29 ނޮވެމްބަރ 2022
ޒުވާން އުމުރުގެ މީހުންގެ ފުއްޕާމޭގެ މައްސަލަތައް އިތުރުވާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޒުވާން އުމުރުގެ މީހުންގެ ފުއްޕާމޭގެ މައްސަލަތައް އިތުރުވާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ފާލިހު އަލީ "މިހާރު" އަށް އިއްޔެ ވިދާޅުވީ މީގެ ކުރިން ފުއްޕާމޭގެ ބޮޑެތި މައްސަލަތައް ދިމާވެގެން ޑޮކްޓަރަށް ގިނައިން ދައްކަނީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެކަމަކު، ވޭޕް ބޭނުންކުރުން އާއްމުވި ފަހުން ޒުވާނުންގެ ފުއްޕާމޭގެ މައްސަލަތައް ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ، ފާލިހު ވިދާޅުވި ގޮތުގައި ބޮޑު ކަންބޮޑުވުމެކެވެ.
"ވޭޕް އައި ފަހުން އަޅުގަނޑުމެންނަށް ފާހަގަވާން ފެށީ ޔަންގް ޖެނެރޭޝަންގެ ލަންގު އިޝޫސްތައް މަޑުމަޑުން ގިނަވަމުން އަންނަ ކަމަށް. ސިނގިރެޓު ބޯން މި ފަށަނީ މިސާލަކަށް 15 އަހަރަށް ކަމަށް ބަލަންޏާ އޭނާގެ ފުއްޕާމޭގެ މައްސަލައެއް ހުރެގެން ޑޮކްޓަރެއް ކައިރިއަށް ދާނީ ގާތްގަނޑަކަށް 35 އަހަރުގައި. މާނައަކީ 20 އަހަރު ގޮސްފައޭ ވަނީ ސިނގިރެޓުން ވި ގެއްލުމުން ކުރި އަސަރު އަންނަން،" ސެނަހިޔާ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ވިދާޅުވި އެވެ. "އެކަމަކު ވޭޕް ކުރާ ކުދިން އެ އަށް ވުރެ އަވަސް. [އުމުރުން] 15-17 އަހަރުގައި ވޭޕްކުރަން ފަށައިފިއްޔާ އެބަ އާދޭ 20-25 އަހަރު ވާއިރަށް ފުއްޕާމޭގެ މައްސަލަތަކާ ހެދި އުނދަގޫ ވެގެން."
ވޭޕް ވިއްކާ މީހުން އެ ޕްރޮމޯޓް ކުރަނީ ވެސް ސިއްހަތަށް މާ ބޮޑު ގެއްލުމެއް ނުލިބޭ އެއްޗެއްގެ ގޮތުގަ އެވެ. ކުރީގައި ވޭޕާއި ސިނގިރޭޓު ބޮނީ އެއްބަޔަކު ކަމަށް ވާތީ، އޭރު ގަބޫލުކުރެވިފައި އޮންނަނީ ވެސް ސިނގިރޭޓުގެ ސަބަބުން ފުއްޕާމޭ ހަލާކުވަނީ ކަމަށެވެ.
އެކަމަކު، އޭގެ ގެއްލުން ފާހަގަވާން ފެށީ އެމެރިކާގައި 2019 ވަނަ އަހަރު ފުރާވަރު އުމުރުން ފެށިގެން 25 އަހަރާ ދެމެދުގެ ޒުވާނުންތަކެއް ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، އެޑްމިޓްކުރާ ހިސާބަށް ދިއުމުންނެވެ. އެ ކުދިން ހެދި ސީޓީ ސްކޭންތަކުން ފެނުނީ ތަފާތު ވައްތަރެއްގެ ނިއުމޯނިޔާއެއް ޖެހިފައިވާ ކަމެވެ.
"ކޮލެސްޓްރޯލް ކަހަލަ އެއްޗެއް ފުއްޕާމޭގައި މި އުފެދެނީ. އޭތި ފެންނަނީ ސީޓީ ސްކޭނުން އަދި ފެންނަ އިރު އެ މީހުންގެ ހާލަތު ރާސްލާފައި ގޯސްވެ، ރެސްޕިރޭޓަރީ ފެއިލިއާއަކަށް ދަނީ. ވެންޓިލޭޓަރުގައި ބާއްވައިގެން މަޑުމަޑުން ރަނގަޅުވަމުން ގިނަ ކުދިން ދިޔައީ. އެ ހިސާބުން ވޭޕުން ލިބޭ ގެއްލުންތައް ބެލުމަށް ހާއްސަ އިސްކަމެއް ދެވުނު،" ފާލިހު ވިދާޅުވި އެވެ.
ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ
ރާއްޖޭގައި ވެސް މި ފަހުން ވަރަށް ޒުވާން ދެ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް، މޭ ގައި ފެން ހެދި، ލޭ މަދުވުމުގެ މައްސަލަ ދިމާވި އެވެ. އެ ދެ މީހުންގެ ވެސް އެއް ގޮތް ކަމަކަށް ދިމާވީ ވޭޕް ކުރުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"ވޭޕުން ފުއްޕާމޭ ފަޅައިގެންދާ ހިސާބަށް ދިޔައީކީ ސީދާ ކީއްވެ ކަމެއް ބުނާކަށް ނޭނގޭ. ވޭޕަކީ ވަރަށް ފަހުން އައި އެއްޗެއް ވީމާ ފަހަރެއްގައި ވެދާނެ ފުއްޕާމޭގެ އެތެރޭގެ ސްޓްރަކްޗާ އަށް ގެއްލުންތަކެއް ދެނީ ކަމަށް ވެސް. އެ އެއްވެސް އަދި ޔަގީންކަމާއެކު ބުނާކަށް ނޭނގޭ. ސިނގިރޭޓު ވެސް ފުރަތަމަ އައިއިރު އެ އިން ވާ ގެއްލުންތަކެއް ނޭނގޭ. މަޑުމަޑުން ދުވަސްވީ ވަރަކަށް އެނގިގެން ދިޔައީ. ވޭޕް ވެސް ސައިންޓިފިކަލީ ބަލާއިރު އާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
"ގައިމު ވެސް ވޭޕުން ވާ ގެއްލުންތައް ފެނޭ. ވެންޓިލޭޓަރަށް ލާ ކަހަލަ ނިއުމޯނިޔާއެއް އެބަ ޖެހޭ. ވާނުވާ ނޭނގި ހުރެފައި ކުއްލިއަކަށް ފުއްޕާމޭ ފަޅައިގެން ގޮސްފައި އެބަހުރޭ. އެހެންވީމަ ވޭޕުން ވާ ގެއްލުން ބޮޑު."
ގިނަ ދުވަސް ވަންދެން ސިނގިރޭޓް ބޯ މީހުން ވެސް ވަކި ހިސާބަކުން އެ މީހުންގެ ނޭވާ ކުރުވެ އެވެ. ހަމަ އެ ގޮތަށް ވޭޕް ބޭނުންކުރާ މީހުންގެ ވެސް ނޭވާ ކުރުވާ ކަމަށް ފާލިހު ވިދާޅުވި އެވެ.
ސިނގިރޭޓުން ދުވާ ނުބައި ވަހާ ހެދި މީހުން ގިނައިން އެ ބޮނީ ގެއިން ބޭރަށް ނުކުމެފައި ނުވަތަ ބޭރު ތެރޭގަ އެވެ. ވޭޕްގައި އެ ކަހަލަ ވަހެއް ނުހުންނާތީ ގޭގެ ސިޓިން ރޫމްގައި އިނދެފައި ވެސް އެ ބޭނުންކުރެ އެވެ. ސިނގިރޭޓް ބޯ މީހުން ސިނގިރޭޓް ބުއިމަށް ވުރެ ވޭޕް ބޭނުންކުރާ މީހުން ވޭޕް ބޭނުންކުރުން މާ ގިނަ ކަމަށް ފާލިހު ވިދާޅުވި އެވެ.
ޒުވާނުންގެ މެދުގައި މިހާރު އެންމެ މަގުބޫލު ޝީޝާގެ ހާލަތަކީ ވެސް އެއީ އެވެ. އެކަމަކު، އެއީ، ސިނގިރޭޓާއި ވޭޕަށް ވުރެ ހަށިގަނޑަށް ގެއްލުންދޭ އެއްޗެކެވެ.
"ޝީޝާއަކީ ވަރަށް ނުރައްކާ އެއްޗެއް. ވޭޕަށް ވުރެ ވެސް ނުރައްކާ އެއްޗެއް ޝީޝާއަކީ. ޝީޝާއިން އަރާ ދުންގަނޑާ ސިނގިރޭޓުން އަރާ ދުންގަނޑު ވެސް ތަފާތު. އެއް ޝީޝާ އެއްކޮށް އެއީ ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ސިނގިރޭޓުގެ ދުމުގެ އަސަރު،" ޑރ. ފާލިހު ވިދާޅުވި އެވެ.
"ޝީޝާއަކީ ވަރަށް ނުރައްކާ އެއްޗެއް. ސިނގިރެޓުގެ ދުން ކުޑަވީމާ ވަރަށް ފިލައިގެން ދާނެ. އެކަމަކު، ޝީޝާގެ ދުންގަނޑު ބޮޑުވީމަ ފުދޭވަރަކަށް ގިނަ ވަގުތު ހިފާލާފައި ހުންނާނެ. އެހެންވީމާ ނުބޯ މީހާއަށް އިންހޭލް ކުރުމުގެ ފުރުސަތު މާ ބޮޑުވާނެ."
ވޭޕާއި ސިނގިރޭޓުގެ ތަފާތަކީ ޓޮބޭކޯ ހުންނަ މިންވަރެވެ. ސިނގިރޭޓުގައި ޓޮބޭކޯ ހުންނަ ވަރު ގިނައިރު، ޓޮބޭކޯ އާއި ޓާ އަކީީ ކެންސަރު ޖެހުމަށް މަގުފަހިވާ އެއްޗިއްސެވެ.
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
2008 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް
ދުންފަތް ހުއްޓާލުމުން ފުއްޕާމޭ އަމިއްލަ އަށް ރަނގަޅުވޭ
ވޭޕްގެ ސަބަބުން ފުއްޕާމޭ ހަލާކުވެ އައިސީޔޫ އަށް
ދުންފަތުގެ އިންޒާރެއް! މި ފަހަރު އޮފީސްތަކަށް
އީ-ސިނގިރެޓުން ޒުވާނުން ދުންފަތަށް ޝައުގުވެރިކުރުވާ
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން