މ. މުލިން ކަރަންޓް ކެނޑި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ބުރޫއަރާފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަންބޮޑުވުން މިއަދު ފާޅުކޮށްފި އެވެ.
18 ޖުލައި 2024
މ. މުލިން ކަރަންޓް ކެނޑި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ބުރޫއަރާފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަންބޮޑުވުން މިއަދު ފާޅުކޮށްފި އެވެ.
އެ ރަށުގައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑުނީ އިއްޔެގެ ހެނދުނު އެވެ. އަދިވެސް ކަރަންޓު ނުލިބޭ ކަމަށް ކައުންސިލުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ، މުލީގައި ކަރަންޓު ނެތް މައްސަލަ އެ ކޮމިޝަނުން މޮނީޓާ ކުރަމުން އަންނަ ކަމަށާއި އިދާރާތަކާ އެކު މަޝްވަރާކޮށް، އަވަސް ހައްލެއް ލިބޭތޯ ބަލާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހައްގެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑިފައިވުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށާއި އެއީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްއާރްސީއެމުން ބުންޏެވެ.
"މި މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ކަމާ ގުޅުން ހުރި އެންމެހާ އިދާރާތަކަށް ގޮވާލަން. އަދި މި މައްސަލައަށް ހައްލެއް ލިބުމާ ހަމައަށް މިކަން ކޮމިޝަނުން ވަރަށް ގާތުން މޮނީޓަ ކުރަމުން ދާނެ ކަމުގައި ދަންނަވަން،" އެޗްއާރްސީއެމުން ބުންޏެވެ.
ފެނަކައިން ބުނީ އެ ރަށުގެ ކަރަންޓަށް ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 600 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އާބާދީގައި 1،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މުލީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާތީ، ކައުންސިލް މެމްބަރު އަހްމަދު ސާކިފް ވިދާޅުވީ ރޭ ގިނަ ރައްޔިތުން އުޅުނީ ނުނިދާ ކަމަށެވެ. އެހެންވެ، ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ހާލުގައި މި އުޅެނީ. އިއްޔެ އިން ފެށިގެން ކޮންމެހެން ކަރަންޓު ދޭން ޖެހޭ ތަންތަނަށް، ހޮސްޕިޓަލް ކަހަލަ ތަންތަން، ބަހާލައިގެން ދެމުން މި ގެންދަނީ، ބައި ގަޑިއިރުން ބައި ގަޑިއިރުން،" ސާކިފް ވިދާޅުވި އެވެ.
މުލީގައި ކަރަންޓް ކެނޑިފައި އޮންނަތާ އެއް ދުވަސް
ހައްގުތައް ހިމާޔަތްކުރަން ކުންފުނިތަކަކުން އެއްބަސްވެއްޖެ
ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް
ކެންދޫގެ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ
މެންދުރުން ފެށިގެން ކެންދޫގައި ކަރަންޓެއް ނެތް
ވަގުތީ ހައްލާއެކު ދާއިމީ ހައްލު ވެސް ހޯދަން: ފެނަކަ
ރާއްޖެ ޓީވީ ޕްރޮގްރާމްގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
އައްޑުއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް!
އައްޑު އަށް އެއް މެގަވޮޓުގެ ޖެނަރޭޓަރެއް ގެންގޮސްފި
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި