10 ޑިސެމްބަރ 2017
އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ރާއްޖެއިން ވަނީ ފަޚުރުވެރިވުން ހައްގު ކާމިޔާބީތަކެއް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ރާއްޖެއިން ވަނީ ފަޚުރުވެރިވުން ހައްގު ކާމިޔާބީތަކެއް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ތައުލީމު ފޯރުކޮށްދިނުމުގައި ރާއްޖެއިން ވަނީ އެހެން ގައުމުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތައް ހޯދާފައި ކަމަށެވެ. އަދި ރާއްޖެއިން ވަނީ މި ހައްގުތައް އިތުރަށް ހިމާޔަތްކޮށް ހައްގުތައް ކުރިއެރުވުމަށް ބާރު ލިބޭނެ ގާނޫނުތަކެއް ވެސް މީގެ ކުރިން ފާސްކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މުޅި ދުނިޔޭގައި ވެސް، ހައްދުފަހަނަޅައި ދިއުމާއި ހަމަނުޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ފިތުނަވެރި އަމަލުތަކުގެ ސަބަބުން ހައްގުތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވާތީ، އެންމެންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެންމެ ގުޅިގެން މަސައްކަތްކުރަން ޖެހެ އެވެ." މިނިސްޓަރު ބަޔާނުގައިވެ އެވެ.
މިނިސްޓަރު ވަނީ، މިއަދުގެ ޝިއާރުގައި ބުނާ ފަދައިން ހައްގުތައް ކަށަވަރު ކުރުމަށް އެންމެން ތެދުވެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ވައުދާ އެއްގޮތަށް އެންމެން ވެސް އަމަލުކުރުމަށް ގޮވާލައްވައިފަ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ފުރައްސާރަ ކުރުމާއި އަބުރު ނަގާލުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ އަމަލުތައް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު، މިއަހަރުގެ ތެރޭގައި އިންސާނީ ހައްގުތަށް ހިމާޔަތްކުރަން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނީ ރައްޔިތުން ގުރުބާނީތަކެއްވެގެން ހޯދި ހައްގުތައް މުށުތެރެއަށް ލައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ރައްޔިތުން ބިކަކޮށްފައިވާ ކަމަށެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ހުއްޓިފައި އޮތް އެޗްއާރްސީއެމް ހިނގައިގެންފި
ޖަމީލް/އުމަރު އެއްބަސްނުވާ އާ ކަމެއް ނުކުރޭ: ޝާހިދު
ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ތަރައްގީކުރަން ފަށައިފި
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށަނީ
އިތުރު ބިންތަކަށް އެރުމަކީ ހަމަޖެހުން ނަގާލުމުގެ ބައެއް
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ
އެޗްއާރުސީއެމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް
ރާއްޖެ،އަނެއްކާވެސް އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް
ކުރިން ވިސާ ނުނަގައި އުމްރާއަށް ދެވޭގޮތް ހަމަޖެހިއްޖެ