01 ނޮވެމްބަރ 2021
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންކުރާ މެޑިކަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިނގިރޭސިވިލާތުގައި އީ-ސިނގިރެޓް ދަރަޖަ ކުރަން ނިންމައިފި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންކުރާ މެޑިކަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިނގިރޭސިވިލާތުގައި އީ-ސިނގިރެޓް ދަރަޖަ ކުރަން ނިންމައިފި އެވެ.
މިއާ އެކު އެ ގައުމު ވާނީ އީ-ސިނގިރެޓް ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ބޭނުންކުރާ ސިއްހީ އުފެއްދުމެއްގެ ގޮތުގައި ޕްރިސްކްރައިބް ކޮށްދޭ ފުރަތަމަ ގައުމަށެވެ. މި ބަދަލު ގެންނަން ނިންމާފައިވާތީ އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އިން ވަނީ އީ-ސިނގިރެޓް އުފައްދާ ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތައް އެޕްރޫވް ކުރަން ހުށަހަޅަން ވެސް ދައުވަތު ދީފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުން ކުރެވޭ ވަސީލަތެއްގެ ގޮތުގައި އީ-ސިނގިރެޓް ބޭނުން ކުރުމަކީ ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ ކަމެކެވެ. ބައެއް ގައުމުތަކުގައި ޒުވާނުން މިއަށް ދެވި ހިފާފައިވާ މިންވަރު ބޮޑުކަމުން އޭގެ ވިޔަފާރި ކުރުމުގައި އެކިއެކި ފިޔަވަޅުތައް އަޅައި، އިންޑިއާ ފަދަ ބައެއް ގައުމުތަކުން އީ-ސިނގިރެޓް މަނާ ވެސް ކޮށްފައިވެ އެވެ.
އާދައިގެ ސިނގިރެޓުން ސިއްހަތަށް ލިބޭ ގެއްލުންތަކާ އަޅާބަލާ އިރު، އީ-ސިނގިރެޓްގެ ނުރައްކާ ނިސްބަތުން ކުޑަ އެވެ. މިއީ އާދައިގެ ސިނގިރެޓުން ހަށިގަނޑަށް ދައުރުވާ ޓާ އާއި ކާބަން މޮނޮއޮކްސައިޑް އެކުލެވޭ އެއްޗެއް ނޫނެވެ. އެހެން ވިޔަސް، އީ-ސިނގިރެޓަކީ ނުރައްކަލެއް ކަމަށް ގިނަ ގައުމުތަކުން ދެކެ އެވެ.
We must be innovative in how we improve people’s health and tackle the stark disparities in smoking rates across the country.
— Sajid Javid (@sajidjavid) October 29, 2021
Read more about how the NHS could lead the world in prescribing e-cigarettes.
?? https://t.co/yD3kqHMBOf
އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނި އީ-ސިނގިރެޓް މެޑިކަލް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުންކުރަން ފެށުމަކީ ދުންފަތާ ދެކޮޅަށް އެ ގައުމުން ކުރާ މަސައްކަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ.
"މިއީ ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުން ކުރެވޭ ވަރަށް މުހިއްމު ޓޫލަކަށްވެގެން ދާނެ،" ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވި އެވެ. "އެންއެޗްއެސް އިން ޕްރިސްކްރައިބް ކުރާ އެއްޗަކަށް އީ-ސިނގިރެޓް ވެގެން ދިއުމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ގައުމުން ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމުގެ އުންމީދު ބޮޑު."
ސަރުކާރުން އަޅަން އުޅޭ މި ފިޔަވަޅަށް ލަންޑަންގެ ކްއީން މޭރީ ޔުނިވަސިޓީން ވެސް މަރުހަބާ ކިޔާފައިވެ އެވެ. އެތަނުގެ ޓޮބޭކޯ ޑިޕެންޑެންސް ރިސާޗް ޔުނިޓްގެ ޑިރެކްޓަރު ޕްރޮފެސަރު ޕީޓާ ހަޖޭކް ވިދާޅުވީ އީ-ސިނގިރެޓަށް ދޭން އުޅޭ ލައިންސަންސަކީ ވަރަށް ޕޮޒިޓިވްކޮށް ނަގަން ޖެހޭ ކަމެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ބޭނުންކުރާ ސިއްހީ އުފެއްދުމެއްގެ ގޮތުގައި އީ-ސިނގިރެޓް ޕްރިސްކްރައިބް ކޮށްދޭން ފަށާނީ ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ އެކްސެލެންސް (އެންއައިސީއީ) އިން އެކަމަށް ހުއްދަ ދިނުމުންނެވެ.
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި
ވޭޕްގެ ވިހަ: ޒުވާނުން މަރުގެ ތުންފަތްމައްޗަށް!
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
ވޭޕް ކުރުމުން ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވޭ
"މަލްބަރޯ" ކުންފުނިން ޔޫކޭގައި ސިނގިރެޓް ހުއްޓާލަނީ
"އާ ބަދަލާއެކު ދުންފަތުގެ ކޮންޓްރޯލް ގެއްލިދާނެ"
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް
ވޭޕިންއާ ގުޅުން ހުރި އެޕްތައް އެޕަލް ސްޓޯރުން ނަގަނީ
އެމެރިކާގައި ސިނގިރެޓް ބޯ މީހުން ރެކޯޑް މިންވަރަކަށް ދަށަށް