18 އޯގަސްޓް 2019
ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބުނު ކަމަށް ބެލެވޭ ބޮޑެތި ގެއްލުންތަކެއްގައި އެމެރިކާގެ ދެ ސްޓޭޓަކުން ބަޔަކަށް ފަރުވާދޭން ޖެހިފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.
ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބުނު ކަމަށް ބެލެވޭ ބޮޑެތި ގެއްލުންތަކެއްގައި އެމެރިކާގެ ދެ ސްޓޭޓަކުން ބަޔަކަށް ފަރުވާދޭން ޖެހިފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.
މިނެސޯޓާގެ ހެލްތު ޑިޕާޓްމަންޓުން ނެރުނު ބަޔާނަކާ ހަވާލާދީ ސީއެންއެން އިން ބުނީ ވިސްކޮންސިން އާއި އިލިނޯއި އިން ދޮޅަހަކަށް މީހުންގެ ފުއްޕާމޭ ހަލާކުވެގެން ފަރުވާދޭން ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ވަރަށް ބޮޑަށް ގޯސްވި ކަމަށެވެ.
ހުން އައުމާއި ކެއްސުމާއި ހޮޑުލުމާއި ބޭރަށް ހިންގުމާއި ބޮލުގައި ރިއްސުން އަދި މޭގައި ރިއްސުން މި މީހުންނަށް ތަޖުރިބާކުރަން ޖެހުނު ކަމަށާއި އެއްބަޔަކަށް އެތައް ހަފުތާއެއް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދިނީ އައިސީޔޫގަ އެވެ.
"މިކަމުގައި، ޖަވާބު ނުލިބޭ ސުވާލުތައް ގިނަ. އެކަމަކު މިނެސޯޓާގައި ވޭޕްކުރާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނައިރު އެފަދަ ކަންކަމާ ގުޅުން ހުރި ސިއްހީ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުން،" ހެލްތު ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި އެތަނުގެ މެޑިކަލް ޑިރެކްޓަރު އަދި އެޕިޑެމިއޮލިޖިސްޓް ޑރ. ރޫތު ލިންފީލްޑް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ވޭޕް ކުރުމަކީ ނޭވާލުމުގެ ނިޒާމަށް މައްސަލަޖެހޭ ނުރައްކާ ކަމެއްގެ ގޮތުގައި، މި ބާވަތްތައް އުފައްދާ މީހުންނާއި ބެލެނިވެރިން ވެސް ވިސްނަންޖެހޭ ކަމަށެވެ.
ސީއެންއެން އިން ބުނީ ވޭޕްކުރުމާ ގުޅުން ހުރި ކަމަށް ބެލެވޭ 12 ކޭހެއް ފާހަގަވެފައި ވާއިރު އިތުރު 13 ކޭހެއް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. މި ކޭސްތަކުގައި، ހަ ޒުވާނަކަށް ވަނީ ވޭޕް ކުރުމަށް ފަހު ނޭވާލާން އުނދަގޫވުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެފަ އެވެ. އަދި މިކަމަށް ޝައްކުވާ އިތުރު ފަސް ކޭހެއް އިލިނޯއިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
"މި މައްސަލަ ދިމާވި އެންމެން ވެސް ވަނީ އޭގެ ކުރިން ވޭޕްކުރި ކަމަށް ބުނެފައި. އެކަމަކު އެ މީހުން ބޭނުންކުރި ހުރިހާ އެއްޗެއްގެ މައުލޫމާތެއް އަދި ހޯދިފައެއް ނެތް،" ހެލްތު ޑިޕާޓްމަންޓުން ބުންޏެވެ.
އެކި ވައްތަރުގެ އީ-ސިގިރެޓް ބޭނުންކުރަމުން އަންނައިރު އޭގައި ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް އަދި ރަނގަޅަށް ދެނެގަނެވިފައި ނުވާކަން ސިއްހީ މާހިރުން ފާހަގަކުރެ އެވެ. -- ވެބްއެމްޑީ
ޝީޝާ/ވޭޕާއެކު، ޒުވާނުންގެ ފުއްޕާމޭގެ މައްސަލަ ބޮޑުވަނީ
ދުންފަތް ހުއްޓާލުމުން ފުއްޕާމޭ އަމިއްލަ އަށް ރަނގަޅުވޭ
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް