10 ޑިސެމްބަރ 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު އެކުލަވާލަމުން އަންނަ ނެޝަނަލް ހިއުމަންޓް ރައިޓްސް އެކްޝަން ޕްލޭނުގެ ސަބަބުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު އެކުލަވާލަމުން އަންނަ ނެޝަނަލް ހިއުމަންޓް ރައިޓްސް އެކްޝަން ޕްލޭނުގެ ސަބަބުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ މިރޭ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޒެނީޝާ ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ހަދަމުން އަންނަ ޕްލޭންގައި އިޖުތިމާއީ، އިގްތިސާދީ، ސަގާފީ، މަދަނީ އަދި ސިޔާސީ ހައްގުތައް ކުރިއެރުވުމަށް 14 ދާއިރާއެއް ފާހަގަކޮށްފައިވާ ކަމަށެވެ.
މި ޕްލޭންގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.
ޒެނީޝާ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ނުވަ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެ އޭގެ ތެރެއިން ހަތް މުއާހަދާއަކާއި ފަސް އޮޕްޝަނަލް ޕްރޮޓޮކޯލެއް ތަސްދީގުކޮށްފައިވާ ކަމަށެވެ. އަދި ޔުނިވާސަލް ޑިކްލަރޭޝަންގައި ބަޔާން ކުރާ ގިނަ ހައްގުތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުން ދިވެހިންނަށް ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ފަސް މަސް ދުވަހު ވަނީ، ކުޑަކުދިންނަށް ލިބެން ޖެހޭ ހައްގުން މަހްރޫމްވެގެން 700 އަށްވުރެ ގިނަ ކުދިންގެ މައްސަލަ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ 80 މައްސަލަ ހުށަހެޅި ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން ގެވެށި އަނިޔާތަކުގެ މައްސަލަތަކާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 170 އަށްވުރެ ގިނަ މައްސަލަ ޖެންޑާއަށް ރިޕޯޓުކޯށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ހައްގުތައް ލިބިދޭން ޖެހޭ ކަމަށާއި އެ ހައްގުތައް ދެނެގަނެ، އިހްތިރާމާއެކު އެމީހުންނާ މެދު އަމަލު ކުރަން ޖެހޭކަން ޒެނީޝާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޖެންޑާ އިކުއަލިޓީގެ ގާނޫނަކީ ހައްގުތައް ކަށަވަރު ކުރުމަށް މުހިންމު ގާނޫނެކެވެ. ހުރިހާ އެންމެންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ގެވެށި އަނިޔާ ލިބޭ މީހުންނަށް މިނިސްޓްރީގެ "އަމާން ހިޔާ"ތަކުން ރައްކާތެރިކަން ފޯރުކޮށްދޭއިރު، ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އަނިޔާއިން ރައްކާތެރިކޮށް ދިނުމަށް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
"މައްސަލަަތައް ތަހުގީގުކުރުމުގައި ޒާތީ ކަމެއް ނޯންނާނެ"
ކުށެއް ނުކުރަން، މުޅި މައްސަލަަކީ ޒާތީވުމެއް: ޒެނީޝާ
ހުއްޓިފައި އޮތް އެޗްއާރްސީއެމް ހިނގައިގެންފި
ގުރައިދޫ މަރުކަޒުގެ ކަންކަން ތަންފީޒުކުރަން ގޮވާލައިފި
އެޗްއާރުސީއެމްގެ އިހުމާލުތައް ބަލަންޖެހޭ: އެމްއާރުއެމް
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
އިންސާނީ ހައްގުގެ ދެ މުއާހަދާގައި ވަނީ ސޮއިނުކޮށް
އަނިޔާ ރިޕޯޓްކުރަން ލަދުވެތި ވެގެން ނުވާނެ: އީނާސް
"ފަޚުރުވެރި ކާމިޔާބީތައް ހައްގު ހޯދުމުގައި ލިބިއްޖެ"