25 އޮކްޓޯބަރ 2022
ކުޑަކުދިނަށް އަނިޔާ ކުރުމުގެ 90 އަށް ވުރެ ގިނަ މައްސަލައެއްގެ ރިޕޯޓް މިދިޔަ މަހު ލިބިފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކުޑަކުދިނަށް އަނިޔާ ކުރުމުގެ 90 އަށް ވުރެ ގިނަ މައްސަލައެއްގެ ރިޕޯޓް މިދިޔަ މަހު ލިބިފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފުހިސާބުތައް ދައްކާ ގޮތުން އެ މަހު 219 މައްސަލައެއް އެ އިދާރާ އަށް އެކި ފަރާތްތަކުން ހުށަހެޅި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަތަކެވެ.
އެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނަައީ އަނިޔާކުރުމުގެ މައްސަލަތަކެވެެ. އަނިޔާގެ 92 މައްސަލަ ހުށަހަޅަފައި ވާއިރު އޭގައި ހިމެނެނީ:
- އިހުމާލުވުމާއި ޖިންސީ އަނިޔާ އަދި ޖިސްމާނީ އަނިޔާގެ ތެރޭގައި ހިމެނޭ 19 މައްސަލައެއް.
- ނަފުސާނީ އަނިޔާގެ 18 މައްސަލަ.
- ގެވެށި އަނިޔާކުުރާތަން ކުއްޖަކަށް ދެއްކި 10 މައްސަލަ.
- އެހެން ކުދިންގެ ފަރާތުން ބުލީ ކުރުމުގެ ތިން މައްސަލަ.
- ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ.
- ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ދެ މައްސަލަ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓްކުރި އެވެ. އާއިލީ މައްސަލަތަކާ ގުޅުން ހުރި 30 މައްސަލައެއް، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލަ އަށް މަރުވާން އުޅުމާ ގުޅޭ 19 މައްސަލައެއްގެ ވެސް ރިޕޯޓް އެ މަހު ލިބުނު ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައެއް ވެސް މިދިޔަ މަހު ހުށަހެޅިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. މިނިސްޓްރީން ބުނިގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި މިދިޔަ މަހުގެ ނިޔަލަށް ތިބި ކުދިންގެ އަދަދަކީ 186 އެވެ. އެ މަހު ތިން ކުއްޖަކު ރީއިންޓަގްރޭޓްކޮށް، ދެ ކުއްޖަކު ފޯސްޓަ ކޮށްފައިިވާ ކަމަށް ވެސް ޖެންޑާ އިން ބުންޏެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި
އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނަން: ރައީސް
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!
ހައްޔަރުކުރި މުދިމުގެ އަނބި ފިޔަވަތިން ސަސްޕެންޑްކޮށްފި