06 ނޮވެމްބަރ 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށް އަލުން ޝާއިއުކުރަން ފަށައިފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށް އަލުން ޝާއިއުކުރަން ފަށައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ޖެންޑާ މިނިސްޓްރީން ހެދި ދަފްތަރު ލޯންޗުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އެ މައުލޫމާތުތައް، ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުން ވެސް ފެންނަން ހުންނާނެ އެވެ.
ދަފްތަރު ޑިޖިޓައިޒްކުރުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން އަދަބު ލިބޭ މީހުންގެ މައުލޫމާތު ކުރިއަށް ވުރެން އަވަހަށް ތަފްސީލްކޮށް އެނގޭނެ އެވެ.
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން އަންނަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން އެފަދަ މީހުންގެ ވަނަވަރު ހާމަކުރަމުންނެވެ. ނަމަވެސް، އޭރު ހުރިހާ މައުލޫމާތެއް މެނުއަލްކޮށްލާން ޖެހޭތީ، އެ ލިސްޓް ގަވައިދަކުން އަޕްޑޭޓެއް ނުވެ އެވެ.
ޕީޖީ އޮފީހުން ބުނީ އެ ލިސްޓް އަޕްޑޭޓްކުރުމުގައި އެ އޮފީހުގެ ފަންނީ އެހީތެރިކަން މިނިސްޓްރީއަށް ފޯރުކޮށްދޭނެ ކަމަށެވެ. ކޯޓުން ހުކުމެއް ކުރުމާ އެކު އެ ހުކުމުގެ މައުލޫމާތު އޮޓޮމެޓިކުން ވަގުތުން މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ.
އެ ދަފްތަރުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފޮޓޯއާ ނަމާއި ދާއިމީ އެޑްރެސް އަދި އެ މީހުން ހުކުމް ތަންފީޒުކުރާ ތަނުގެ މައުލޫމާތު ހާމަކޮށްފައިވެ އެވެ. އޭގެ އިތުރުން، ގޭ ބަންދުގައި ހުކުމް ތަންފީޒުކުރާނަމަ އެ ގޭގެ މައުލޫމާތާއި ހުކުމް ތަންފީޒުކޮށް ނިމޭނެ މުއްދަތު ވެސް އާއްމުކޮށްފައިވެ އެވެ.
ޕީޖީން ބުނީ ކުޑަކުދިންނަށް ޖިންސާ ގޯނާކުރާ ކުށްވެރިންގެ މައުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެ ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެ ބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓާތަކުން މީހުންގެ މައުލޫމާތު ބެލެން ހުންނާނެ އެވެ. އެ އޮފީހުން ބުނީ ޗައިލް އޮފެންޑާ ދަފްތަރު ޑިޖިޓައިޒް ކުރުމުގެ މަގްސަދަކީ މީގެ ކުރިން މެނުއަލްކޮށް އަޅަމުންދިޔަ މައުލޫމާތު ލަސްކަމެއްނެތި ވަގުތުން ތަފްސީލްކޮށް އާއްމުކުރުމެވެ. އަދި އާންމުންނަށް ފަސޭހައިން ދަފްތަރުގައި ހުރި މައުލޫމާތަށް ވާސިލްކޮށްދިނުމަކީ ވެސް އެއް ބޭނުމެވެ.
އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ދަފްތަރު ޑިޖިޓައިޒްކުރުމަކީ އަނިޔާ ލިބިފައިވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް މުހިއްމު މަސައްކަތެއް ކަމަށެވެ.
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލައިފި
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި
16 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް ދައުުވާ
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ
ކުޑަކުދިންނަށް އަނިޔާކުރުމުގެ 92 މައްސަލަ ރިޕޯޓްކުރި
ތަހުގީގަށް ތައުރީފު، ކުށް ކުރާ މީހުންނަށް އިންޒާރެއް
މިދިޔަމަހު ވެސް އަނިޔާގެ 100 އަށްވުރެ ގިނަ މައްސަލަ