10 ޖެނުއަރީ 2018
މަޝްހޫރު މަލްބަރޯ ސިނގިރޭޓު އުފައްދާ ކުންފުނި، ފިލިޕް މޯރިސް އިންޓަނޭޝަނަލް އިން ސިނގިރޭޓު އުފެއްދުން ހުއްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މަޝްހޫރު މަލްބަރޯ ސިނގިރޭޓު އުފައްދާ ކުންފުނި، ފިލިޕް މޯރިސް އިންޓަނޭޝަނަލް އިން ސިނގިރޭޓު އުފެއްދުން ހުއްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މަލްބަރޯގެ އިތުރުން ވެސް މަޝްހޫރު އެލްއެންޑްއެމް އާއި ޕާލިމެންޓް ސިނގިރޭޓު އުފައްދާ ކުންފުނިން ބުނީ، ސިނގިރޭޓަށް ވުރެ ސިއްހަތަށް ގެއްލުން ކުޑަ އުފެއްދުންތަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި އިންޑަސްޓްރީ ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު، ކުރިމަގުގައި ސިނގިރޭޓުގެ ޑިމާންޑް ވަރަށް ބޮޑަށް ވެއްޓޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާކުރެ އެވެ.
ސިނގިރޭޓު ވިއްކުމުގައި ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުންފުނިން ބުނިގޮތުގައި، ސިނގިރޭޓް ވިއްކުން ހުއްޓާލަން މަސައްކަތް ފެށީ މީހުންގެ ސިއްހަތަށް ވިސްނުމަށް ފަހު އެވެ. ނަމަވެސް، ސިނގިރޭޓު ވިއްކުން ހުއްޓާލާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.
ފިލިޕް މޯރިސް އިން ސިނގިރޭޓް ވިއްކުން ހުއްޓާލާނެކަން ހާމަކުރީ، އިނގިރޭސި ވިލާތުގެ ނޫސްތަކުގައި އެ ކުންފުނިން ޖެހި އިޝްތިހާރެއްގަ އެވެ. އެ އިޝްތިހާރުގައި ބުނަނީ، އެ ކުންފުނިން ސިނގިރޭޓާ ދުރަށް ދިއުމަށް، އާ ސިޔާސަތުތައް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ސިނގިރޭޓުގެ ބަަދަލުގައި ބޭނުން ކުރާނެ އުފެއްދުންތައް ހޯދުމަށް، އެތައް ބިލިއަން ޑޮލަރެއްގެ ދިރާސާތައް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، ބައެއް ތަޖުރިބާކަރުން ލަފާކުރާ ގޮތުގައި ފިލިޕް މޯރިސްއިން ސިނގިރޭޓު އުފެއްދުން ހުއްޓާލަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި އެއީ އެ ކުންފުނިން ޖެއްސި މާކެޓިން ސްޓަންޓެއް ކަމަށް ވެސް ބައެއް ފަރާތަތަކުން ބުނެ އެވެ.
ސިނގިރޭޓު ވިއްކުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ، އިނގިރޭސި ވިލާތުގެ ކުންފުނިން ބުނީ، ސިނގިރޭޓުގެ ބަދަލުގައި ވޭޕް އާއި އީ-ސިނގިރޭޓު ޕްރޮޑަކްޓްތަކަށް މީހުން ޝައުގުވެރިކަން އުފެއްދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ޕްރޮޑަކްޓްތަކަކީ ސިނގިރޭޓަށް ވުރެ ސިއްހަތަށް ގެއްލުން ކުޑަ އުފެއްދުންތައް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ފިލިޕް މޯރިސްއިން އެހެން ބުނި ނަމަވެސް، ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ، ވޭޕް އާއި އީ-ސިނގިރޭޓަކީ ވެސް ސިނގިރޭޓެކޭ އެއްފަދައިން ސިއްހަތައް ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗެއް ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ސިނގިރޭޓު ވިއްކާ ކުންފުނިތަކުން، ސިނގިރޭޓުން ސިއްހަތަށް ލިބޭ ގެއްލުންތައް އާންމުންނަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި ވޭޕް އާއި އީ-ސިނގިރޭޓު ފަދަަ ޕްރޮޑަކްޓްތަކުން ސިއްހަތަށް ލިބޭ ގެއްލުންތައް ވެސް އޮޅުވާލަމުން އަންނަ ކަމަށެވެ.
"މަލްބަރޯ" ކުންފުނިން ޔޫކޭގައި ސިނގިރެޓް ހުއްޓާލަނީ
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް
ދުންފަތް އިޝްތިހާރުކުރުން އާންމުވާތީ އިންޒާރުގެ ބަޔާނެއް
ކެފޭތައް ހިންގަނީ ދުންފަތުގެ ގާނޫނާ އެއްގޮތަށްތޯ ބަލަނީ
ބާސެލޯނާގެ ބީޗުގައި ސިނގިރޭޓް ބުއިން މަނާކޮށްފި
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
ވޭޕް ކުރުމުން ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވޭ