އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ނުކުރާ ކަމުގެ ތުހުމަތުތަކާއި ބޮޑެތި ފާޑުކިއުން އަމާޒުވެފައި އޮތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްްއާރުސީއެމް) އަށް އައްޔަން ކުރެއްވި އާ މެމްބަރުންނާ އެކު އެ ކޮމިޝަންގެ އަޑު ގަދަވެއްޖެ އެވެ.
07 އޮކްޓޯބަރ 2020
އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ނުކުރާ ކަމުގެ ތުހުމަތުތަކާއި ބޮޑެތި ފާޑުކިއުން އަމާޒުވެފައި އޮތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްްއާރުސީއެމް) އަށް އައްޔަން ކުރެއްވި އާ މެމްބަރުންނާ އެކު އެ ކޮމިޝަންގެ އަޑު ގަދަވެއްޖެ އެވެ.
މިދިޔަ މަހު ކޮމިޝަނަށް އައްޔަން ކުރެއްވި ތިން މެމްބަރުން ގެންދަވަނީ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކަމާ ބެހޭ އެކި އިދާރާތަކާ ބައްދަލުކޮށް އިސްލާހުކުރަން އެކި އެންގުންތަކާއި ލަފާތައް ދެމުންނެވެ. އޭގެތެރޭގައި، ފުލުހުންނާއި ސިވިލް ސާވިސް ކޮމިޝަނާއި އިކޮނޮމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ ފަދަ އިދާރާތައް ހިމެނެ އެވެ.
އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކޮށް، ކޮމިޝަންގެ މެމްބަރުން އެދިވަޑައިގަތީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމުގެ އިންތިޒާމް، ވަޒީފާ ދޭ ފަރާތްތަކުން ހަމަޖައްސައިދޭ އުސޫލް ތަންފީޒު ކުރުމަށެވެ. ރަސްމީ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އެ ލިޔެކިޔުން ހޯދައިދިނުމަށާއި ގައުމަށް އެނބުރި ދާން އެދޭ ބިދޭސީންނަށް އެ މަގުފަހިކޮށްދޭން އިކޮނޮމިކް މިނިސްޓްރީން ކުރާ މަސައްކަތަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.
Rasmee liyekiyun nethi raajjegai ulhey bidheysee masaikaitherinnah e liyekiyun hoadhaidhinumashaai, gaumah enburi dhiumah edhey bidheyseennah ekamah magu fahi kohdhinumah Ministry of Economid Development in kuramundhaa masiakatha HRCM in maruhabaa kiyaifi@MoEDmv @faya_i pic.twitter.com/lXEOCHMYmI
— HRC of the Maldives (@hrcmv) October 6, 2020
ކ. ގުރައިދޫގައި ހުންނަ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، އެ ތަނުގެ ވަސީލަތްތައް ފުޅާކުރަން ހުށަހަޅާފައިވާ ކަންކަން ވީހާ ވެސް އަވަހަކަށް ތަންފީޒުކުރަން އެ ކޮމިޝަނުން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނާ ބައްދަލުކޮށް އެދުނީ، ޖެންޑާ އީކުއަލިޓީއަށް އިސްކަންދިނުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެ ގޮތަށް ނިޒާމްތައް ހަރުދަނާ ކުރުމަށެވެ.
Civil Service ge vazeefa thakah meehun hovumugai Gender equality ah iskan dhinumashaai, nukulhedhun therikan hunna faraai thakah iskan dheveyne gothah recruitment nizaam harudhanaa kurumah CSC gai HRCM in edhefi@cscmaldives pic.twitter.com/EwwdciH8zm
— HRC of the Maldives (@hrcmv) October 6, 2020
ގެވެށި އަނިޔާގެ މައްސަލަތަކުގައި ވެސް ހުރި ކަންބޮޑުވުންތައް ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ އިހްތިސާސްގެ ތެރެއަށް ފެތޭ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރަތަމަ މަރުހަލާގައި ވެސް އެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން ވަނީ އެދިފަ އެވެ.
އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ މަސައްކަތްތަކެއް ކުރާނެ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހަދާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްވުމުން އެކަަމަށް ވެސް އެޗްއާރުސީއެމުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ކުރީގެ ސަރުކާރުގައި، (މިހާރު ވެރިކަން ކުރާ ކޯލިޝަނުން) އެޗްއާރުސީއެމް ސިފަކުރީ މިނިވަންކަމެއް ނެތް، މުއައްސަސާއެއްގެ ގޮތުގަ އެވެ. ކުރީގެ ސަރުކާރުގައި ކޮމިޝަނަށް އައްޔަންކުރި މެމްބަރުން ގާނޫނީ ޒިންމާއަދާކުރާ މިންވަރު ބަލާ މައްސަލައެއް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް، މަގާމުން ވަކިކުރަންނިންމީ ބޮޑެތި ތުހުމަތުތަކާ އެކުގަ އެވެ.
މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް ނުވަތަ އެ ހައްގު ނިގުޅައިގަތުމުގައި ބައިވެރިވެއްޖެ ކަމަށް ނުވަތަ އެހީތެރިވެއްޖެ ކަމަށް މައްސަލަ ހުށަހަޅައިފި ނަމަ އަދި ކޮމިޝަނުގެ އަމިއްލަ އަށް އިސް ނަގައިގެން ވެސް މިފަދަ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އެޗްއާރުސީއެމަށް ދީފައިވެ އެވެ.
އެކަމަކު ކޮމިޝަނުން އޭރު އެ ޒިންމާ އަދާނުކުރާ ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
ކުރީގެ ސަރުކާރުގައި އުފެދުނު ސިޔާސީ އޮއިވަރުގެ ތެރޭގައި އެތައް ބައެއްގެ ހައްގު ގެއްލި، ޖަލުގަ އާއި އެހެނިހެން ތަންތަނުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދިޔައިރު ވެސް އެޗްއާރުސީއެމުން އެކަށީގެންވާ ފިޔަވަޅު ނާޅައި ލަސްނުކުރި މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރައްވައި ފިޔަވަޅު ނޭޅުއްވުމުން އެ މަނިކުފާނުގެ ޕާޓީގެ ތެރޭގައި ވެސް ނުރުހުންވި އެތައް ބަޔަކު ތިއްބެވެ.
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ދައުވާކުރަން ފޮނުވި ފުލުހުންނާ މެދު ފިޔަވަޅެއް ނާޅާ
ކުށްކޮށްފައި ފުލުހުންނަކަށް ވެސް ރެކިނުގަނެވޭނެ: ޝަމީމް
ކުދިންގެ ފުރާނަސަލާމަތްކުރަން އެޅި ފިޔަވަޅަކަށް ދައުވާ؟
ފިޔަވަތީގައި އަނިޔާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އަނިޔާކުރި މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
އިހުމާލު އެ އޮތީ ފެންނަން، ނޭޅެނީ ފިޔަވަޅު!
ގުރައިދޫ މަރުކަޒުގެ ކަންކަން ތަންފީޒުކުރަން ގޮވާލައިފި
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި