30 އޮކްޓޯބަރ 2016
ދަތްތައް ސާފުކޮށް ބަހައްޓައި އަނގައިގެ ސިއްހަތާ މެދު ފަރުވާތެރިވުމުން ލިބޭނެ ހަމައެކަނި ފައިދާ އަކީ ހުދު ދަތްތަކަކާ އެކު، ރީތި ހިނިތުންވުމެއް ނޫން ކަމަށާއި މިއީ ފުއްޕާމޭގެ ސިއްހަތަށްޓަކައި ވެސް މުހިންމު ކަމެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ދަތްތައް ސާފުކޮށް ބަހައްޓައި އަނގައިގެ ސިއްހަތާ މެދު ފަރުވާތެރިވުމުން ލިބޭނެ ހަމައެކަނި ފައިދާ އަކީ ހުދު ދަތްތަކަކާ އެކު، ރީތި ހިނިތުންވުމެއް ނޫން ކަމަށާއި މިއީ ފުއްޕާމޭގެ ސިއްހަތަށްޓަކައި ވެސް މުހިންމު ކަމެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ދިރާސާގައި ބުނެފައި ވަނީ އަނގަ ސާފުކޮށް ބެހެއްޓުމުން ފުއްޕާމޭގެ އިންފެކްޝަންތައް މަދުވާ ކަމަށާއި މިކަމުން ނިއުމޯނިއާ ފަދަ ބަލިތަކާ ދުރުކޮށްދޭނެ ކަމަށެވެ.
ކޮންމެ މީހަކަށް ވެސް ނިއުމޯނިއާ ޖެހިދާނެ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި އެއިޑްސް ޖެހިފައިވާ މީހުންނަށް ނިއުމޯނިއާ ޖެހުން އާންމެވެ.
ދިރާސާގައި 26،000 މީހެއްގެ މައުލޫމާތު އެއްކޮށްގެން ބެލިއިރު، ޑެންޓިސްޓަކަށް ދުވަހަކު ވެސް ނުދައްކާ މީހުންނަށް ބެކްޓީރިއާގެ ސަބަބުން ނިއުމޯނިއާ ޖެހުމުގެ ފުރުސަތު، އަހަރަކު މަދުވެގެން ދެ ފަހަރު ޑެންޓިސްޓުންނަށް ދެއްކި މީހުންނާ އަޅާބަލާއިރު 86 ޕަސެންޓް އިތުރުކަން އެނގުނެވެ.
ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ވާޖިނިއާ ކޮމަންވެލްތު ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް އިންޓާނަލް މެޑިސިން ޑރ. މިޝޭލް ޑޯލް ވިދާޅުވެފައި ވަނީ މިއީ ނިއުމޯނިއާ އިން ރައްކާތެރިވުމަށް އަނގައިގެ ސާފުތާހިރުކަމާއި ސިއްހަތަށް ފަރުވާތެރިވުން މުހިންމުކަން ވަރަށް ބޮޑަށް އަންގައިދިން ދިރާސާއެއް ކަމަށެޗެ. އޭނާ ވިދާޅުވެފައި ވަނީ އަނގައިގެ ސިއްހަތާ ފުއްޕާމޭގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅުން ހުރިކަން މި ދިރާސާއިން އެނގިފައިވާ ކަމަށެވެ.
ޑޯލް ވިދާޅުވީ އަނގައިން ބެކްޓީރިއާ ނައްތާލުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެކަމަކު ޑެންޓިސްޓެއްގެ ލަފަޔާ އެކު ފަރުވާތެރިކޮށް އުޅެފި ނަމަ ވަރަށް ބޮޑު ހައްލެއް ހޯދޭނެ ކަމަށެވެ.
ޑރ. ނާއިފާއަށް ކުރި އިތުބާރުން ހުޅުވި ކްލިނިކް
ޝީޝާ/ވޭޕާއެކު، ޒުވާނުންގެ ފުއްޕާމޭގެ މައްސަލަ ބޮޑުވަނީ
ފުއްޕާމޭގެ އިންފެކްޝަނެއް، ބެލިއިރު ސުޕާރީ ތާށިވެފައި!
ސިއްހީ މަރުކަޒެއްގައި އަލަށް ދަތުގެ ފަރުވާދެނީި
ދުންފަތް ހުއްޓާލުމުން ފުއްޕާމޭ އަމިއްލަ އަށް ރަނގަޅުވޭ
ވޭޕްގެ ސަބަބުން ފުއްޕާމޭ ހަލާކުވެ އައިސީޔޫ އަށް
ކުނި އިސްޓާކީނުން ވަސް ބެލުމުން ލަންގް އިންފެކްޝަނެއް
ހއ. އަތޮޅު ހޮސްޕިޓަލުގައި ތިން ހިދުމަތެއް ފަށައިފި
އެސިޑް އެކުލެވޭ ބުއިންތަކުން ދަތްތައް ހަލާކުވޭ: ދިރާސާ
ހިތުގެ މައްސަލަ ދެނެގަނެވޭ ދަތްއުނގުޅާ ބުރުހެއް