއިން ވަކިކުރުމާއި ދޭން ބުނާ ވަޒީފާ ނޫން އެހެން ވަޒީފާތަކުގައި މަސައްކަތްކުރުވުމާއި ޕާސްޕޯޓާއި އެހެނިހެން އަމިއްލަ ލިޔެކިޔުން ހިފެހެއްޓުން ފަދަ މައްސަލަތައް ހިމެނޭކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި އެމީހުންގެ އިންސާނީ ކަރާމަތަށް އުނިކަން އަންނަގޮތަށް ހިންގާ އަމަލުތަކުގެ ސަބަބުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގެ ދެ ވަނައިގައި ރާއްޖެ ހިމެނިފައިވާކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
އެޗްއާރްސީއެމްގެ ޓީމެއް ރިހިވެއްޔަށް!
އެޗްއާރުސީއެމްގެ އިހުމާލުތައް ބަލަންޖެހޭ: އެމްއާރުއެމް
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު
އަބުރުނަގާލުމުގެ އަމަލުތައް އިތުރުވެއްޖެ: އެޗްއާރުސީއެމް
ހައްގުތައް ރައްކާތެރިކުރަން ފަރުދީ މަސައްކަތް ކުރަންޖެހޭ
ނުހައްގުން ބަޔަކު މަރާކަށް ނޫޅެން: އަޒްލީން
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން