29 އޮކްޓޯބަރ 2021
ހިއުމަން ރައިޓްސް ކޮމިޝަނުން ތުހުމަތުތަކަކާ އެކު ދައުވާކޮށްދޭން އެދި ފޮނުވި މައްސަލައަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް އުފަންކޮށްފައި އޮތް މައްސަލައެއް ކަމަށާއި ޖިނާއީ އެއްވެސް ކުށެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް ކުރީގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ތުހުމަތުތަކަކާ އެކު ދައުވާކޮށްދޭން އެދި ފޮނުވި މައްސަލައަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް އުފަންކޮށްފައި އޮތް މައްސަލައެއް ކަމަށާއި ޖިނާއީ އެއްވެސް ކުށެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް ކުރީގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
އެޗްއާރުސީއެމުން ވަނީ ޒެނީޝާގެ އިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، މުހައްމަދު ބަޝީރާ އެކު 30 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިފަ އެވެ. ވިލިމާލޭގެ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއް އެޗްއާރުސީއެމުން ފޮނުވާފައިވާ ކަން ޔަގީންކޮށްދިނުމުގެ އިތުރަށް ޕީޖީ އޮފީހުން ތަފްސީލެއް ނުދެ އެވެ.
ދައުވާކޮށްދޭން އެދުނު ސަބަބެއް އެޗްއާރުސީއެމުން ނުބުންޏެވެ. އެ ކޮމިޝަނުން އިއްޔެ ބުނީ މައްސަލައިގެ ތަފްސީލް މިވަގުތަށް ހާމަކުރަން ހަމަޖެހިފައި ނެތް ކަމަށެވެ.
[ދައުވާކޮށްދޭން އެދުނު މައްސަލައަކީ] ގާނޫނީ ހަމަތަކާ މުޅިން ހިލާފަށް ހިންގާފައިވާ ހަރަކާތެއް ކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވެގެންދާނެ ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. -- ޒެނީޝާ
އެނގިފައިވާ ގޮތުގައި، ދައުވާ އޮތީ ކުޑަކުދިންގެ ހިޔާގައި 2017 ގައި ހިނގައިދިޔަ ހަމަނުޖެހުމެއް ފުލުހުން މެދުވެރިވެރި ކޮންޓްރޯލްކުރުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތަކަކަށެވެ.
މި ދައުވާއާ އެކު އަމާޒުވި ތުހުމަތުތައް ސާފުކޮށްދެއްވަން ނެރުއްވި ބަޔާނުގައި ޒެނީޝާ ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް އަމަލެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެޗްއާރުސީއެމުގެ ތަހުގީގާއި މުޅި މައްސަލައަކީ "ޒާތީވުމެއް" ކަމަށް ވިދާޅުވި އެވެ.
"[އެޗްއާރުސީއެމުން] ވިދާޅުވާ މި މައްސަލައަކީ ޒާތީ ތައައްސުބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ހިފައިގެން ހިންގުވާފައިވާ އަދި ގާނޫނީ ހަމަތަކާ މުޅިން ހިލާފަށް ހިންގާފައިވާ ހަރަކާތެއް ކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވެގެންދާނެ ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ،" ބަޔާނުގައިވެ އެވެ.
މި މައްސަލައިގައި އިތުރަށް އޭނާގެ ފަރާތުން މައުލޫމާތު އާއްމުކުރާނީ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަންކޮށްފައިވާ ޕްރިމިއަ ޗެމްބާޒް ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ކަމަކާ ގުޅުވައި ޒެނީޝާގެ މައްޗަށް ދައުވާކުރަން ފޮނުވުމުން ސަރުކާރަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. މިނިސްޓަރަކަށް ހުންނެވިއިރު، ސިޔާސީ ކަންކަމުން އެއްފަރާތްވެވަޑައިގެން ކުޑަކުދިންގެ މައްސަލަތަކާއި ކުޑަކުދިންގެ ހިޔާއަށް ބަދަލުތަކެއް ގެންނަވަން މަސައްކަތް ކުރެއްވި މިނިސްޓަރަކަށް ދައުވާ އުފުލަން ފޮނުވުމަކީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކުރާ ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ކުޑަކުދިންގެ ހައްގުތައް ހޯދުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ޒެނީޝާއަށް ކުރި ތުހުމަތަކީ އަބުރު ކަތިލުމެއްގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ވަނީ ސިފަކުރައްވައިފަ އެވެ.
Kureege Gender Minister Zeneesha ah kuraa dhauvaage sababun Dhivehi mujthamau ah libeyne ithuru rangalheh nufeney. Dhauvaa an’buraa gendhiumakee buhdhiveri goiykamugai alhugandu dheken
— Mohamed Nasheed (@MohamedNasheed) October 29, 2021
ޒެނީޝާއާ ދެކޮޅަށް ފޮނުވި މައްސަލަ އަނބުރާ ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ދައުވާ އަނބުރާ ގެނައުމަކީ ބުއްދިވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތް 2008 އިން ފެށިގެން ހިލޭ ސާބަހަށް ކުރައްވަމުން ގެންދަވާ ޒެނީޝާ، މިނިސްޓަރު ކަމުން ވަކިވެވަޑައިތް ފަހުން ވެސް ކުޑަކުދިންގެ އެކި މައްސަލަތަކުގައި ހައްލު ހޯދަން ގެންދަވަނީ އަމިއްލަ ޖަމިއްޔާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) މެދުވެރިކޮށް މަސައްކަތް ކުރައްވަމުންނެވެ.
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ދައުވާކުރަން ފޮނުވި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ
ކުދިންގެ ފުރާނަސަލާމަތްކުރަން އެޅި ފިޔަވަޅަކަށް ދައުވާ؟
ކުރީގެ މިނިސްޓަރު ޒެނީޝާ އަށް ދައުވާ ކޮށްދޭން އެދިއްޖެ
"ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރޭ"
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލައިފި
ކުޑަކުދިންނާ ބެހޭ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށްފި
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން