ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތި ބޭނުންކުރުން ނިމުމަކަށް ގެނައުމަށް އިނގިރޭސި ވިލާތުން ކުރާ މަސައްކަތުގައި ޑިސްޕޯސަބަލް ވޭޕް މިއަދުން ފެށިގެން އެ ގައުމުގައި މަނާވާނެ އެވެ.
ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތި ބޭނުންކުރުން ނިމުމަކަށް ގެނައުމަށް އިނގިރޭސި ވިލާތުން ކުރާ މަސައްކަތުގައި ޑިސްޕޯސަބަލް ވޭޕް މިއަދުން ފެށިގެން އެ ގައުމުގައި މަނާވާނެ އެވެ.
"އެއްފަހަރު ބޭނުންކުރާ 'ސިންގަލް ޔޫސް' ވޭޕްތަކުން މަގުތައް ގޮނޑުކޮށް، ދަރިން ނިކޮޓިންގެ ވަބާގައި ޖައްސަމުން ގެންދާތާ މިހާރުވެސް މާ ގިނަ ދުވަސް ވެއްޖެ،" ޖޫނިއާ އެންވަޔަރަމަންޓް މިނިސްޓަރު މެރީ ކްރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އީސިނގިރެޓްގެ ބާވަތެއް ކަމަށްވާ، މި "ވިޔާނުދާ" ޑިސްޕޮސަބްލް ޑިވައިސްތައް ކަންމަތީ ފިހާރަތަކާއި ސުޕަމާކެޓްތަކުގައި ވިއްކުން މަނާކުރުމާ އެކު އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މިކަން މަނާކުރުމުގެ ގާނޫނާއި އުސޫލުތަކާ ހިލާފުވާ މީހުން 200 ޕައުންޑް (269 ޑޮލަރު) އިން ޖޫރިމަނާކުރާނެ އެވެ. އަދި އެ ކުށް ތަކުރާރުކުރާ މީހުން ދެ އަހަރަށް ޖަލަށް ލުމުގެ ބާރު ގާނޫނުން ލިބެ އެވެ.
އިނގިރޭސި ވިލާތަށް 2021 ވަނަ އަހަރު ޑިސްޕޮސަބްލް ވޭޕް ތައާރަފްވެ އާވި، ޗޮކްލެޓް، އަނބު އަދި ކަރާ ފަދަ ރަހަތަކުގައި އަދި ރީތި ކުލަތަކުގައި މާކެޓްކޮށް އޭގެ ތެރެއަށް ޒުވާނުންނާއި ކުޑަކުދިން ވަނީ ވަރަށް ބޮޑަށް ވައްދައިފަ އެވެ.
އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މެޓީރިއަލް ފޯކަސް އިން ބުނި ގޮތުގައި 2024 ވަނަ އަހަރު ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް ފަސް މިލިއަން ޑިސްޕޯސަބަލް ވޭޕް މަގުތަކަށް އަޅާފައިވެ އެވެ.
އެ އެންޖީއޯއިން ބުނި ގޮތުގައި ޓެކްނޮލޮޖީގެ ސިނާއަތުގައި މުހިއްމު މައުދަނެއް ކަމަށްވާ 40 ޓަނަށް ވުރެ ގިނަ ލިތިއަމް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ވޭޕްތަކުގައިވެ އެވެ. އެއީ 5،000 އިލެކްޓްރިކް ވެހިކަލަށް ހަކަތަ އުފެއްދުމަށް ފުދޭހާ އެއްޗިއްސެވެ.
ގޭބިސީތަކުން އުކާލާ ކުނީގެ ތެރޭގައި ވެސް މީގެ ވޭޕްތައް ހުންނާތީ މިއީ އަލިފާން ރޯވުމުގެ ނުރައްކާ ވަރަށް ބޮޑުވާ ސަބަބެއް ކަމަށް ވެސް ފަޔަ ސާވިސް އިން ބުނެފައިވެ އެވެ.
އިލެކްޓްރޯނިކް ވޭސްޓް ޕްރޮސެސިން ކުންފުނި ސްވީޕް ކުއުސަކޮސްކީގެ ކޮމާޝަލް މެނޭޖަރު ޖަސްޓިން ގްރީންއަވޭ ވިދާޅުވި ގޮތުގައި ކޮންމެ ވޭޕަކީ ވެސް އަލިފާން ރޯވުމުގެ ނުރައްކާ ބޮޑު އެއްޗެކެވެ.
ޑިސްޕޮސަބްލް ވޭޕް މަނާކުރަން އިނގިރޭސި ވިލާތުގައި ގާނޫނެއް ހަދަން ފުރަތަމަ ހުށަހެޅީ ކުރީގެ ކޮންޒަވޭޓިވް ސަރުކާރުންނެވެ. މިހާރުގެ ސަރުކާރުން ބައެއް ބަދަލުތަކާ އެކު ކުރީގެ ބިލް ފާސްކޮށް އަމަލުކުރަން ފެށީ އެވެ.
އިނގިރޭސިވިލާތުގައި މިކަން މަނާކުރި އިރު ބެލްޖިއަމާއި ފްރާންސަކީ އީޔޫގައި އެންމެ ފުރަތަމަ ޑިސްޕޯސަބަލް ވޭޕް މަނާކުރި ގައުމުތަކެވެ. އަޔަލެންޑުގައި ވެސް އަންނަނީ މިކަމަށް ތައްޔާރުވަމުންނެވެ.
މިކަމަށް ފާޑުކިޔާ މީހުން ބުނަނީ މިއީ ވޭޕްކުރުމާ މީހުން ދުރުކުރެވޭނެ ކަމެއް ނޫން ކަމަށާއި ދެން މީހުން ބޭނުންކުރަން ފަށާނީ ރިފިލް ކުރެވޭ ނުވަތަ ރިޔޫސަބްލް ވޭޕް ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ސަބަބުން މަނާ ބާވަތްތައް މާކެޓަށް ވަދެ ބްލެކްމާކެޓް އުފެދޭނެ ކަމަށް ވެސް ބުނެ އެވެ.
"މި ގާނޫނުން ހަމައެކަނި މަނާވަނީ ވޭޕް ވިއްކުން ... އެ ބޭނުންކުރުން މަނަލެއް ނުވޭ،" އިނގިރޭސިވިލާތުގެ އެންމެ ބޮޑު އޮންލައިން ވޭޕް ރީޓެއިލާ ކަމަށްވާ ވޭޕް ކްލަބުގެ ޑައިރެކްޓަރު ޑޭން މާޗަންޓް ބުންޏެވެ.
"މިއީ މަނާ އަދި ނުރައްކާތެރި ބާވަތްތަކުގެ ކަޅު ބާޒާރެއް އުފެދިދާނެ ކަމެއް."
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
އީ-ސިނގިރެޓް ޔޫކޭގައި މެޑިކަލް ޕްރޮޑަކްޓަކަށް ހަދަނީ
"މަލްބަރޯ" ކުންފުނިން ޔޫކޭގައި ސިނގިރެޓް ހުއްޓާލަނީ
މަލްބަރޯ ކުންފުނިން ސިނގިރޭޓު އުފެއްދުން ހުއްޓާލަނީ
ދުންފަތާ ދެކޮޅަށް ރައީސް ދެއްކެވީ ދުނިޔެއަށް ނަމޫނާއެއް
ދުންފަތް ވިއްކަން ބޭނުންވާ ލައިސަންސަށް ހުޅުވާލައިފި
އުރަމަތީ ކެންސަރަށް ހާއްސަ ބޭހަކަށް ހުއްދަ ދީފި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން