31 ޖެނުއަރީ 2020
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ފުއްޕާމެ އަށް ލިބިފައި ހުންނަ ގެއްލުންތައް އަމިއްލަ އަށް ރަނގަޅުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ފުއްޕާމެ އަށް ލިބިފައި ހުންނަ ގެއްލުންތައް އަމިއްލަ އަށް ރަނގަޅުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ފުއްޕާމެ އަށް ލިބޭ ދާއިމީ ގެއްލުންތަކާ އެކު ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް މަގުފަހިވި ނަމަވެސް ދުންފަތުގެ އަސަރުނުކޮށް ހުންނަ ސެލްތަކުގެ ސަބަބުން، ފުއްޕާމެ އަށް ލިބިފައި ހުންނަ ގެއްލުންތައް ރަނގަޅުކޮށްދޭކަން ސާބިތުވެފައިވާ ކަމަށެވެ.
އަދި އެއީ ދުވާލެއްގެ މައްޗަށް 40 ސިނގިރެޓް ބޯ މީހަކަށް ވިޔަސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުން ފުއްޕާމޭ އަލުން މަރާމާތުކޮށްދޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
A Nature paper shows that a subset of cells from the lungs of ex-smokers have similar levels of mutations to those found in cells from non-smokers. The study suggests that quitting smoking may result in the partial replenishment of lung tissue. https://t.co/5aMtXJYGl5 pic.twitter.com/w0esOIaeEo
— Nature (@nature) January 29, 2020
ދިރާސާގައި ބުނީ ދުންފަތުގައި އެކުލެވޭ ކެމިކަލްތަކުގެ ސަބަބުން ޑީއެންއޭ އަށް ގުޑުން އަރުވާލައި މޭގެ ސެލްތައް ގަޑުބަޑުކޮށްލާ ކަމަށެވެ. މިއާ އެކު ނޭވާލާ ނިޒާމުގައި ހުންނަ ސެލްތަކަށް ވެސް ބުރޫއަރުވައިލަ އެވެ.
"މިކަން ސިފަކުރެވެނީ މިނީ ޓައިމް ބޮންތަކެއްގެ ގޮތުގައި. އަދި މީގެ ސަބަބުން ކެންސަރަށް މަގުފަހިކުރުވާ،" ދިރާސާ ހެދި ލަންޑަން ގްލޯބަލް ޔުނިވަސިޓީ (ޔޫސީއެލް) ގެ ޑރ. ކޭޓް ގޮވާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ފުއްޕާމޭގެ ސެލްތައް ހަލާކުކޮށްލި ނަމަވެސް، ދިރާސާ އިން ދައްކާ ގޮތުގައި ސެލްތަކުގެ ވަކި ނިސްބަތަކަށް އެއްވެސް އަސަރެއްނުކުރާ ކަމަށެވެ. އަދި އޭގެ ނަތީޖާ އަކީ ލިބޭ ގެއްލުންތައް އިޔާދަވާން މަގުފަހިވުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިގޮތަށް ދިމާވަނީ ސީދާ ކީއްވެގެންކަން އަދި ސާފުނުވާ ކަމަށް ކޭޓް ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލާ މީހުންގެ ސެލްގެ 40 ޕަސަންޓް، އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނާ މާ ބޮޑު ތަފާތެއް ނުހުންކަން ވެސް ދިރާސާ އިން ދައްކާފައިވެ އެވެ.
"މިއީ ހަގީގަތުގައި ވެސް ވަރަށް އުންމީދުނުކުރާ ކަހަލަ ނަތީޖާއެއް،" ދިރާސާ އަށް އިޝާރާތްކުރައްވައި ސޭންގާ އިންސްޓިޓިއުޓްގެ ޑރ. ޕީޓާ ކޭމްޕްބެލް ވިދާޅުވި އެވެ. "މާނަ އަކީ އެއާވޭގައި އެކުލެވޭ ސެލްތަކުގެ އާބާދީތެރޭގައި އެބަހުއްޓޭ ޖާދުލެއް ގޮތަށް މަސައްކަތްކުރާ ސެލްތަކެއް."
އޭނާ ވިދާޅުވީ ދިރާސާ އިން ދެއްކި އެންމެ ހައިރާންކުރުވަނި އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރާތާ 40 އަހަރުވެފައިވާ މީހުންގެ ފުއްޕާމެއިން ވެސް މި ތަފާތު ފެންނަން ހުރުމެވެ.
ދިރާސާ ޓީމުން ބުނިގޮތުގައި މިއީ ހިތްވަރު އާލާކޮށްދިން ނަތީޖާތަކަށްވާތީ މީގެ ފުންމިނަށް ދާން އަދި އިތުރު ހޯދުންތަކެއް ހޯދާނެ އެވެ.
ކޮވިޑުން ޔޫކޭގެ އެއް މިލިއަން މީހުން ދުންފަތާ ދުރަށް
އެންމެ ސިނގިރެޓަކުން ވެސް ކުއްޖާގެ ފުރާނައަށް ނުރައްކާ
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް
ޝީޝާ/ވޭޕާއެކު، ޒުވާނުންގެ ފުއްޕާމޭގެ މައްސަލަ ބޮޑުވަނީ
ދުންފަތް އިޝްތިހާރުކުރުން އާންމުވާތީ އިންޒާރުގެ ބަޔާނެއް
ކެފޭތައް ހިންގަނީ ދުންފަތުގެ ގާނޫނާ އެއްގޮތަށްތޯ ބަލަނީ
ބާސެލޯނާގެ ބީޗުގައި ސިނގިރޭޓް ބުއިން މަނާކޮށްފި
ވޭޕް ކުރުމުން ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވޭ
2008 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ